ޝީގެ ދަތުރާ ދިމާކޮށް ސައުދީ އަރަބިއްޔާގެ ހަކަތައިގެ ޔަގީންކަން ޗައިނާއަށް

ޗައިނާގެ ރައީސް ޝީ ޖިންޕިން ރިޔާދްގެ ކިންގް ހާލިދް އެއާޕޯޓުގައި.

ޗައިނާގެ ރައީސް ޝީ ޖިންޕިން ރިޔާދްގެ ކިންގް ހާލިދް އެއާޕޯޓުގައި.

ސައުދީ އަރަބިއްޔާ ދެމިއޮންނާނީ ޗައިނާއަށް އިތުބާރު ކުރެވޭ އަދި ބަރޯސާވެވޭ ހަކަތައިގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ކަމަށް ސައުދީގެ އެނާޖީ މިނިސްޓަރު އަމީރް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ބުދަ ދުވަހު ރިޔާދަށް ވަޑައިގެންފަ އެވެ. ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު އަބްދުލްއަޒީޒް ވިދާޅުވީ ދުނިޔޭގެ ތެލުގެ މާކެޓަށް ބޮޑެތި ލޮޅުންތައް ނައިސް އޮންނަނީ ޗައިނާ އާއި ސައުދީ އަރަބިއްޔާގެ މަސައްކަތުން ކަމަށެވެ.

ހަކަތަ އެންމެ ގިނައިން ބޭނުންކުރާ ގައުމަކީ ޗައިނާ އެވެ. އަދި ހަކަތަ އެންމެ ގިނައިން އެކްސްޕޯޓް ކުރާ ގައުމަކީ ސައުދީ އަރަބިއްޔާ އެވެ.

ބުދަ ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގެން ޝީ ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮންނަ ސަމިޓާއި ޗައިނާ އާއި ގަލްފު ގައުމުތަކާ ދެމެދު އޮންނަ ސަމިޓުގެ ސަބަބުން ގުޅުންތައް ވަރުގަދަ ވާނެ ކަމަށެވެ.

މުހިއްމު ކަންކަމާ ގުޅޭ ގޮތުން ރަސްގެފާނު ސަލްމާން އަދި ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންއާ އެކު މަޝްވަަރާ ކުރައްވާނެ ކަމަށް ޝީ ވިދާޅުވި އެވެ. މިއީ 2016 ވަނަ އަހަރަށް ފަހު ޝީ ސައުދީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެސްޕީއޭއިން ރިޕޯޓުކުރާ ގޮތުގައި މި ދަަތުރުގެ ތެރެއިން ދެ ގައުމުގެ މެދުގައި 20 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރާނެ އެވެ. އެއީ 29.26 ބިލިއަން ޑޮލަރުގެ އަގުހުރި އެއްބަަަސްވުންތަކެކެވެ.

ޗައިނާގެ ރައީސް ސައުދީ އަރަބިއްޔާއަށް ދަތުރު ކުރައްވަން ނިންމެވި އިރު، ތެލުގެ މައްސަލައިގައި ސައުދީ އަރަބިއްޔާ އާއި އެމެރިކާއާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އެބަ އޮތެވެ.

އެމެރިކާއިން ހިތްހަމަނުޖެހުނީ ތެޔޮ އުފައްދާ ގައުމުތައް ހިމެނޭ އޯޕެކް+ ގްރޫޕުން ދުވާލަކު އުފައްދާ ތެޔޮ ފީފާގެ އަދަދު މަދުކުރަން ނިންމުމުންނެވެ. މިދިޔަ އޮކްޓޯބަރު މަހު އެ ނިންމުމާ ގުޅިގެން އެމެރިކާއިން ބުނީ އެއީ ޔޫކްރެއިން ހަނގުރާމައިގައި "ރަޝިއާ ފަޅިއަށް އެރުން" ކަމަށެވެ.

އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުގެ ކަންބޮޑުވުންތަކަށް ބެލުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު ވެސް އޯޕެކް+ އިން ނިންމީ އޮކްޓޯބަރު މަހުގެ ނިންމުން ބަދަލު ނުކުރުމަށެވެ.

ސައުދީ އަރަބިއްޔާގެ ސާފު ނުކުރާ ތެޔޮ ގަންނަ އެންމެ ބޮޑު ކަސްޓަމަރަކީ ޗައިނާ އެވެ. ސައުދީއިން ބޭރު ކުރާ ތެލުގެ ހަތަރު ބައި ކޮށްފައި އެއް ބައި ގަންނަނީ ޗައިނާއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox