ޒިޔެޗްގެ ވޯލްޑް ކަޕް ބޯނަސް މޮރޮކޯގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ މީހުންނަށް

Dec 15, 2022, 10:46 AM
މޮރޮކޯގެ ވައިސް ކެޕްޓަން ހަކީމް ޒިޔެޗް.

މޮރޮކޯގެ ވައިސް ކެޕްޓަން ހަކީމް ޒިޔެޗް.

ދޯހާ، ގަތަރު (ޑިސެމްބަރު 15) - މޮރޮކޯގެ ފުޓްބޯޅަ ތަރި ހަކީމް ޒިޔެޗް އަށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކޮށްގެން ލިބޭ ބޯނަސް ވެސް އެ ގައުމުގައި އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ސަދަގާތް ކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޒިޔެޗް، 29، މޮރޮކޯ ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. އޭގެ ފަހުން މިހާތަނަށް ޒިޔެޗް ގައުމީ ޓީމަށް 49 މެޗު ކުޅެދީފައިވާއިރު، އޭނާ ގައުމީ ޓީމަށް ކުޅެނީ ހިލޭ ސާބަހަށެވެ. ގައުމީ ޓީމަށް ކުޅޭ ފަހަރުތަކުގައި ބޯނަހެއް ލިބޭނަމަ ހަދިޔާކުރަނީ ބޭނުންޖެހިފައިވާ ފަރާތްތަކަށެވެ.

އަރަބި ހަބަރުތައް ގެނެސްދޭ މިޑިއާތަކުން ރިޕޯޓްކުރާގޮތުގައި މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން މޮރޮކޯ އަށް ޖާގަ ލިބުމާ އެކު، ވޯލްޑް ކަޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި މޮރޮކޯ ހިމެނުމާ އެކު އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކޮންމެ ކުޅުންތެރިއަކަށް ބޯނަހެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެ ގޮތުން ޒިޔެޗް އަށް ވެސް ބޯނަހުގެ ގޮތުގައި ގާތްގަނޑަކަށް 325،000 ޑޮލަރު ލިބެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޒިޔެޗް އެ ފައިސާ ހަދިޔާކުރާނީ މޮޮރޮކޯގައި އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށެވެ.

އަރަބި ނޫސްވެރިއެއް ކަމަށްވާ ހާލިދު ބޭދޫން ރިޕޯޓްކުރާގޮތުގައި، ޗެލްސީ އަށް ކުޅެމުން އަންނަ ޒިޔެޗް އަކީ މޮރޮކޯ ގައުމީ ޓީމުގެ ކުޅުންތެރިންނަށާއި ސްޓާފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ނަމޫނާ ކުޅުންތެރިއެކެވެ.

އެ ގޮތުން، ޒިޔެޗަށް ފުޓްބޯޅަ ކުޅެގެން ލިބޭ މުސާރައިގެ ވަކި ވަރެއް އަބަދުވެސް ޗެރިޓީ އާއި ގާތް މީހުންގެ ތެރެއިން އެހީ އަށް ބޭނުންވާ ފަރާތްތަކަށް ހަދިޔާކުރެ އެވެ. މީގެ ކުރިން ޒިޔެޗް ވަނީ މޮރޮކޯގެ ހޮސްޕިޓަލްތަކާއި އާދައިގެ ފުޓްބޯޅަ ކްލަބްތަކަށް ވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox