އާ ފޯމެޓާ އެކު، 32 ޓީމުގެ ފީފާ ކްލަބް ވޯލްޑް ކަޕް 2025 ގައި

Dec 16, 2022, 1:43 PM
މި އަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ތަށްޓާ އެކު ޗެލްސީން އުފާފާޅުކުރަނީ.

މި އަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ތަށްޓާ އެކު ޗެލްސީން އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ޑިސެމްބަރު 16) - ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ކްލަބްތަކަށް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ކްލަބް ވޯލްޑް ކަޕް، އާ ފޯމެޓަކާ އެކު 32 ޓީމަށް ކުޅެވޭ ގޮތަށް 2025 ވަނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާނުކުރައްވައިފި އެވެ.

ފީފާ ކޮންފަޑެރޭޝަން ކަޕްގެ ބަދަލުގައި ކްލަބްތަކަށް ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު ބާއްވާ މުބާރާތެއް ގޮތަށް ކްލަބް ވޯލްޑް ކަޕް ފޯމެޓް ރޭވީ 24 ޓީމު ކުޅޭގޮތަށް 2021 ގައި ޗައިނާގައި ފުރަތަމަ މުބާރާތް ބާއްވާށެވެ. އެކަމަކު، އޭރު ކޮވިޑް-19ގެ ދުވަސްވަރު ކަމަށްވާތީ ފީފާ އަށް ޖެހުނީ މުބާރާތް ފަސްކުރާށެވެ.

ފީފާގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރުއްވާނެކަން ކަށަވަރުވެފައިވާ، އިންފަންޓީނޯ މިއަދު ވިދާޅުވީ ފޯމެޓަށް ބަދަލު ގެނެސްގެން ކްލަބް ވޯލްޑް ކަޕް ބާއްވާއިރު، މިއީ ހަމަ ގައުމުތަކަށް ބާއްވާ ވޯލްޑް ކަޕެކޭ އެއްވަރަށް ފޯރިގަދަވާނެ މުބާރާތެއް ކަމަށެވެ.

ގަތަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އިންފަންޓީނޯ ވާހަކަ ދައްކަނީ.

"އަހަރުތަކެއް ކުރިން އަހަރެމެން އެއްބަސްވިން 24 ޓީމުގެ ކްލަބް ވޯލްޑް ކަަޕަކަށް، ހަގީގަތުގައި އެ ގޮތަށް 2021 ވަނަ އަހަރު ބޭއްވުނިސް، އެކަމަކު، ކޮވިޑާ ހެދި އެކަން ކުރެވޭގޮތް ނުވީ، މިހާރު މި އޮތީ 24 ޓީމުގެ ބަދަލުގައި 32 ޓީމުގެ މެދުގައި ހަމަ ވޯލްޑް ކަޕެކޭ އެއްގޮތަށް ކްލަބް ވޯލްޑް ކަޕް ބާއްވާ ގޮތަށް،" އިންފަންޓީނޯ ވިދާޅުވި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހަތަރު އަހަރުން އެއް އަހަރު ކްލަބް ވޯލްޑް ކަޕެއް ބާއްވަން އިނގިރޭސި ބޮޑެތި ކްލަބްތަކުން ދެކޮޅެވެ. އެއީ ކްލަބް ފުޓްބޯޅަ އަކީ ކޮންމެ ސީޒަނަކު ވެސް ބޮޑު ހޭދައެއް ކުރާ ކަމަކަށްވެފައި، ފީފާއިން މުބާރާތެއް ބާއްވާނަމަ ސީޒަން ކަލަންޑަރަށް ފައްތައިގެން ބާއްވަން ޖެހޭ ކަމަށް ގަބޫލުކުރާތީ އެވެ.

ފީފާ އިން މިހާރު ކްލަބް ވޯލްޑް ކަޕް ބާއްވަނީ ބައްރުތަކުގެ ޗެމްޕިއަނުން ވާދަކުރާ ގޮތަށް އަހަރު އެއް ފަހަރު ހަތް ޓީމެއް/ކްލަބެއްގެ މެދުގަ އެވެ. އާ ފޯމެޓްގެ ދަށުން އެކި ބައްރުތަކަށް ފުރުސަތު ދޭނެ ގޮތެއް ފީފާއިން ހާމަކޮށްފައިނުވެ އެވެ.

ފީފާ އިން މިހާރު ނިންމާފައި އޮތީ މިހާރު ވެސް މި ކުރިއަށްދާ ފޯމެޓްގައި އަންނަ އަހަރު މޮރޮކޯގައި ކްލަބް ވޯލްޑް ކަޕް ބާއްވާށެެވެ. އެ ގޮތުން މޮރޮކޯގައި ކްލަބް ވޯލްޑް ކަޕް ކުރިއަށްދާނީ ފެބްރުއަރީ 1-11 އަށެވެ. މީގެ ކުރިން 2013 އާއި 2014 ވަނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް ހޯސްޓްކުރީ މޮރޮކޯގަ އެވެ. އެންމެ ފަހުން ބޭއްވީ ޔޫއޭއީގަ އެވެ. މި އަހަރު ޔޫއޭއީގައި ކުރިއަށްދިޔަ ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލީ ޗެލްސީންނެވެ.

މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ޔޫރަޕުން ކުޅޭނީ ރެއާލް މެޑްރިޑް އެވެ. ދެކުނު އެމެރިކާ އިން ބްރެޒިލްގެ ފްލަމެންގޯ ކުޅޭއިރު، އޭޝިއާ ބައްރުން ކުޅޭނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އެވެ. ހޯސްޓްގެ ގޮތުގައި މޮރޮކޯގެ ވައިދާދް ކަސަބްލަންކާ އަށް ފުރުސަތު ލިބޭއިރު، އުތުރު އެމެރިކާ ފަޅިން ކުޅޭނީ އެމްއެލްއެސްގެ ސިއޭޓަލް ސައުންޑާސް އެވެ. އަދި ނިއު ޒީލެންޑްގެ އޯކްލަންޑް ސިޓީ ވެސް ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox