އެފްއޭއެމް 12 އަހަރުން ދަށުގެ ލީގު ޗެމްޕިއަންކަން ހޯދީ ސަސް އިން

Dec 13, 2022, 2:37 AM
ސަސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ސަސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ފޯރިގަދަކޮށް ކުރިއަށްދިޔަ އެފްއޭއެމް 12 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ހޯދައިފި އެވެ.

ސަސް އިން މުބާރާތުގައި ކުޅުނު 12 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވިއިރު، ބަލިވީ ވެސް އެއް މެޗުންނެވެ. ސަސް ނިންމާލީ 31 ޕޮއިންޓާ އެކު އެވެ.

ދެ ވަނަ އަށް ދިޔަ، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އެކެޑަމީ އާއި ތިން ވަނަ އަށް ދިޔަ ބީޖީ ސްޕޯޓްސް ކްލަބްގެ އެކެޑަމީ އަށް ލިބުނީ 30 ޕޮއިންޓެވެ. އެމްއެސްއެމް އަށް ދެ ވަނަ ލިބުނީ ލަނޑުގެ ތަފާތަށް ބަލާއިރު، ބީޖީ އަށް ވުރެ ކުރި ލިބޭތީ އެވެ.

ޓާފް ދަނޑުގައި ކުރިއަށްދިޔަ މުބާރާތުގެ ފަހު މެޗުގައި ސަސް އިން ނުކުތީ އީގަލްސްއާ ދެކޮޅަށެވެ. އީގަލްސް އަތުން ސަސް އެ މެޗުން މޮޅުވީ 5-1 އިންނެވެ. މި މެޗުގައި ސަސްގެ ގޯލުތައް ޖެހީ، ހުސެއިން އިލްހާމް ދެ ގޯލާއި، އިބްރާހިމް އަލްޔާން ޝާހިރު، މުހައްމަދު ވިފާގު ޖާދުﷲ އަދި އީހާން ބިން އިބްރާހިމް، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. އީގަލްސްގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ރައުޝަމް ސުއާދު އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ފްރެންޑްސް ފުޓްބޯލް ފެމިލީ އެކެޑަމީ އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ސަސްގެ ހުސެއިން އިލްހާމް އެވެ. އޭނާ ޖުމްލަ އެކު 25 ގޯލު ޖެހި އެވެ.

އެފްއޭއެމް 12 އަހަރުން ދަށުގެ ލީގުގެ އެންމެ މޮޅު ނުވަ ކުޅުންތެރިން.

ލީގުގެ އެންމެ މޮޅު ނުވަ ކުޅުންތެރިންނަކީ، ފްރެންޑްސް ފުޓްބޯލް ފެމިލީ އެކެޑަމީގެ އަހުމަދު އާހިލް އާތިފް، ސަސްގެ އީގަން ބިން އިބްރާހިމް، ހުސެއިން އިލްހާމް، އިސްމާއިލް ޔަނާހު މުހައްމަދު މުބީން، އެމްއެސް މޭޓްސްގެ އައިކް އާދަމް، ޝާދިން އަބްދުލް ރައްޒާގު، މާޒިޔާގެ ޝިބާލް އަބްދުލް ޝުކޫރު އަދި ބީޖީގެ ލޫކް އަބްދުﷲ ޖަލީލް އެވެ.

އެފްއޭއެމް ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން ކުރިއަށްދިޔަ 12 އަހަރުން ދަށުގެ ޔޫތު ލީގުގެ ހަތަރު ވަނަ އަށް ދިޔައީ 24 ޕޮއިންޓް ހޯދި އެޑްވެންޗާސް ފުޓްބޯލް އެކެޑަމީ (އޭއެފްއޭ) އެވެ. ފަސް ވަނައިގައި އޮތް ފްރެންޑްސް ފުޓްބޯލް ފެމިލީ އެކެޑަމީ އާއި ހަ ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 22 ޕޮއިންޓް ލިބިފަ އެވެ.

ހަތް ވަނައިގައި ނިންމާލި ކްލަބް ވެލެންސިއާ އަށް 19 ޕޮއިންޓް ލިބުނުއިރު، އަށް ވަނަ ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ އޮތީ 12 ޕޮއިންޓެވެ. ނުވަ ވަނަ އަށް ދިޔައީ 11 ޕޮއިންޓް ހޯދި ހުޅުމާލެ ޔޫތު ސްޕޯޓްސް އެވެ. ދިހަ ވަނައިގައި ކްލަބް އީގަލްސް އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. އެގާރަ ވަނައިގައި ނިންމާލި ޓީސީ ސްޕޯޓްސް ކްލަބަށް އަށް ޕޮއިންޓް ލިބުނުއިރު، ބާރަ ވަނަ އަށް ދިޔަ ހުޅުމާލެ ސްޕޯޓްސް ސްކޫލަށް ލިބުނީ ފަސް ޕޮއިންޓެވެ. އަދި ފުލުގައި ނިންމާލަން ޖެހުނު ޔުނައިޓެޑް ވިކްޓަރީ އެކެޑަމީގެ އޮތީ އެންމެ ޕޮއިންޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox