"މެޖެލަން 32" ސްޕީޑް ބޯޓެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އަގުހުރި "މެޖެލަން 32" ސްޕީޑް ބޯޓެއް ލިބޭ ޕްރޮމޯޝަނެއް ފެށިކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: ދިރާގު

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އަގުހުރި "މެޖެލަން 32" ސްޕީޑް ބޯޓެއް ލިބޭ ޕްރޮމޯޝަނެއް ފެށިކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: ދިރާގު

އަންނަ އޮކްޓޯބަރު 1، ގައި ދިރާގަށް 36 އަހަރު ފުރުމާ ކައިރިކޮށް 1.6 މިލިއަން ރުފިޔާގެ އަގުހުރި "މެޖެލަން 32" ސްޕީޑް ބޯޓެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.

އަލްޝާލީ މެރިން މޯލްޑިވްސްގެ އެ އުފެއްދުން ނަސީބުވެރި ފަރާތަަށް ދިނުމަށް ހަމަޖެހިފައި ވަނީ ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެލިއާއިން ފޯރުކޮށްދޭ 175 ހޯސްޕަވާގެ ދެ އިންޖީނާއެކުގަ އެވެ.

"ކަނޑު އުޅަނދެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލީ އެކި ކަންކަމަށް އޭތި ބޭނުން ކުރެވޭނެތީ. ޕްރޮމޯޝަން ފަރުމާކުރީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް. އެގޮތުން މިފަހަރު ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ،" ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

ދިރާގުގެ ކަސްޓަމާ ވެލިއު މެނޭޖާ ހައްސާން ހުސްނީ ވިދާޅުވީ ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑްގެ 400ރ. އަށްވުރެ މަތީ ޕެކޭޖް ނަގާ ކަސްޓަމަރުންނާއި، ކޮންމެ މަހަކު 400ރ. އަށްވުރެ މަތިން ހޭދަކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ އިތުރުން ފައިބާ ބްރޯޑްބޭންޑްގެ 30 އެމްއަށް ވުރެ ގިނައިން ނަގާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

އޭގެއިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ މަހަކު ދިރާގުގެ އެހެން ކަސްޓަމަރުންނަށް ވެސް އަގުހުރި އެހެން އިނާމުތައް ލިބޭނެ މަގު ފަހިކޮށްދީފައިވާކަން ފާހަގަކުރައްވާ ހައްސާން ވިދާޅުވީ އެ ޕްރޮމޯޝަންތަކަށް މެގަ ޕްރޮމޯޝަނަށް އެންރޯލްވާ ކަސްޓަމަރުން އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމަށެވެ.

އެގޮތުން, ހާއްސާން ވިދާޅުވީ 400ރ. އަށްވުރެ ދަށް ޕޯސްޓްޕެއިޑް ޕެކޭޖް ނަގާފައި ތިބި ކަސްޓަމަރުންނާއި، 200ރ. އާއި 400ރ. އާ ދެމެދު ހޭދަކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ އިތުރުން ފައިބާ ބްރޯޑްބޭންޑްގެ 30 އެމްއަށްވުރެ ދަށް ޕެކޭޖް ނަގާފައިވާ ކަސްޓަމަރުންނަށް ކޮންމެ މަހަކު އިނާމު ލިބޭ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

އެ ޕްރޮމޯޝަންގެ ދަށުން ލިބޭ އިނާމުތަކުގެ ތެރޭގައި މިނީ ޑްރޯން، ފްރީ ޑައިވިން ވޮޗް، އެންމެ ފަހުގެ ގޯޕްރޯ އަދި ސްޕީޑް ބޯޓާ ގުޅުވާފައި ވެސް ބައެއް ސާމާނު ހިމެނޭ ކަމަަށް އޭނާ ވިދާޅުވި އެވެ.

މިރްޝާން ވިދާޅުވީ ސްޕީޑް ބޯޓް ލިބޭ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު 31، ގެ ނިޔަލަށް ކުރިއަށްދާއިރު ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީގެ ތެރޭގައި ކަމަށެވެ.

ޕްރޮމޯޝަންގެ ދަށުން ލިބޭ "މެޖެލަން 32" އަކީ މިދިޔަ އަހަރު ރާއްޖޭގެ މާކެޓަށް ނެރުނު މަސްވެރި ކަމަށާއި އެކްސްކާޝަންތަކަށް ހާއްސަ 32 ފޫޓުގެ ބޯޓެކެވެ.

ފެނަށް ތިލަކޮށް 12 މީހުންގެ ޖާގައަށް ފަރުމާ ކޮށްފައިވާ އެ ބޯޓުން ފަސޭހަކަމާއެކު ސޭންޑް ބޭންކްތަކަށް ދިޔުމުގެ އިތުރުން ފާހާނާގެ އިތުރުން ކެބިންއެއް ވެސް ހުރެ އެވެ. އަދި ލުއި ބައެއް ކާނާތައް ވެސް އެ ބޯޓުގައި ތައްޔާރު ކުރެވެ އެވެ.

އެ ބޯޓު ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް އިންޖީނާއެކުއެކު ދޭއިރު އެލިއާއިން ބުނީ ވޮރެންޓީ ހިމެނޭ މުއްދަތުގައި އިންޖީނަށް ދިމާވާ ކޮންމެ ކަމަކަށް އެ ކުންފުނިން ޒިންމާ ނަގާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox