ފަލަސްތީން މައްސަލައަށް ހައްލު ގެނެވޭނީ އިޒްރޭލާއި ސައުދީ އަރަބިއްޔާ ސުލްހަވުމުން: ނަތަންޔާހޫ

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލު ގެނެވޭނީ އިޒްރޭލާއި ސައުދީ އަރަބިއްޔާ ސުލްހަވުމުން ކަމަށް އިޒްރޭލުގެ އިންތިހާބީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އަލް އަރަބިއްޔާ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުގައި ނަތަންޔާހޫ ވިދާޅުވީ 2020 ވަނަ އަހަރުގެ އަބްރަހަމް އެކޯޑްސްގެ ދަށުން ހޯދި ކުރިއެރުން ފުޅާވެއްޖެ ނަމަ ސުލްހައަށް މަގުފަހިވާނެ ކަމަށެވެ.

އަބްރަހަމް އެކޯޑްސްއަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން އިޒްރޭލާއި މުސްލިމް ގައުމުތަކާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމަށް ހެދި އެއްބަސްވުމެކެވެ.

ނަތަންޔާހޫ ވިދާޅުވީ އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ގަބޫލުކުރަން ފަލަސްތީނުގެ ވެރިން ބޭނުން ނުވާ ކަމަށާއި އޭގެ ސަބަބުން ފަލަސްތީނުގެ ވެރިންނާ އެކު މަޝްވަރާއަށް ހުރަސް އެޅޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސައުދީ އަރަބިއްޔާއާ އެކު ސުލްހަވެވިއްޖެ ނަމަ ދެ ކަމެއް ހާސިލްވާނެ. އެކަން ވާނީ އިޒްރޭލާއި އަރަބި ދުނިޔޭގެ ސުލްހަ ކުރިއެރުވުމަށް އެޅޭ ބޮޑު ފިޔަވަޅަކަށް. ހިތަށް ނުގެނެވޭހާ ބޮޑެތި ބަދަލުތައް މި ސަރަހައްދަށް ގެނެވޭނެ. އަދި އަޅުގަނޑު ދެކޭ ގޮތުގައި އޭގެ ސަބަބުން ފަލަސްތީނާއި އިޒްރޭލުގެ ސުލްހައަށް މަގުފަހިވާނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް އަދި އެކަން ކުރަން މަސައްކަތް ކުރާނަން،" ނަތަންޔާހޫ ވިދާޅުވި އެވެ.

ތާރީހީ ގޮތުން ފަލަސްތީނުގެ އެންމެ ބޮޑު އެއް ބައިވެރިއަކީ ސައުދީ އަރަބިއްޔާ އެވެ. ސައުދީ އަރަބިއްޔާއިން ތަކުރާރުކޮށް ބުނެފައި ވަނީ އިޒްރޭލާ އެކު ގުޅުން ގާއިމް ކުރެވޭނީ ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމުން ކަމަށެވެ.

އަބްރަހަމް އެކޯޑްސްގެ ދަށުން ޔޫއޭއީ އާއި ބަހްރެއިނުން ވަނީ އިޒްރޭލާ އެކު ގުޅުން ގާއިމްކޮށްފަ އެވެ. އެކަމާ ބެހޭ ގޮތުން ސައުދީ އަރަބިއްޔާއިން ވަކި އެއްޗެއް ނުބުނި ނަމަވެސް، ފަހަކަށް އައިސް ސައުދީ އަރަބިއްޔާ އާއި އިޒްރޭލުގެ ގުޅުން ގާތްވަމުންދާ ކަމަށް ފާހަގަކުރެވެ އެވެ.

ދެހާސް ދެ ވަނަ އަހަރު ސައުދީ އަރަބިއްޔާއިން ހުށަހެޅި އަރަބް ޕީސް އިނީޝިއޭޓިވްގެ ދަށުން އިޒްރޭލަށް ގޮވާލީ ޔަހޫދީން ހިފައިގެން އުޅޭ އަރަބިންގެ ހުރިހާ ބިންތަކެއް އަނބުރާ ހަވާލުކޮށް، ސުލްހައަށް މަގުފަހި ކުރުމަށެވެ.

އެ ހުށަހެޅުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނަތަންޔާހޫ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެ ހުށަހެޅުމުން ފެންނަނީ ސުލްހަ ބޭނުންވެފައި ތިބި މިންވަރު ކަމަށާއި މިހާރު މިއީ އޭގެ 20 އަހަރު ފަސް ކަމަށް ވާތީ ސުލްހައަަށް އެދި ހުށަހަޅަން ވާނީ "ތާޒާ ހުށަހެޅުމެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox