އެމްއައިބީގައި އެކައުންޓެއް ހުޅުވަން ފަސޭހަ ފުރުސަތެއް

Dec 17, 2022, 3:07 AM
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް. -- ފޮޓޯ: އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް. -- ފޮޓޯ: އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކުގައި އެކައުންޓެއް ހުޅުވަން ބޭނުންވާ ނަމަ މިއަދާއި އަންނަ ހޮނިހިރު ދުވަހަކީ އެކަމަށް ވަރަށް ފަސޭހަ ފުރުސަތެކެވެ.

އެ ޕޮއިންޓްމެންޓް ހެއްދުމަކާ ނުލައި އައިޑީ ކާޑު ހިފައިގެން އެމްއައިބީގެ ހެޑް އޮފީހަށް ޒިޔާރަތްކޮށްލުމުން، ބޭނުންވާ ކޮންމެ ވައްތަރެއްގެ އެކައުންޓެއް ވެސް ހުޅުވައިދޭނެ އެވެ.

"ބޭނުންވަނީ މުއްދަތު ހަމަ ނުވާ އައިޑީ ކާޑެއް. އޭރުން ސޭވިން އެކައުންޓް، ކިޑްސް އެކައުންޓް، އަދި އިންވެސްޓްމެންޓް އެކައުންޓް ވެސް ހުޅުވޭ،" އެ ބޭންކުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ފަސޭހަ ފުރުސަތެއް ދޭން ބޭނުންވީ ވަޒީފާތަކާއި މަސައްކަތުގައި ބުރަކޮށް އުޅޭ ފަރާތްތަކަށް ބަންދު ދުވަހެއްގައި އެކައުންޓް ހުޅުވަން ފަސޭހަކޮށް ދިނުމަށް ކަމަށެވެ.

އެކައުންޓް ހުޅުވުން ކުރިއަށް ގެންދާނީ މިއަދު އަދި އަންނަ ހޮނިހިރު ދުވަހު ވެސް ހެނދުނު 9:00 އިން 12:30 އަށެވެ.

އެމްއައިބީގެ ކިޑްސް އެކައުންޓްގެ މަގުބޫލްކަން އިތުރުވެފައިވާއިރު، އެފަދަ އެކައުންޓެއް ހުޅުވަން ބޭންކަށް ބޭނުންވާނީ 10 އަހަރުން މަތީ ކުއްޖަކަށް ނަމަ އުފަން ދުވަހުގެ ސެޓްފިކެޓާއި އައިޑީ ކާޑެވެ. ދިހަ އަހަރުން ދަށުގެ ކުދިންނަށް އެކައުންޓެއް ހުޅުވާނަމަ އައިޑީ ކާޑު އެކަނިން ފުދެ އެވެ.

އެމްއައިބީ ކާމިޔާބު ކިޑްސް އެކައުންޓަކީ ކޮބާ؟

އެމްއައިބީގެ ކާމިޔާބު ކިޑްސް އެކައުންޓަކީ މި ވަގުތު ރާއްޖޭގައި އެންމެ ރަނގަޅު ރޭޓެއްގައި ފައިދާ ހިއްސާކުރާ އެއް ކިޑްސް ސޭވިން އެކައުންޓެވެ. މި އެކައުންޓަކީ އެހެން ކިޑްސް ސޭވިން އެކައުންޓަކާއި ހިލާފަށް ކުއްޖާއަށް 18 އަހަރު ފުރުމާ ހަމަޔަށް ވަކި އަދަދެއްގެ ފައިސާ ރައްކާކުރުމުގެ އަމާޒުގައި ހުޅުވާ އެކައުންޓެކެވެ. ކާމިޔާބު ކިޑްސް އެކައުންޓެއް ޑޮލަރުން ވެސް ހުޅުވިދާނެ އެވެ. އަދި ކޮންމެ ހަ މަހަކުން ފައިދާ ލިބޭއިރު ބެލެނިވެރިޔާ ބޭނުންނަމަ ހިލޭ ސްޓޭންޑިން އޯޑާ ހެދުމުގެ ފުރުސަތު ވެސް ބޭންކުން ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox