ސައުދީ މެޗަށް ފަހު ކޮންމެ މެޗެއް ނެގީ ފައިނަލެއްގެ ގޮތުގައި: މެސީ

Dec 14, 2022, 2:12 AM
ސައުދީ މެޗަށް ފަހު ކޮންމެ މެޗެއް ނެގީ ފައިނަލެއްގެ ގޮތުގައި: މެސީ

ދޯހާ، ގަތަރު (ޑިސެމްބަރު 14) - ފީފާ ވޯލްޑް ކަޕްގައި މި ފަހަރު އާޖެންޓީނާ އިން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވިއިރު، އެ މެޗަށް ފަހު ދެން ކުޅުނު ކޮންމެ މެޗަކަށް ވެސް އާޖެންޓީނާ އިން ނުކުތީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށް މި ފަހަރުގެ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި އާޖެންޓީނާ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރޭ އާޖެންޓީނާ އިން ވަނީ 2018 ވަނަ އަހަރުގެ ރަނަރަޕް ކްރޮއޭޝިއާ 3-0 އިން ބަލިކޮށް، މި ފަހަރުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި އާޖެންޓީނާ އިން ކުޅޭ ހަ ވަނަ ފައިނަލުގައި އަންނަ އާދިއްތަ ދުވަހުގެރޭ ނުކުންނާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެ ވަަނަ ސެމީ ފައިނަލަށް ފަހު އެވެ. ދެ ވަނަ ސެމީގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި މުޅިން އަލަށް ސެމީ އަށް ދަތުރުކުރި މޮރޮކޯ އެވެ.

ރޭ ކްރޮއޭޝިއާ އަތުން އާޖެންޓީނާ މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މެސީ، 35، ވަނީ އެއް ގޯލު ޖެހުމުގެ އިތުރުން އެއް ގޯލު ޖަހަން ފުރުސަތު ވެސް ތަނަަވަސްކޮށްދީފަ އެވެ.

މެޗަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ ފައިނަލަށް އައުމުގެ ކުރިން ވެސް އާޖެންޓީނާ އިން މި ފަހަރުގެ މުބާރާތުގައި ގިނަ ފައިނަލްތަކެއް ކުޅެފައިވާ ކަމަށެވެ.

"ފުރަތަމަ މެޗުގައި އަހަރެމެން ބަލިވުން އެއީ ވަރަށް އުނދަގޫ ފައްތަރަކަށް ޓީމު ދިޔަ ހިސާބެއް، 36 މެޗު ބަލިނުވެ އައިސްފައި، މުބާރާތް ފަށަން މި ޖެހުނީ ބައްޔަކުން،" މެސީ ބުންޏެވެ.

"އެކަމަކު، އެ ނަތީޖާގެ ސަބަބުން ޓީމު އެއްބައިވަންތަވެ، ރޫހު ރަނގަޅުވެގެންދިޔަ، ހަގީގަތުގައި ފުރަތަމަ މެޗުގެ އެ ނަތީޖާ އަށް ފަހު ދެން އަހަރެމެން ނުކުތް ކޮންމެ މެޗެއްގައި ވެސް އޮތީ ފައިނަލެއްގެ ވިސްނުން. އަހަރެމެން ފަސް ފައިނަލު ކުޅެފިން، ދެން އޮތީ ބޮޑު ފައިނަލް،"

މެސީ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ރެކޯޑްތަކެއް މުގުރާލައި، އަނެއް ބައި ރެކޯޑްތަކާ ހަމަކޮށްފަ އެވެ.

މުގުރާލި ރެކޯޑްތަކަށް ބަލާއިރު، މެސީ އަކީ އާޖެންޓީނާ އަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެ ގޮތުން މެސީ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ޖެހި ފަސް ގޯލާ އެކު ޖުމްލަ އެކު، ވޯލްޑް ކަޕްގެ މެޗުތަކުގައި އާޖެންޓީނާ އަށް 11 ގޯލު ޖަހައިފަ އެވެ. ކުރިން އެ ރެކޯޑް އޮތީ 10 ގޯލު ޖެހި ފޯވާޑް، ގަބްރިއެލް ބަޓިސްޓޫޓާ އަތުގަ އެވެ.

ދެން، މެސީ މުގުރާލި އެއް ރެކޯޑަކީ ހަތަރު ވޯލްޑް ކަޕެއްގައި ގޯލެއް ޖެހުމުގެ އިތުރުން ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިޔާގެ ރެކޯޑެވެ. އަދި ރޭ މެސީ ކުޅުނު މެޗަކީ ވޯލްޑް ކަޕްގައި އޭނާގެ 25 ވަނަ މެޗެެވެ. މިއާ އެކު ޖަރުމަނުގެ ލެޖެންޑަރީ މިޑްފީލްޑަރު، ލޯތާ މަތައިސް ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު ކުޅެގެން ހެދި ރެކޯޑާ ހަމަކުރީ އެވެ. މެސީ ފައިނަލުގައި ކުޅެފިނަމަ މަތައިސްގެ ރެކޯޑް މުގުރާލެވޭނެ އެވެ.

މެސީ ބުނީ މެޗަކަށް ފަހު މެޗެއް އޭނާގެ ކޮންފިޑެންސް ރަނގަޅުވަމުން އަންނަ ކަމަށާއި ފައިނަލަށް ނުކުންނައިރު ވެސް އޮތީ ތަފާތު ހިތްވަރެއް ކަމަށެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ މެސީގެ ކެރިއަރަށް މަދުވަނީ ވޯލްޑް ކަޕްގެ ތަށްޓެވެ. މެސީ ވަނީ މީގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ވާދަކޮށްފަ އެވެ. އެ ފަހަރު އާޖެންޓީނާ ވަނީ 1-0 އިން ޖަރުމަނު އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox