ކުރިއެރުން ނުލިބޭ ނަމަ އިޒްރޭލާ އެކު ގައިދީން ބަދަލުކުރުމުގެ މަޝްވަރާ ހުއްޓާލާނަން: ހަމާސް

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރް ހަނގުރާމަވެރިއަކާ ސަލާމް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރް ހަނގުރާމަވެރިއަކާ ސަލާމް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ގާޒާ، ފަލަސްތީން (ޑިސެމްބަރު 14) - އިޒްރޭލާ އެކު ގައިދީން ބަދަލު ކުރުމުގެ މަޝްވަރާއިން އަވަސް ކުރިއެރުން ނުލިބޭ ނަމަ، މަޝްވަރާ ހުއްޓާލާނެ ކަމަށް ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ބުނެފި އެވެ.

"އިޒްރޭލުން މަޝްވަރާ ދިގުދަންމަން އުޅޭތީ، އަޅުގަނޑުމެން މި އިއުލާނު ކުރަނީ ވަކި މުއްދަތެއްގެ ތެރޭގައި އެ މީހުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް،" ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރް ވިދާޅުވި އެވެ.

"އެހެން ނޫން ނަމަ، ދުޝްމަނުންގެ ފަޅިއަށް ނިސްބަތްވާ ހަތަރު ގައިދީންގެ ކޭސް މުޅި އުމުރަށް ބަންދު ކުރެވޭނެ،" ހަމާސް އުފެދުނުތާ 35 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެއްވުމެއްގައި އޭނާ ވިދާޅުވި އެވެ.

Advertisement

އިޒްރޭލުން 2014 ވަނަ އަހަރު ގާޒާއަށް އެރި ފަހުން، އިޒްރޭލުގެ ދެ ސިފައިންގެ މީހެއްގެ ހަށިގަނޑު އޮތީ ހަމާސްގެ އަތްދަށުގަ އެވެ. އެއީ އޯރޯން ޝޯލް އަދި ހާދަރް ގޯލްޑިން އެވެ.

އެހެން ނަމަވެސް އެ ދެ މީހުން މަރުވިކަން ހަމާސްއިން ދުވަހަކު ވެސް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. މި އަހަރުގެ ކުރީކޮޅު ހަމާސްއިން އާއްމުކުރި ވީޑިއޯއެއްގައި ފެނުނީ ގާޒާގައި ހަތް އަހަރު ވަންދެން ބަންދުކޮށްފައި ހުރި އިޒްރޭލުގެ އާއްމު ރައްޔިތެކެވެ.

އޭގެ އިތުރުން ވެސް 2014 ވަނަ އަހަރުން ފެށިގެން، އިޒްރޭލުގެ އިތުރު މީހަކު ހަމާސްއިން ބަންދުކޮށްފައިވާ ކަމަށް ބެލެވެ އެވެ.

އިޒްރޭލާއި ހަމާސްއިން ރަސްމީކޮށް އެއްވެސް މަޝްވަރާއެއް ނުކުރެ އެވެ. މަޝްވަރާތައް ކުރަނީ މިސްރު އަދި އދ. މެދުވެރިވެގެންނެވެ.

ސިންވާރް ވިދާޅުވީ ގައިދީން ބަދަލުކުރުމާ ގުޅޭ ނުސީދާ މަޝްވަރާއަށް ހުރަސް އެޅުނީ އިޒްރޭލުގެ އިންތިހާބާ ހެދި ކަމަށެވެ. އިންތިހާބުން ކުރި ހޯދީ ކުރިން ވެސް ބޮޑު ވަޒީރުކަަން ކުރެއްވި ބެންޖަމިން ނަތަންޔާހޫ އެވެ.

މީގެ ކުރިން 2011 ގައި ނަތަންޔާހޫ ބޮޑު ވަޒީރުކަމަށް ހުންނެވި އިރު ފަލަސްތީނުގެ 1000 ގައިދީން މިނިވަން ކުރި އެވެ. ބަދަލުގައި ހަމާސްއިން މިނިވަން ކުރީ ފަސް އަހަރު ވަންދެން ބަންދުކޮށްފައި ހުރި ސިފައިންގެ މީހެކެވެ.

ހަމާސްއިން ގާޒާ ކޮންޓްރޯލް ކުރީ 2007 ގަ އެވެ. އޭރުން ފެށިގެން އިޒްރޭލުން ވަނީ ގާޒާ ވަށައިގެން ބަންދުކޮށްފަ އެވެ. އޭގެ ފަހުން އިޒްރޭލާއި ހަމާސްއާ ދެމެދު ހަތަރު ހަނގުރާމަ ކޮށްފި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox