"އިޒްރޭލާ ދެކޮޅަށް ހަތިޔާރު ނެގުމާ ދެކޮޅު، އެކަމަކު ކޮންމެ ވަގުތަކު ވެސް ވިސްނުން ބަދަލުވެދާނެ"

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް. -- ފޮޓޯ: ރޮއިޓާޒް

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް. -- ފޮޓޯ: ރޮއިޓާޒް

އިޒްރޭލާ ދެކޮޅަށް ހަތިޔާރު ނެގުމާ ދެކޮޅު ނަމަވެސް، އެއީ ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެ ވިސްނުމެއް ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވިދާޅުވެއްޖެ އެވެ.

"ކޮންމެ ވަގުތަކު ވެސް ވިސްނުން ބަދަލުވެދާނެ. މާދަމާ ނުވަތަ ޖެހިގެން އޮންނަ ދުވަހު، ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެ. ހުރިހާ ކަމެއް ބަދަލުވެދާނެ،" އަލް އަރަބިއްޔާ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައްބާސް ވިދާޅުވި އެވެ.

"ސުލްހަވެރިކަމާ އެކު އަޑު އުފުލުމަކީ ނަތީޖާ ނެރެވޭނެ ގޮތެއް. އެކަމަކު [އިޒްރޭލުން] ބާރަށް ކޮއްޕަން ފަށައިފި ނަމަ ރައްޔިތުން މަޑަކުން ނުތިބޭނެ... ފަލަސްތީނުގެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ކަންކަން ނުގެންދިޔުމަށް އަޅުގަނޑު މި ދަނީ އިންޒާރުދެމުން."

ހުޅަނގު އައްސޭރީގައި ޕަލެސްތީނިއަން އޮތޯރިޓީ (ޕީއޭ) ގެ ނަމުގައި ގާއިމްކޮށްފައި އޮތް ވެރިކަން އުވާލާނެތޯ ސުވާލު ކުރުމުން އައްބާސް ވިދާޅުވީ އެއީ ބުރަ މަސައްކަތުން ހާސިލް ކުރި ކަމެއް ކަމަށާއި އުވާނުލާނެ ކަމަށެވެ.

"އެ ވެރިކަން ގާއިމްކުރީ ގިނަ ބަޔަކު ޝަހީދުވެގެން. ޕަލެސްތީނިއަން އޮތޯރިޓީ ދެމިއޮންނާނެ. ފަލަސްތީނުގެ ދައުލަތް ވެސް ދެމިއޮންނާނެ. އަޅުގަނޑުމެންގެ ވެރިކަން އުވާލަން އެއްވެސް ބަޔަކަށް ބާރެއް ނުހިންގޭނެ. އިޒްރޭލުން ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު ހިތްވަރާ އެކު އަޅުގަނޑުމެން އަބަދުވެސް ދެމިއޮންނާނެ."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox