ާއާޖެންޓީނާ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ މައްސަލަތަކެއް ފީފާ އިން ބަލަނީ

Dec 11, 2022, 8:31 AM
ނެދަލެންޑްސް އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުގެ މައްސަލަތަކެއް ފީފާ އިން ވަނީ ބަލަން ފަށާފައި.

ނެދަލެންޑްސް އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުގެ މައްސަލަތަކެއް ފީފާ އިން ވަނީ ބަލަން ފަށާފައި.

ދޯހާ، ގަތަރު (ޑިސެމްބަރު 11) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިދިޔަ ހުކުރު ދުވަހުގެރޭ އާޖެންޓީނާ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ މައްސަލަތަކެއް ފީފާ އިން ބަލަން ފަށައިފި އެވެ.

ކުއާޓާ ފައިނަލުގައި ނެދަލެންޑްސް އާއި އާޖެންޓީނާ އިން ވާދަކުރި މި މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި، އާޖެންޓީނާ އިން ލީޑުނެގި އެވެ. މި ލަނޑުތައް ޖެހީ ނަަހުއެލް މޮލީނާ އާއި ލިއޮނަލް މެސީ އެވެ. އެކަމަކު، މެޗުގެ ފަހު ވަގުތު ނެދަލެންޑްސް އިން ދެ ގޯލު ޖަހައި، 2-2 އިން އެއްވަރުކުރި އެވެ. މި ދެ ލަނޑަކީ ވެސް ބަދަލަކަށް ކުޅެން އެރި ފޯވާޑް، ވައުޓް ވެގްހޯސްޓް ޖެހި ދެ ގޯލެވެ. އޭނާ، އެއްވަރުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ވެސް ފަހު މިނިޓްގަ އެވެ.

ނެދަލެންޑްސް ޕެނަލްޓީ ޖަހައިގެން، 4-3 އިން ކަޓުވާލައި އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދި މި މެޗުގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ގިނަ ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. ހަމަނުޖެހުންތަކެއް ވެސް ހިނގި މި މެޗު ނިންމާލަން ޖެހުނީ ވެސް ވަރަށް ހޫނުވި ހާލަތްތަކަކަށް ފަހު އެވެ.

އާޖެންޓީނާ އާއި ނެދަލެންޑްސްގެ މި މެޗުގައި ޖުމްލަ އެކު 18 ކާޑު ދެއްކިއިރު، މެޗުގެ ރެފްރީ، ސްޕެއިންގެ އެންޓޯނިއޯ މަޓޭއު ލަހޯޒް އަށް، ދެ ޓީމުން ވެސް ވަރަށް ބޮޑަށް ފާޑުކިއެވެ. އެ ގޮތުން އާޖެންޓީނާގެ ކެޕްޓަން, މެސީ ބުނީ މި ލެވަލްގެ މެޗަކަށް ލަހޯޒް ފިޓެއް ނޫން ކަމަށެވެ.

ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލް ވެސް ވަނީ ރެފްރީ، ލަހޯޒް އަތުން މެޗުގެ ކޮންޓްރޯލް ދިއުމަކީ މެޗަށް ވަރަށް ބޮޑަށް އަސަރުކުރި ކަމެއް ކަމަށް ބުނެފަ އެވެ.

ފީފާ އިން ވަނީ ނެދަލެންޑްސް އާއި އާޖެންޓީނާ މެޗުގެ ރިޕޯޓްތަކަށް ބެލުމަށް ފަހު، އިތުރަށް ތަހުގީގުކުރަން ޖެހޭ ކަންކަން ބަލަން ޖެހޭ ކަމަށް ނިންމައިފަ އެވެ. އެ ގޮތުން، ފީފާ އިން އާޖެންޓީނާގެ ކުޅުންތެރިއަކާއި އޮފިޝަލެއްގެ މައްސަލަ ބަލަން ނިންމާފައިވާއިރު، ނެދަލެންޑްސް ޓީމުގެ ބައެއް އަމަލުތައް ހުރި ގޮތް ވެސް ތަހުގީގުކުރާ މައްސަލަތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕާ ގުޅުން ހުރި މައްސަލަތައް ބަލަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ވަކި ޕެނަލެއް ވެސް ހާއްސަކޮށްފަ އެވެ. އެހެންކަމުން، ނެދަލެންޑްސް އާއި އާޖެންޓީނާ މެޗުގައި ހިނގާދިިޔަ މި ކަންކަމުގައި ފިޔަވަޅު އަޅަންޖެހޭ ކަމެއް އޮވެއްޖެނަމަ ފީފާ އިން ވަރަށް އަވަހަށް އެކަމެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox