ފްރާންސަކީ ދުނިޔޭގެ އެއް ވަނަ، އެކަމަކު މޮރޮކޯ އަށް މޮޅުވެވޭނެ

Dec 14, 2022, 2:49 AM
މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ: ފްރާންސް ބަލިކުރެވިދާނެ ކަމަށް ވަނީ ބުނެފައި.

މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ: ފްރާންސް ބަލިކުރެވިދާނެ ކަމަށް ވަނީ ބުނެފައި.

ދޯހާ، ގަތަރު (ޑިސެމްބަރު 14) - ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ ދުނިޔޭގެ އެއް ވަނަ ޓީމު ކަމަށާއި އެހެން ނަމަވެސް މި މެޗުން މޮރޮކޯ އަށް ވެސް މޮޅުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ވަލީދު ރެގްރާގީ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ރޭ ކްރޮއޭޝިއާ ބަލިކުރި އާޖެންޓީނާ އަށެވެ. އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި އާޖެންޓީނާއާ ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ މިރޭ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި މުބާރާތުގައި ރެކޯޑް ކާމިޔާބީތަކެއް ހޯދަމުން އަންނަ މޮރޮކޯ ކުޅޭ ސެމީ ފައިނަލް މެޗުންނެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރޮކޯގެ ކޯޗު ރެގްރާގީ ވަނީ އޭނާގެ އުފަން ގައުމު ކަމަށްވާ ފްރާންސަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.

ރެގްރާގީ ބުނީ އޭނާ އަކީ އުފަންވި ގައުމަށް ބަލާނަމަ ފްރާންސް ކަމަށާއި އެކަމަކު، ހަވާލުވެ ހުރި ޒިންމާ އަށް ބަލާނަމަ މޮރޮކޯ ގޮވައިގެން ފްރާންސާ ދެކޮޅަށް ނުކުންނާނެ މީހެއް ކަމަށެވެ.

މިދިޔަ އޮގަސްޓް މަހު މޮރޮކޯގެ ކޯޗުކަމާ ހަވާލުވި ރެގްރާގީ އެ ޓީމާ އެކު ނުކުތް މެޗުތަކުން މިހާތަނަށް ބަލިވެފައިނުވެ އެވެ. އޭނާ ބުނީ ސެމީ ފައިނަލުގައި ފްރާންސާ ކުޅޭނީ ވެސް މޮޅުވުމުގެ ރޫހުގައި އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުކޮށްގެން ކަމަށެވެ.

"ދުނިޔޭގެ އެއް ވަނަ ޓީމާ ކުޅުމަކީ ޗެލެންޖެއް. އަހަރެމެން މޮރޮކޯ ޓީމަށް ކުޅޭއިރު އިދިކޮޅަށް ކުޅޭ ޓީމެއް ނުބަލައި، މޮޅުވާން ކުޅެން ބޭނުންވަނީ، އަހަރެމެންނަކީ މޮރޮކޯ،" ރެގްރާގީ ބުންޏެވެ.

މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާ ބައްރަށް ނިސްބަތްވާ ފުރަތަމަ ގައުމެވެ. މީގެ ކުރިން ކުއާޓާ ފައިނަލުގައި ވާދަކުރި އެފްރިކާގެ ތިން ގައުމެއް ވަނީ އިތުރަށް ކުރިއަށް ނުދެވި މުބާރާތުން ކަޓައިފަ އެވެ. މޮރޮކޯ އިން ސެމީން ފުރުސަތު ހޯދައި، ތާރީހީ ކަމެއް ހާސިލްކުރެވުނަސް، ރެގްރާގީ ހުރީ މި ވަރުން ފުއްދާލާ ގޮތަކަށް ނޫނެވެ.

"އަހަރެމެން ބޭނުން ފައިނަލަށް ދާން. މި ހިސާބަށް އައިސް ސެމީގައި ކުޅެވުނޭ، އެއީ ހިތްހަމަޖެހުމެކޭ ބުނެފައި ދާން ބޭނުމެއް ނޫން،" ރެގްރާގީ ބުންޏެވެ.

"އަދިވެސް އެއް ފަހަރު މިކަން ފާހަގަކޮށްލާނަން. އަހަރެމެން މި ކުޅެނީ ދުނިޔޭގެ އެންމެ މޮޅު ޓީމާކަން ގަބޫލުކުރަން ޖެހޭ. ދެން، މީގެ އޮތް ފުރުސަތުތަކަށް ބަލާއިރު، މިއީ އެންމެ މެޗެއް، އެއް މެޗުން ނަތީޖާ ނެރެވިދާނެކަން އަހަރެމެން މި މުބާރާތުގައި ދައްކައިދީފިން،"

މޮޮރޮކޯ އިން ވަނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ބަލިކޮށްފަ އެވެ. ގަދަ 16 ބުރުގައި ގަދަފަދަ ސްޕެއިން ކަޓުވާލިއިރު، މޮރޮކޯ އިން ކުއާޓާގައި ވަނީ ޕޯޗުގަލް ބަލިކޮށްފަ އެވެ.

ތަފާތު ރޫހެއްގައި ކުޅޭ މޮރޮކޯ ކޮޅަށް މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ވަނީ އެންމެ ގޯލެކެވެ. މީގެ ކުރިން ވޯލްޑް ކަޕެއްގައި ބައިކޮޅަށް ގޯލެއް ނުވަދެ ފަސް މެޗު ފުރިހަމަކުރި ދެ ޓީމުން ވެސް ވަނީ ތަށި އުފުލާލައިފަ އެވެ. އެއީ 2006ގެ އިޓަލީ ޓީމާއި 2010ގެ ސްޕެއިން ޓީމެވެ.

ފްރާންސާއި މޮރޮކޯ ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox