އަހަރުގެ އެންމެ މޮޅު ބޯޓު ޑިޒައިންގެ އެވޯޑު އަލްޝާލީ މެރިންއަށް

އެންމެ މޮޅު ޑިޒައިންގެ އެވޯޑު ލިބުނީ އަލްޝާލީގެ މި އުފެއްދުން ކަމުގައިވާ ކެޓް އެކްސްޕްރެސް 55 އަށް.

އެންމެ މޮޅު ޑިޒައިންގެ އެވޯޑު ލިބުނީ އަލްޝާލީގެ މި އުފެއްދުން ކަމުގައިވާ ކެޓް އެކްސްޕްރެސް 55 އަށް.

މޯލްޑިވްސް ބޯޓިން އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ބޯޓު ޑިޒައިންގެ އެވޯޑު އަލްޝާލީ މެރިން މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ދެހާސް ސާދަވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން ދެމުން އަންނަ ބޯޓިން އެވޯޑަކީ ރާއްޖޭގައި ކަނޑު އުޅަނދުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑުތަކެކެވެ. މިއީ މިދާއިރާއިން ރާއްޖޭގައި ދޭ ހަމައެކަނި އެވޯޑެވެ.

މިއަހަރުގެ ބޯޓިން އެވޯޑްސްގައި އެންމެ މޮޅު ބޯޓު ޑިޒައިންގެ އިތުރުން ފަސް ފޫޓާއި ދިހަ ފޫޓާ ދެމެދުގެ އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑާއި 15 ފޫޓާއި 45 ފޫޓާ ދެމެދުގެ އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑު އަލްޝާލީ މޯލްޑިވްސް އަށް ލިބުނެވެ.

ތިލަފުށީގައި ހުންނަ އަލްޝާލީގެ ބޯޑުޔާޑު
ތިލަފުށީގައި ހުންނަ އަލްޝާލީގެ ބޯޑުޔާޑު

ތިލަފުށީގައި ހުންނަ އަލްޝާލީގެ ބޯޑުޔާޑު

އެންމެ މޮޅު ޑިޒައިންގެ އެވޯޑު އެ ކުންފުންޏަށް ލިބުނީ ދާދި ފަހުން ތައާރަފުކުރި، ކެޓް އެކްސްޕްރެސް 55 ގެ ޑައިޒައިން އަށެވެ.

އެއީ ކެޓް ހަލް ފަރުމާގެ ބޯޓެކެވެ. ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "މޮނޯ" ހަލްއަށް ވުރެ "ކެޓް" ހަލްތަކުގެ "ސްޓެބިލިޓީ" ރަނގަޅު ކަމަށް މެރިން އިންޑަސްޓްރީގެ ގިނަ މީހުން ގަބޫލުކުރާ ކަމަށެވެ.

ކެޓް އެކްސްޕްރެސް 55

  • ދިގުމިން – 55 ފޫޓު
  • ސީޓިން ކެޕޭސިޓީ – ގިނަވެގެން 70 ގޮނޑި
  • އިންޖީނު – 1400 ހޯސްޕަވަރުގެ އިންބޯޑް ޑީސަލް އިންޖީނެއް
  • ދުވެލި- 32 ނޮޓު
  • މި ބޯޓުގައި ގިނަވެގެން ޖެހެނީ 70 ގޮނޑި އެވެ. ބޭނުންނަމަ ވީއައިޕީ ކޮންސެޕްޓަށް ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށްލެވެ އެވެ.

ބޯޓިން އެވޯޑުތައް އަލްޝާލީ މެރިންއަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު، އިސްމާއިލް ޝަރީފް ވިދާޅުވި އެވެ.

އަލްޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ޔޫއޭއީގެ އަލްޝާލީ މެރިން ދުބާއީއާ ދެމެދު އެކުލަވާލާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. އަލްޝާލީގެ މައި ކުންފުނީގެ މަސައްކަތްތައް 1979 ގައި ފެށިއިރު މެދުއިރުމަތީގައި އެ ކުންފުންޏަކީ ފައިބާގްލާސް ބޯޓާއި ޔޮޓު އުފެއްދުމުގައި ނަން ހިނގާ ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox