އަންހެނުންނާ ގުޅޭ އދ. ގެ ކޮމިޝަނުން އިރާނު ވަކިކޮށްފި

އިރާންގެ ވެރިރަށް ތެހްރާންގައި އަންހެނަކު ހިނގާފައި ދަނީ. -- ފޮޓޯ: ރޮއިޓާޒް

އިރާންގެ ވެރިރަށް ތެހްރާންގައި އަންހެނަކު ހިނގާފައި ދަނީ. -- ފޮޓޯ: ރޮއިޓާޒް

އދ.، އެމެރިކާ (ޑިސެމްބަރު 14) - އިރާނުގެ އަންހެނުން އިސްނަގައިގެން ފެށި މުޒާހަރާ ހުއްޓުވުމަށް އަމަލު ކުރަމުންދާ އަނިޔާވެރި ގޮތާ މެދު ހިތްހަމަނުޖެހިގެން، އަންހެނުންނާ ގުޅޭ އދ. ގެ ކޮމިޝަނުން އިރާން ވަކިކުރަން ނިންމައިފި އެވެ.

އެގޮތަށް ނިންމީ އެމެރިކާއިން ފެށި ކެމްޕެއިނެއްގައި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ 29 މެމްބަރުންގެ ވޯޓުންނެވެ. އެގޮތުން އދ. ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ޔޫއެންސީއެސްޑަބްލިއު) އިން އިރާން ވަކިކުރަން ނިންމި އެވެ.

ވޯޓުގައި ބައިވެރިވި އަށް ގައުމުން ވޯޓު ދިނީ އެ ކޮމިޝަަނުގައި އިރާނު ބޭއްވުމަށެވެ. ސޯޅަ ގައުމަކުން ވަކި ކޮޅަކަށް ނުޖެހެ އެވެ.

އެ ކޮމިޝަނަކީ ދުނިޔޭގައި އަންހެނުން ބާރުވެރިކޮށް، ދެ ޖިންސުގެ ހަމަހަމަކަން ގެނައުމަށް މަސައްކަތް ކުރާ އެންމެ ބޮޑު ކޮމިޝަނެވެ. އެ ކޮމިޝަނުން އިރާނު ވަަކިކުރުމަށް ކެމްޕެއިން ފެއްޓެވީ އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.

އެ ވޯޓާ ދެކޮޅަށް އަޑުއުފުލި ރަޝިއާ އާއި ޗައިނާއިން ބުނީ އިރާނަކީ އދ. ގައި ނެގި ވޯޓަކުން އެ ކޮމިޝަންގެ މެމްބަރުކަން ހޯދި ގައުމެއް ކަމަށާއި އިރާން ވަކިކުރަން ނިންމުމުން ގާއިމްކުރެވެނީ ގޯސް އުސޫލެއް ކަމަށެވެ.

ޔޫއެންސީއެސްޑަބްލިއު އަށް މެމްބަރު ގައުމުތައް ހޮވަނީ އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުންނެވެ. އޭގެ ފަހުން އދ. ގެ އާއްމު މަޖިލީހުގައި އެ ގައުމުތަކަށް ރުހުން އޮތްތޯ ބަލަން ޖެހެ އެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން އިރާނުގައި ހަމަނުޖެހުން ބޮޑުވީ ބުރުގާ ނާޅާ ހުރުމުން ހައްޔަރު ކުރި ޒުވާން އަންހެނަކު މަރުވި މައްސަލައިގަ އެވެ. އިރާނުގައި އަންހެނުން ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ. އެހެން ނަމަވެސް، ބުރުގާ އެޅުން މަޖުބޫރުވާ ގާނޫނު މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox