ދުބާއީ: ގަތަރު ވޯލްޑް ކަޕްގެ ނުފޫޒުގަދަ "ހަބް" އަކަށް!

ދުބާއީ ފޭން ޕާކެއްގައި ސަޕޯޓަރުން މެޗު ބަލަނީ.

ދުބާއީ ފޭން ޕާކެއްގައި ސަޕޯޓަރުން މެޗު ބަލަނީ.

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ މެދުއިރުމަތީގެ ގައުމެއްގައި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. އަހަރު ފަހުކޮޅުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕްގެ ފައިނަލް މަރުހަލާގެ މެޗުތައް މިހާރު ކުރިއަށްދާއިރު، މިހާތަނަށް ވެސް މި މުބާރާތުން ތާރީހީ އެތަށް ކަމެއް ވަނީ ފާހަގަވެގެން ގޮސްފަ އެވެ.

އެ ގޮތުން، މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ ގަތަރަކީ މިހާތަނަށް ވޯލްޑް ކަޕްގެ 22 ވަނަ މުބާރާތް ބާއްވާއިރު، އެ މުބާރާތް ހޯސްޓްކުރި ގައުމުތަކުގެ ތެރެއިން އެންމެ ޖާގައިގެ ގޮތުން ކުޑަ ގައުމެވެ.

ގަތަރަކީ ވޯލްޑް ކަޕް ހޯސްޓް ކުރާ އެންމެ ކުޑަ ގައުމު ކަމަށް ވިޔަސް، އޭގެ ފައިދާ ވެސް އެބައޮތެވެ. އެއީ ވޯލްޑް ކަޕެއްގެ ހަތަރު މެޗު އެއް ދުވަހެއްގައި ކުޅުނު ދުވަސްތައް ދިޔައިރު، ވެސް އެ ދުވަހެއްގައި އެއް މެޗަށް ވުރެން ގިނަ މެޗު ބަލާލުމަށް ވެސް ފުޓްބޯޅަ ސަޕޯޓަރުންނަށް އޮތީ ފުރުސަތު ފަހިކޮށެވެ. އެހެންވެ، ކުޑަ ގައުމެއްގައި ހޯސްޓްކުރާ ވޯލްޑް ކަޕްގެ ފައިދާ ވެސް އެބައޮތްކަން މެޗުތައް ބަލަން ގަތަރަށް ދިޔަ ފަރާތްތަކުން ފާހަގަކުރެ އެވެ.

މި ފަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ އެންމެ "އަގުބޮޑު" ވޯލްޑް ކަޕް އެވެ. މި މުބާރާތަށް ޖުމްލަ އެކު 230 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ގަތަރު ވޯލްޑް ކަޕް ކޮމިޓީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ގަތަރުގައި ވޯލްޑް ކަޕް ހޯސްޓްކުރާތީ، އަވަށްޓެރި އަރަބި ގައުމުތަކަށް ވެސް އޭގެ ފައިދާ ބޮޑެވެ.

ގަތަރުގައި އެކޮމަޑޭޝަން ހަމަނުޖެހޭ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ސައުދީ އަރަބިއްޔާ، އޮމާން އަދި ބަހްރޭންގައި މަޑުކޮށްފައި ވެސް ވޯލްޑް ކަޕްގެ މެޗުތައް ބަލަމުންނެވެ.

ދުބާއީގެ ބުރްޖް ހަލީފާ މަތިން ނަގާފައިވާ ފޮޓޯއެއް: ގަތަރު ވޯލްޑް ކަޕަށް ގޮސް ދުބާއީގައި މަޑުކުރާ ގިނަ ފަރާތްތަކަކުން ބުރްޖް ހަލީފާ އަށް ދާއިރު، ރާއްޖޭގެ ކޮކާކޯލާ ކުންފުނިން ގެންދިޔަ ނަސީބު ވެރިން ވެސް ވަނީ ބުރްޖް ހަލީފާ އަށް ގޮސްފައި.-- ފޮޓޯ: އަދަދު

ގަތަރު ވޯލްޑް ކަޕާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ޑިމާންޑް ބޮޑުކޮށް ފެންނަ މަންޒިލަކީ، ދުބާއީ އެވެ.

ދުނިޔޭގެ ޓުއަރިޒަމްގައި ވެސް އާދަޔާހިލާފު ތަރުހީބެއް ލިބޭ ސިޓީއެއް ކަމަށްވާ ދުބާއީ، މި ފަހަރު ވެފައި އޮތީ ފީފާ ވޯލްޑް ކަޕްގެ ނުފޫޒުގަދަ ހަބް އަކަށެވެ. ދުވާލެއްގެ މައްޗަށް ދުބާއީ މަގުން ގަތަރަށް 100 އަށް ވުރެ ގިނަ ޝަޓްލް ފްލައިޓް ދަތުރުކުރަނީ ވޯލްޑް ކަޕް މެޗުތަކަށެވެ. އެއީ އަނބުރާ ދުބާއީ އަށް ވެސް އާދެވޭ ގޮތަށް ދުރާލާ ފުޓްބޯޅަ ސަޕޯޓަރުން ނަގާފައިވާ "ޗުއްޓީ ޓްރިޕް" އަކަށް ވެސް އޮތީވެފަ އެވެ.

"އަހަރެމެން ވޯލްޑް ކަޕްގެ ތިން މެޗެއް ބަލަން މި އައީ، ކޮންމެ ދުވަހަކު މެޗު ބަލާލަން އެކަނި މި ދަނީ ދުބާއީ އަށް، އަނބުރާ މި އަންނަނީ މެޗަށް ފަހު، ތިން ދުވަހު، ތިން މެޗަށް ވެސް މި ދަނީ ޝަޓްލް ފްލައިޓްގައި، މިއީ ވަރަށް ތަފާތު ވޯލްޑް ކަޕް އެކްސްޕީރިއަންސެއް، ކުރިން ވެއްޖިއްޔާ ދާ ގައުމެއްގައި ހުރިހާ ކަމެއް، މި ފަހަރު، ދެ ގައުމެއްގައި ހުރެލާފައި ވެސް ވޯލްޑް ކަޕެއްގެ މި ހޭދަކޮށްލަނީ ޗުއްޓީއަކާ އެއްކޮށް،" ދުބާއީގެ ޝަޓްލް ފްލައިޓްގައި ގޮސް ވޯލްޑް ކަޕްގެ ތިން މެޗެއް ބެލި، ކެންޏާގެ ފުޓްބޯޅަ ސަޕޯޓަރު، ޖޭ، ބުންޏެވެ.

އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ކެންޏާގެ އެ ފުޓްބޯޅަ ސަޕޯޓަރު، ޖޭ ބުނީ އޭނާ 2014 ވަނަ އަހަރު ބްރެޒިލްގެ ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގެ ވޯލްޑް ކަޕަށް ވެސް ދިޔަ ކަމަށާއި އެކަމަކު، ގަތަރު ވޯލްޑް ކަޕްގެ މި ތަޖުރިބާތައް އެހެން ހުރިހާ ފަހަރުތަކާ ނުބައްދަލެވެ. އެއީ ޓުއަރިޒަމާއި ފުޓްބޯޅަ ފޯރީގެ ކަންކަން އެއްކޮށް، އެކްސްޕީރިއަންސް ކޮށްލުމުގެ އުފާ މި ފަހަރު ލިބޭތީކަމަށް އޭނާ ބުންޏެވެ.

ކޮކާކޯލާގެ ނަސީބު ވެރިންނަށް ވެސް "ދުބާއީ ޓުއަރިޒަމް"ގެ ތަޖުރިބާތަކެއް

މި ފަހަރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ މެޗެއް ބަލާލުމަށް ރާއްޖޭގެ ކޮކާކޯލާ ކުންފުނިން ކުރިއަށްގެންދިޔަ "އަންކެޕް، ބިލީވް، ފުލައި،" ޕްރޮމޯޝަން ކެމްޕެއިންގެ އަށް ނަސީބު ވެރިންނާއި އެ ނަސީބުވެރިންގެ ބައިވެރިން، ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ސްވިޒަލެންޑް އަތުން 6-1 އިން ޕޯޗުގަލް މޮޅުވި މެޗު ބަލަން ދިޔައީ ދުބާއީގައި މަޑުކޮށްފަ އެވެ.

ރާއްޖޭގެ ކޮކާކޯލާ ކުންފުނިން، ނަސީބުވެރިންނަށް ހަމަޖައްސައިދިން އިންތިޒާމްތަކުގެ ތެރެއިން ދުބާއީ ޓުއަރިޒަމްގެ މުހިންމު އިވެންޓްތަކެއްގައި ބައިވެރިވެ، ތަޖުރިބާތަކެއް ކުރަން ފުރުސަތު ހޯދައިދިނެވެ. އޭގެ ތެރޭގައި ދޯ ކްރޫޒިންގައި ޑައިނިން އެކްސްޕީރިއަންސާއި، ދުނިޔޭގެ އެންމެ އުސް ޓަވަރު، ބުރްޖް ހަލީފާ އަށް ދިއުމުގެ އިތުރުން ޑެޒާޓް ސަފާރީ އެކްސްޕީރިއަންސް ހިމެނެ އެވެ.

ކޮކާކޯލާގެ ނަސީބުވެރިންގެ ވެސް ގަތަރަށް ދިޔައީ ދުބާއީ މަގުން ސީދާ މެޗަށެވެ. އެ ގޮތުން ފްލައިދުބާއީގެ ޝަޓްލް ފްލައިޓެއްގައި ގަޑިއިރެއްހާއިރުގެ ދަތުރެއް ފުރިހަމަކުރުމަށް ފަހު، އެރޭ މެޗު ބެލުމަށް ފަހު އަނެއް ދުވަހު ހެނދުނު އައީ ދުބާއީ އަށެވެ.

ޝަޓްލް ފްލައިޓެއް ކަމަށްވާތީ، އިންތިޒާމްތައް ހަމަޖައްސާފައި އޮތީ، ހަތް ކިލޯގެ ބަރުދަނަށް ވާ ވަރަށް އެއްޗެހި ގެންދެވޭ ގޮތަށެވެ.

ފީފާ ވޯލްޑް ކަޕްގެ މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތު ލިބުނު ކޮކާކޯލާ ނަސީބުވެރިންގެ ޓީމު، ދުބާއީގެ ޑެޒާޓް ސާފާރީ ސަރަަހައްދުގައި ނަގާފައިވާ ފޮޓޯއެއް.

"ސަޅި އެކްސްޕީރިއަންސްތަކެއް ހަގީގަތުގައި މިއީ، ވޯލްޑް ކަޕެއް ބަލާލަން އައިސް ޗުއްޓީއެއްގެ ފީލް ވެސް އަންނަ ގޮތަށް މި އޮތީ، އެ ވެސް ދެ ގައުމެއްގެ ކަންކަން ބަލާލަން ލިބޭތީ، އެ ލިބޭ ހިތްހަމަޖެހުމާ އެކު،" ކޮކާކޯލާގެ ނަސީބުވެރިއަކު ބުންޏެވެ.

ދުބާއީގައި އިންތިޒާމް ހަމަޖެހިފައި އޮތް ގޮތުން، ވޯލްޑް ކަޕާ ދިމާކޮށް، ހިލޭ ސިމްކާޑެއް ދުބާއީ އިން ވެސް ދެ އެވެ. އަދި ގަތަރު ވޯލްޑް ކަޕަށް، އެ ގައުމަށްދާއިރު، ފުރިހަމަވެފައި އޮންނަން ޖެހޭ، ސަޕޯޓަރުންގެ އައިޑެންޓިޓީ ކާޑު، ހައްޔާ ކާޑުގެ ކަންކަން ފުރިހަމަ ވެއްޖެނަމަ، އެ ގައުމުން ވެސް ހިލޭ ސިމް ކާޑެއް ވެސް ލިބެ އެވެ.

ދުނިޔޭގެ މަޝްހޫރު ހަބަރު އެޖެންސީ، އޭއެފްޕީން ރިޕޯޓްކުރާ ގޮތުގައި މި ފަހަރުގެ ވޯލްޑް ކަޕް ބަލަން ދިޔަ އެހެން ގައުމުތަކުގެ މީހުން، ގަތަރުގެ ދޯހާ އެކޭ އެއްވަރަށް ދުބާއީގައި މަޑުކޮށްފައިވެ އެވެ. އަދި ގަތަރުގެ ދޯހާގައި އެކޮމަޑޭޝަން ހަމަޖެހިފައިތިބި ބައެއް ފުޓްބޯޅަ ސަޕޯޓަރުން ވެސް ދުބާއީ އަށް ދިއުމަށް ފަހު، ކުރު ޗުއްޓީއެއް ހޭދަކޮށްލާފައިވާ ކަމަށް އޭއެފްޕީގެ ރިޕޯޓްތައް ބުނެ އެވެ.

ދުނިޔޭގެ ފުޓްބޯޅަ އީދު، ފީފާ ވޯލްޑް ކަޕްގެ ފޯރިނަގަން ދުބާއީގައި ވެސް އޮތީ ފޭން ޒޯންތަކާއި ފޭން ޕާކްތައް ހަމަޖައްސައިފަ އެވެ. އެއީ ވެސް މި ފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބަޔަކު، ގަތަރަށް ދިއުމުގެ ކުރިން ދުބާއީ އަށް ދިއުމަށް ޝައުގުވެރިވި ސަބަބެކެވެ. މެޗު ޓިކެޓެއް ނެތްނަމަ ފުޓްބޯޅަ ސަޕޯޓަރުން މެޗު ބަލަން ދާން އެންމެ ބޭނުންވަނީ ފޭން ޕާކް އަކަށެވެ. ގަތަރުގެ ފޭން ޕާކްތަކެކޭ އެއްވަރަށް ދުބާއީގެ ފޭން ޕާކްތައް ވެސް ފެންނަނީ ފޯރީގެ ގޮތުން ބަލާއިރު، އެއް ހަމައެއްގައި ކަމަށް މީޑިއާ ރިޕޯޓްތަކުން ފެނެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާ ވަރަކަށް ދުބާއީ އާއި ދޯހާއާ ދެމެދު ޝަޓްލް ފްލައިޓްތަކުގެ ޑިމާންޑް ވެސް ބޮޑުވެފައިވާއިރު، އެއްގަމު މަގުން ބަހުގައި މެޗު ބަަލަން ދާ މީހުންގެ ނިސްބަތް ވެސް މަދެއް ނޫނެވެ. ބަހުގައި މެޗަށް ދާ ސަޕޯޓަރުންނަށް ވެސް 10-12 ގަޑިއިރު ތެރޭގައި ބޭނުންވާ މަންޒިލަަށް ދެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox