ވާގޮތް: ބުޅިބޮލާއި ފަންބޯ، އެކި މީހުންގެ ތަފާތު ވަނީ ކީއްވެ؟

ވާގޮތް: ބުޅިބޮލާއި ފަންބޯ، އެކި މީހުންގެ ތަފާތު ވަނީ ކީއްވެ؟

އިންސާނުން އުފެއްދެވީ މަށިންނެވެ. ބިމުގެ ތަފާތު ހިސާބުތަކުން އެންމެހައި ކުލަތައް ހިމެނޭ ގޮތުން ނެގެވުނު ވެލީންނެވެ. އެ ވެލި ފެނާ އެއްކުރެވި އެތައް މުއްދަތެއް ހޭދަވުމަށްފަހު ހަރު މައްޓަށް ބަދަލުވިއެވެ.

އަބޫ މޫސާ އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައިވާ ސައްހަ ހަދީސްއެއްގައިވެ އެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"ހަމަކަށަވަރުން ﷲ ސުބްޙާނަހޫވަތަޢާލާ އާދަމްގެފާނު ހެއްދެވީ، ބިމުގެ އެންމެހައި ކަންކޮޅުތަކުން، ﷲ ނެންގެވި ވެލި މުށްވަރަކުންނެވެ، ފަހެ އާދަމް ދަރިތަކުން އައިސްފައިވާކަން ކަށަވަރީ އެބިމުގެ މިންވަރަށެވެ. (އެބަހީ ވެލި ނެންގެވި މިންވަރަށެވެ. ނުވަތަ ވެލީގެ ކުލައާ ޠޮބީޢަތަށެވެ،) އެބައިމީހުންގެ ތެރެއިން ރަތް (މީހުންނާއި) ހުދު (މީހުންނާއި) ކަޅު (މީހުން) ހިމެނިގެން އައިސްފައިވެއެވެ. (އެބަހީ މީސްތަކުންގެ ކުލަ ތަފާތުވުމާއި މިޒާޖާއި ޚުލްޤާއި ސުލޫކު ތަފާތުވެފައިވަނީ ވެލި ނެންގެވި ބިމުގައި ހުރި ވެލީގެ ކުލައާއި ޠޮބީޢަތާއި މިޒާޖުގެ ތަފާތު ހުރި ނިސްބަތުންނެވެ)"

އަހަރުމެންގެ އަސްލަކީ މިއީ ކަމުގައި ވާއިރު، އެކި ނަސްލުގެ އެކި މީހުންގެ ގައިގައި ތަފާތު އެކި ސިފަތައް ހުރުން އެއީ އަޖައިބުވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އަދި އެ ތަފާތުތަކުގެ މައްޗަށް ނަޒަރު ހިންގައި ބަލައިލުމަކީ އެއީ މައްސަލައެއް އޮތް ކަމެއް ވެސް ނުމެނޫންމެ އެވެ.

Advertisement

ދުނިޔޭގެ އެކި ދަރިފަސްކޮޅުގެ އެކި ނަސްލުގެ މީހުންގެ ތެރޭގައި ހުންނަ އެންމެ ބޮޑު އެއް ތަފާތަކަށް ހަމަ ޔަގީނުން ވެސް ބޮލުގެ އިސްތަށިގަނޑު ވާނެ އެވެ. އެއްބައެއްގެ އިސްތަށީގައި ބަނޑިއެއްހައި ހިސާބު ވެސް ނުހުންނަ އިރު އަނެއް ބައެއްގެ އިސްތަށިގަނޑުގައި އިސްތިރި އަޅައިގެން ނޫނީ ހަމަދިގުމިނަށް ދެމިވެސް ނުލަ އެވެ.

ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ. އެއްބައެއްގެ ބޯބުޅި ވެފައި އަނެއް ބައެއްގެ ބޯފަން ވަނީ ކީއްވެބާ އެވެ؟ އެއީ އެބަޔަކު ދިރިއުޅޭ މާހައުލަށް ހޭނުމުގެ ގޮތުން ހަށިގަނޑަށް އަންނަ ބަދަލަކީ ބާވައެވެ؟ ނުވަތަ އެއީ އިންސާނާގެ މައިފުށުން ނުވަތަ ބަފާފުށުން ވާރުތަވާ ޖެނެޓިކްސްއާ ގުޅުން ހުރި ކަމެއް ބާވައެވެ؟ މިހެން ދިމާވާން މެދުވެރިވާ ސަބަބަކީ ކޮބައި ބާވައެވެ؟

ތަފާތު ވައްތަރުގެ އިސްތަށިގަނޑާ ބެހޭ ގޮތުން އެނގެނީ ކޯޗެއް؟

އިސްތަށިގަނޑުގެ ބޯމިނާއި ވައްތަރު ބިނާ ވަނީ ބޮލުގެ އިސްތަށި ވަޅުތަކުގެ ފުންމިނާއި އޭގެ ބައްޓަމުގެ މައްޗަށެވެ. އިސްތަށި ވަޅހު ފުން ވާވަރަކަށް ބޮލުގައި ފަޅާ އިސްތަށި ވަރުގަދަވެ އެވެ. އަދި އެ ވަޅުތައް ތިލަވަ ވަރަކަށް ބޮލުގައި ފަޅާ އިސްތަށިތައް ނިކަމެތިވެ އެވެ.

ދެން އޮތީ އިސްތަށިގަނޑު ބޯވުމާއި ތުނި ވުމެވެ. މިކަން ބަރޯސާވެފައި އޮންނަނީ ބޮލުގައި ހުންނަ އިސްތަށިވަޅުތަކުގެ މަދުގިނަ މިނުގެ މައްޗަށެވެ. އާންމުކޮށް އިންސާނެއްގެ ބޮލުގައި 100،000އާ ހަމައަށް އިސްތަށި ވަޅު ހުންނަ ކަމަށްވެ އެވެ. އެހެންކަމުން ބޮލުގެ އިސްތަށިގަނޑު ތުނި ނަމަ އޭގެ މާނައަކީ ބޮލުގައި ހުންނަ އިސްތަށި ވަޅުތައް މަދު ކަމެވެ.

އިސްތަށީގެ ވައްތަރުތައް ތަފާތުވުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާ ކުރަނީ އިސްތަށީގެ ބުޑާއި އޭގެ ބައްޓަމެވެ. ބޮލުގައި ހުންނަ އިސްތަށި ބުޑުތަކުގެ ބައްޓަން ވަށްބުރަށް ހުންނަ ކަމަށްވާނަމަ ފަޅާނީ ފަން އިސްތައްޓެވެ. އެ ބުޑުތައް ކުކުޅު ބިސްބުރަށް ހުންނަ ނަމަ ފަޅާނީ ރާޅުބާނީ އިސްތައްޓެވެ. އަދި އެ ބުޑުތައް ފަތިކޮށް ހުންނަ ނަމަ ފަޅާނީ ބުޅި އިސްތައްޓެވެ.

އެފްރިކާ ބައްރުގެ ބުޅިބޮލާއި އޭޝިއާ ބައްރުގެ ފަންބޯ

އެފްރިކާ ބައްރުގެ މީހުންގެ ބޮލުގެ އިސްތަށިގަނޑު ހަމައެކަނި ބުޅީއަކީ ނޫނެވެ. ހުންނަ ގޮތް ވެސް އެހެން ހުރިހާ އެންމެނާއި ތަފާތެވެ. ހަމަ އެގޮތަށް އޭޝިއާގެ ޖަޕާން، ޗައިނާ އަދި ކޮރެއާ ފަދަ ގައުމުތަކުގެ އަހުލުވެރިންގެ ބޮލުގެ އިސްތަށިގަނޑު އެހާ ފަށުތްވެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ؟

ދެހާސްފަސްވަނަ އަހަރު އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީގައި ޕީއެޗުޑީ ހާސިލު ކުރަމުންދިޔަ ދަރިވަރެއް ކަމަށްވާ އޭން ޓެކްލެންބާގު މި މައުލޫގައި ދަ ޓެކް އިންޓަރެކްޓިވްގައި ޝާއިރު ކޮށްފައިވާ ލިޔުމެއްގައި ވަރަށް ބޮޑަށް މިކަމަށް އަލި އަޅުވާލައިފައިވެ އެވެ.

އެ ލިޔުމުގައި ބުނެފައިވާ ގޮތުން އެކަމާ ގުޅޭގޮތުން ކުރެވިފައި ހުރި ދިރާސާތަކުން ދައްކާ ގޮތުގައި އެފްރިކާ ނަސްލުގެ މީހުންގެ ބޮލުގައި ސީބަމް އޭ ކިޔާ ތެލެއް ގިނަ އަދަދަކަށް އުފައްދަ އެވެ. މިއީ ގުދުރަތީ ގޮތުން ބޮލުގައި އުފެދޭ ތެލެކެވެ. މި ތެލަކީ ބޮލުގެ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށްދޭ ތެލެކެވެ. މިތެޔޮ ބޮލުގައި އުފެދޭ މިންވަރު އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެފްރިކާ ދަރިކޮޅުގެ މީހުންގެ ބޮލުގެ އިސްތަށިގަނޑު އިންތިހާއަށް ވަރުގަދަވެ އެވެ.

ނަމަވެސް އެފްރިކާ ދަރިކޮޅުގެ މީހުންގެ ބޮލުގެ އިސްތަށިގަނޑު ބުޅިކަމުން މި ތެލުގެ އަސަރު މުޅި ބޮލަކަށް ނުކުރެ އެވެ. މިއީ އެ މީހުންގެ އިސްތަށިގަނޑު އިތުރަށް ބުޅިވެ ހަރުވާ މައިގަނޑު ސަބަބެވެ. އަސޭމިރުސް ފުއްފުއް ގޮތަށާއި ފޯލި ފޯއްޔަށް އެފްރިކާ ދަރިކޮޅުގެ މީހުންގެ އިސްތަށިގަނޑު ހުންނަނީ މިހެންވެ އެވެ.

މިހާތަނަށް މި މައްސަލައިގައި ކޮށްފައި ހުރި ދިރާސާތަކުން ދައްކާ ގޮތުގައި ބުޅިބޮލާއި ފަންބޮލަކީ ވެސް ޖެނެޓިކަލީ ވާރުތަވާ އެއްޗެއްކަން އެނގެ އެވެ. އެހެންކަމުން މަތީގައި ފާހަގަކޮށްފައި އެވާ ފަދައިން އިންސާނުން އުފެދިގެން އައި ގޮތުގެ ސަބަބުން އަހަރުމެންގެ ތެރޭގައި މި ތަފާތުތަކެއް ހުރީ އެވެ. އިސްތަށިގަނޑު ބުޅިވުމާއި ފަންވުން ވާރުތަވާން މެދުވެރިވަނީ ކޮން ޖީންއަކާ ހުރެކަން އަދި ދެނެގަނެވިފައި އެއް ނުވެ އެވެ.

މިކަމުގައި ދެން އޮތީ ދިރިއުޅޭ މާހައުލާ އޮތް ގުޅުމެކެވެ. އެފްރިކާ ބައްރުގެ ގައުމުތަކަކީ ހަނަފަސްކަން ބޮޑު އަދި އެހާމެ ހޫނު ގައުމުތަކަކަށް ވާތީ އިރުގެ ހޫނުން އެމީހުންނަށް ކުރާ އަސަރު ބޮޑުވެ އެވެ. އިރުގެ ހޫނަކީ، އޭގެ ސަބަބުން އިންސާނާގެ ހަންގަނޑަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާ އެއްޗެކެވެ. އެހެންކަމުން އިންސާނުން އުފައްދަފާއި ވަނީ އެ ބަޔަކު ދިރިއުޅޭ މާހައުލެއްގައި ސަލާމަތުން ދިރިއުޅެވޭނެ ފަދަ ގޮތަކަށެވެ. އެފްރިކާ މީހުންގެ ބުޅި ބޮލުގެ އިތުރުން އެމީހުންގެ ހަންގަނޑު އުފެދިފައިވާ ގޮތުގެ ސަބަބުން އެމީހުންނަށް އިރުގެ ދޯދިތަކުން ލިބޭ ގެއްލުން ކުޑަކޮށްދެ އެވެ. މިއީ އޭޝިއާ ފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާ އެމީހުން ތަފާތުވާ އެންމެ ބޮޑު އެއް ސަބަބެވެ.

އެހެންކަމުން ބުޅިބޮލާއި ފަންބޮލުގެ ވާހަކަ ގޮސް ނިންމާލަން ޖެހެނީ އަހަރުމެން އިންސާނުންގެ ފެށުމާ ހަމައިންނެވެ. އަހަރުމެންގެ އަސްލު ގުޅިފައި އޮތީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ތަފާތު ވެއްޔާ އެވެ. އަހަރުމެންގެ ބޮލުގެ ފަންކަމާއި ބުޅިކަން ގުޅިފައި އޮތީ އަހަރުމެންގެ ނަސްލުތަކުގެ އަސްލާ އެވެ. މިއީ ބަދަލު ނުވާނެ ހަގީގަތެކެވެ. މި މައުލޫގައި އިތުރަށް ދިރާސާ ކުރަމުންދާ މިންވަރަކުން މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް އެނގި ހާމަވަމުން ދާނެކަން ޔަގީނެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox