މޮރޮކޯ ކަޓުވާލައި ފްރާންސް ތަށި ދިފާއުކުރަން ފައިނަލަށް

Dec 14, 2022, 8:55 PM
މޮރޮކޯ ކަޓުވާލައި ފްރާންސް ތަށި ދިފާއުކުރަން ފައިނަލަށް

ދޯހާ، ގަތަރު (ޑިސެމްބަރު 15) - ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ މޮރޮކޯ އަތުން 2-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އިން މުބާރާތުގެ ފައިނަލަށް ދަތުުރުކޮށް، ތަށި ދިފާއުކުރުމުގެ ފުރުސަތު ހޯދައިފި އެވެ.

އަންނަ އާދިއްތަ ދުވަހުގެ ފައިނަލުގައި ފްރާންސް އިން ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. ފްރާންސް އިން ތަށި ދިފާއުކޮށްފިނަމަ އެ ޓީމު ވެގެންދާނީ އިޓަލީ އާއި ބްރެޒިލަށް ފަހު ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ދެ ފަހަރު ހޯދާނެ ޓީމަށެވެ. އިޓަލީން ވަނީ 1934 އާއި 1938 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ބްރެޒިލުން ވަނީ 1958 ވަނަ އަހަރު ކާމިޔާބުކުރި ވޯލްޑް ކަޕް، 1962 ވަނަ އަހަރު ދިފާއުކޮށްފަ އެވެ.

މޮރޮކޯ އިން މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ހޮނިިހިރު ދުވަހުގެރޭ ކުޅޭނީ ކްރޮއޭޝިއާއާ އެވެ.

މިރޭގެ މެޗަށް ނުކުތްއިރު، ފްރާންސް އަށް ވަނީ އަނިޔާގެ ސަބަބުން ދެ ބަދަލެއް ގެންނަން ޖެހިފަ އެވެ. އެއީ ފަހަަތަށް ކުޅެމުން އައި ޑަޔުޓް އުޕަމެކާނޯ އާއި މެދުތެރެއަށް ކުޅުނު އެޑްރިއަން ރަބިއޯގެ ބަދަލުގައި ޔޫސުފް ފޮފާނާ އެވެ. އަނިޔާގައި ހުރި ނަމަވެސް މޮރޮކޯ އިން ވަނީ އެ ޓީމުގެ ޑިފެންޑަރު ރޮމަން ސައީސް ކުޅެން އަރުވައިފަ އެވެ. އެކަމަކު، ޖެހުނީ ވަކި ހިސާބަކުން ބަދަލުކުރާށެވެ.

ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ފްރާންސް އިން ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖެހީ ފުލްބެކް ތެއޯ ހެނާންޑޭޒް އެވެ. އޭރިއާތެރެއިން ފްރާންސްގެ ކީލިއަން އެމްބާޕޭ ޖެހި ބޯޅައެއް މޮރޮކޯގެ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުމުން ހެނާންޑޭޒް ވަނީ އެކްރަބެޓިކް ކިކަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފްރާންސްގެ ތެއޯ ހެނާންޑޭޒް (ވ) ކައިރިން މޮރޮކޯގެ ޒިޔެޗް ބޯޅަ ހިފައިގެންދަނީ.

އޭގެ ފަހުން، މަޑުމަޑުން މޮރޮކޯ އިން މެޗުގެ ތެރެއަށް ވަދެ، ގޯލެއް ޖެހޭތޯ ގިނަ ގޮތްގޮތުން މަސައްކަތްކުރި އެވެ. އެ ގޮތުން، އޭރިއާބޭރުން އަޒެދީން އުނާހީ ޖެހި ބޯޅަ ފްރާންސްގެ ކީޕަރު ހޫގޯ ލޮރީސް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި މޮރޮކޯ އިން ވަނީ ނަތީޖާ ހަމަހަމަކުރުމާ ވަރަށް ގާތަށް ޖެހިލައިފަ އެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ދޫވި ބޯޅައެއްގައި އޯވަހެޑް ކިކަކުން ޖަވާދު އެލް ޔަމީކް ޖެހި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މޮޮރޮކޯ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފަށައި، ފްރާންސް ފަހަތަށް ޕްރެޝަރު ބޮޑުކޮށްލި އެވެ.

މޮރޮކޯ އަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބަދަލަކަށް އެރި ފޯވާޑް، އަބްދުއްރައްޒާގު ހަމްދުﷲ އަށެވެ. ފްރާންސްގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހިފައިގެން އޭރިއާެތެރެއަށް ވަދެ، އޭނާ ގޯލަށް ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެވެ.

ފްރާންސް އިން ދެ ވަނަ ގޯލު ޖަހައި ޕްރެޝަރު ކަނޑުވާލީ މެޗުގެ 79 ވަނަ މިނިޓްގަ އެވެ. ފްރާންސްގެ އެމްބާޕޭ، މޮރޮކޯގެ އޭރިއާތެރެއިން ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، ފޮނުވާލި ބޯޅަ މޮރޮކޯ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ ހުސްކޮށް އެރި ރަންޑަލް ކޯލޯ މުއާނީ އަށެވެ. ކުޅެން އެރިތާ 44 ސިކުންތު ތެރޭގައި ލިބުނު ފުރުސަތުން ގޯލަށް ބޯޅަ ފޮނުވާލައި، ކޯލޯ މުއާނީ ވަނީ ފްރާންސަށް ލީޑުފުޅާކޮށްދީފަ އެވެ.

މިއީ ކްރިސްޓޮފާ އެންކުންކޫ އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ފްރާންސް ސްކޮޑަށް ނެގި، ކޯލޯ މުއާނީ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މޮރޮކޯ އިން މެޗުގެ އިތުރު ވަގުތުގައި ގޯލެއް ޖަހަން ކުރި އެޓޭކެއްގައި، ފޮނުވާލި ބޯޅައެއް ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އެވެ.

ފައިނަލުގެ ޖާގައެއް ނުލިބި މޮރޮކޯ ކެޓި ނަމަވެސް އެ ޓީމަށް މިއީ ތާރީހީ މުބާރާތެކެވެ. ވޯލްޑް ކަޕްގެ 22 މުބާރާތުގެ ތެރެއިން މިހާތަނަށް ސެމީ ފައިނަލެއްގައި ކުޅުނު އެފްރިކާގެ ހަމައެކަނި ޓީމަކީ މޮރޮކޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox