މެސީ ވޯލްޑް ކަޕް ތަށި އުފުލާލަން ގިނަ ބަޔަކު އެދުނަސް ފްރާންސުން އެކަމާ ނުވިސްނާނެ

Dec 18, 2022, 1:18 AM
މެސީ ވޯލްޑް ކަޕް ތަށި އުފުލާލަން ގިނަ ބަޔަކު އެދުނަސް ފްރާންސުން އެކަމާ ނުވިސްނާނެ

ދޯހާ، ގަތަރު (ޑިސެމްބަރު 18) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށްޓަކީ އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ކެރިއަރުގައި މަދުވާ ބޮޑު މުބާރާތުގެ ތަށި ކަމަށްވާއިރު، އެކަން އޭނާ އަށް ވުމަށް އެދޭ "ގިނަ ބަޔަކު ތިބި ނަމަވެސް" ފްރާންސުން އެ ކަމާ މެދު ނުވިސްނާނެ ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

މިރޭގެ ފައިނަލަކީ މެސީ، 35، ވޯލްޑް ކަޕެއްގައި ކުޅޭނެ ފަހު މެޗު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރު ހޯދި މެސީގެ ކެރިއަރު ފުރިހަމަވާނީ ވޯލްޑް ކަޕްގެ ތަށި ހޯދުމުން ކަމަށް ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މެސީ ވަނީ އާޖެންޓީނާ ގޮވައިގެން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެ، ޖަރުމަނު އަތުން ބަލިވެފަ އެވެ. އާޖެންޓީނާއާ އެކު މެސީ ވަނީ އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ޔޫރަޕާއި ދެކުނު އެމެެރިކާގެ ޗެމްޕިއަނުން ކުޅުނު މެޗުގައި އިޓަލީ ބަލިކޮށް ފައިނަލިސިމާ ޓްރޮފީ އުފުލާލައިފަ އެވެ.

އާޖެންޓީނާ އިން މިރޭގެ ފައިނަލުގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ. ފްރާންސް އިން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުުރުގައި އާޖެންޓީނާ ކަޓުވާލައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ވާހަކަ ދައްކަނީ.

އެކަމަކު، އެ ފަހަރުގެ މުބާރާތާ މި ފަހަރުގެ ވޯލްޑް ކަޕް ކުޅޭ ހާލަތާ ދެ ޓީމު އޮތް ފޯމު ވެސް ތަފާތު ކަަމަށް ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ވަނީ ފައިނަލުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ.

"މެސީ އަށް ވޯލްޑް ކަޕް ލިބެން އެދޭ ގިނަ ބަޔަކު އެބަތިބި، ގިނަ ބަޔަކުގެ ސަޕޯޓް ވެސް އެކަމަށް އޮންނާނެ. އަހަންނަށް އެކަނި ގޮސް، ފާޑުކިޔުންތަކާ ކުރިމަތިލައި، ހައްލު ހޯދައިގެން ކާމިޔާބު ހޯދުން އެއީ މީގެ ކުރިން ވެސް ކޮށްފައި ހުރި ކަމެއް،" 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސަށް ހޯދައިދިން ކެޕްޓަން، ޑެޝޯމްޕްސް ބުންޏެވެ.

"އާޖެންޓީނާގެ ގިނަ މީހުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުން، އަދި މީގެ ތެރޭގައި ފްރާންސް މީހުން ވެސް ހިމެނޭ ގޮތަށް އަހަރެންނަށް ހީވޭ، ވަރަށް ގިނަ ބަޔަކު އެދޭނެ މެސީ އަށް މި ކާމިޔާބު ލިބެން. އެކަމަކު، މީގެ އަހަރެމެން ހާސިލްކުރަން ބޭނުންވާ ކަމެއް ވެސް އެބައޮތް، އެ އަށް އަހަރެމެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،"

ޑެޝޯމްޕްސް ބުނީ ކެޕްޓަނެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ލިބުނުއިރު، އޭނާ އަށް ގިނަ ކަންތައްތަކެއް ދަސްވި ކަމަށާއި އެ ތަޖުރިބާގެ އަލީގައި މި ފަހަރުގެ ފައިނަލުގައި ވެސް "ރަނގަޅު ނިންމުންތައް" ނިންމަން ބޭނުންވާ ކަމަށެވެ.

ފްރާންސުން މިރޭ ވޯލްޑް ކަޕް ކާމިޔާބު ކޮށްފިނަމަ އެ ޓީމު ވެގެންދާނީ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ތިން ވަނަ ޓީމަށެވެ. މީގެ ކުރިން ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ދެ ފަހަރު އުފުލާލީ އިޓަލީ އާއި ބްރެޒިލުންނެވެ.

އިޓަލީން ވަނީ 1934 އާއި 1938 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ބްރެޒިލުން ވަނީ 1958 ވަނަ އަހަރު ކާމިޔާބުކުރި ވޯލްޑް ކަޕް، 1962 ވަނަ އަހަރު ދިފާއުކޮށްފަ އެވެ. ފްރާންސް އިން މިރޭ ޗެމްޕިއަންކަން ހޯދައިފިނަމަ އެ ޓީމު ވެގެންދާނީ 60 އަހަރު ތެރޭ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ފުރަތަމަ ޓީމަށެވެ.

ފްރާންސާއި އާޖެންޓީނާ ބައްދަލުކުރާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox