ރަޝިއާއިން އެމެރިކާގެ ބާސްކެޓްބޯޅަ ތަރި ދޫކޮށްލީ ހަތިޔާރު ވިއްކީ މީހަކު މިނިވަން ކުރުމުން

އެމެރިކާގެ ބާސްކެޓްބޯޅަ ތަރި ބްރިޓްނީ ގްރައިނާ ރަޝިއާގައި ހައްޔަަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ބާސްކެޓްބޯޅަ ތަރި ބްރިޓްނީ ގްރައިނާ ރަޝިއާގައި ހައްޔަަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (ޑިސެމްބަރު 8) - އެމެރިކާގައި ބަންދުކޮށްފައި ހުރި ރަޝިއާގެ ހަތިޔާރު ވިއްކާ ވިކްޓާ ބައުޓް މިނިވަން ކުރުމުން، ބަދަލެއްގެ ގޮތުގައި ރަޝިއާގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ބާސްކެޓްބޯޅަ ތަރި ބްރިޓްނީ ގްރައިނާ މިނިވަންކޮށްފި އެވެ.

"ޑިސެމްބަރު، 8، 2022 ގައި އަބޫ ދާބީ އެއާޕޯޓުގައި ރަޝިއާގެ ވިކްޓާ ބައުޓް އާއި އެމެރިކާގެ ބްރިޓްނީ ގްރައިނާ ކާމިޔާބުކަމާ އެކު ބަދަލުކުރެވުނު،" ރަޝިއާ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރަޝިއާއިން ބުނީ ބައުޓް މިނިވަން ކުރުމަށް އެމެރިކާއާ އެކު މަޝްވަރާ ކުރަމުން ދާތާ "ގިނަ ދުވަސްތަކެއް ވެއްޖެ" ކަމަށާއި އޭނާ ހިމެނޭ އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށް އެމެރިކާއިން އެންމެ ފުރަތަމަ ބުނި ކަމަށެވެ.

އެމެރިކާގައި ބައުޓް ހައްޔަރުކޮށް 25 އަހަރަށް ޖަލަށް ހުކުމް ކުރީ 2012 ގަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރީ ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކުގައި އެކި ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށެވެ.

ގްރައިނާ ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އޭނާ ނުވަ އަހަރަށް ޖަލަށް ހުކުމް ކުރީ ކެނެބިސް ގެންގުޅުމުގެ ކުށް ސާބިތުވުމުންނެވެ.

ގްރައިނާއަކީ ދެ ފަހަރު އޮލިމްޕިކް ރަން މެޑަލް ހޯދާފައިވާ ދުނިޔޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެތްލީޓެކެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހު މޮސްކޯ ކައިރީގައި ހުންނަ އެއާޕޯޓަކުންނެވެ. އޭނާގެ ލަގެޖުގެ ތެރެއިން ފެނުނީ ކެނެބިސް ތެޔޮ ހުރި ވޭޕް ކާޓްރިޖްތަކެކެވެ. އޭނާ ރަޝިއާއަށް ދިޔައީ އެމެރިކާގެ އޯފް ސީޒަންގައި ބާސްކެޓްބޯޅަ ކުޅުމަށެވެ.

ގްރައިނާ ހަައްޔަރު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީ ޔޫކްރެއިން ހަނގުރާމަ ފަށައި، އެމެރިކާ އާއި ރަޝިއާގެ ޑިޕްލޮމެސީގެ ތެރެއަށް އޭނާގެ މައްސަލަ ވަނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުމާއި ބެޓްކުރުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވަގުތީ އަމުރެއް ނެރުއްވައިފިއެވެ. މި ފިޔަވަޅު އެޅުއްވީ ޖުވާގެ ސަބަބުން އާއިލާތަކުގެ އާމްދަނީއަށް ގެއްލުންވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ ގައުމު ސަލާމަތްކުރުމުގެ މަގުސަދުގައެވެ. އިންތިޚާބާ ގާތްވެފައިވަނިކޮށް ނިންމެވި މި ނިންމެވުން ދާއިމީ ކުރުމަށް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ސީއެންއެން ދަތުރުކުރުން ވައިޓް ހައުސްއިން މަނާކޮށްފިއެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވާއިރު، މީގެ ކުރިންވެސް ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ވަނީ މަނާކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ މީޑިއާ އިދާރާތަކުން މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ހޯރްމޫޒް ހުޅުވާލުމަށް އީރާނުން އެމެރިކާއަށް ހުށަހެޅުމެއް

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު އީރާނުން އެމެރިކާއަށް ހުށަހެޅުމެއް ފޮނުވާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުމުގެ އިޚުތިޔާރު މިހާރު އޮތީ އެމެރިކާއަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުން ބޭރުކޮށްލައްވައި، އެ ގައުމަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ އިޝާރާތެއް ކުރައްވާފައެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ބެންކޮކްގައި ފެންބޮޑުވުމުން ކުއްލި ނުރައްކާ އިއުލާންކޮށްފި

ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ވިއްސާރައިގައި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިތިއޯޕިއާ-ޖިބޫޓީ ތެޔޮ ހޮޅިއަށް 660 މިލިއަން ޑޮލަރު ދެނީ

ނައިޖީރިއާގެ މަހުޖަނު އަލީކޯ ޑަންގޯޓޭގެ 660 މިލިއަން ޑޮލަރުގެ ފަންޑާއެކު، ޖިބޫޓީ އާއި އިތިއޯޕިއާ ދެމެދު 120 ކިލޯމީޓަރުގެ ތެޔޮ ހޮޅިއެއް އެޅުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެ މި މަޝްރޫއުގެ ސަބަބުން، އިތިއޯޕިއާއަށް ތެޔޮ އުފުލުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން އެއް ދުވަހަށް ކުޑަވެ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.

މަޖުބޫރު އަސްކަރީ ހިދުމަތާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ

ޖަރުމަނުވިލާތުގައި އަސްކަރީ ހިދުމަތް އަލުން މަޖުބޫރުކޮށްފާނެތީ، އެކަމާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިން ކްލާސްތަކަށް ނުގޮސް މުޒާހަރާކުރަން ފަށައިފި އެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ސަރުކާރުން ގެންގުޅޭ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުން ހަނގުރާމައަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

Newsletter

Get the latest news delivered straight to your inbox