އިރާނުގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީގެ ވިޔަފާރިތައް ހުއްޓުވައިފި

އިރާނުގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީ.

އިރާނުގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީ.

އިރާނުގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީގެ ގަހަނާ ވިއްކާ ފިހާރަ އާއި ރެސްޓޯރެންޓު ބަންދުކޮށްފި އެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ދާއީ ޖެހި 109 ގޯލް ވަރަށް ފަހަކާ ޖެހެންދެން އޮތީ ރެކޯޑެއްގެ ގޮތުގަ އެވެ. އެ ރެކޯޑް މުގުރާލީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އިރާނުގެ ނޫސްތަކުން ބުނީ ވެރިރަށް ތެހްރާންގެ މަގްބޫލް ސަރަހައްދެއްގައި ހުންނަ ދާއީގެ ރެސްޓޯރެންޓާއި ފިހާރަ ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

Advertisement

"އިންގިލާބާ ދެކޮޅު ގްރޫޕުތަކާ ގުޅިގެން ސުލްހައަށް ހުރަސް އަޅަން އޮންލައިންކޮށް މަސައްކަތްކޮށްފައި ވާތީ ނޫރް ޖުވެލްރީ ގެލެރީ ބަންދުކުރުމުގެ އަމުރެއް ނެރުނު،" އިސްނާ ނިއުސް އެޖެންސީން ބުންޏެވެ.

އޭގެ އިތުރުން ދާއީއާ ގުޅުން ހުރި ރެސްޓޯރެންޓް ބަންދު ކުރަން ވެސް އަމުރު ނެރުނެވެ. ނަމަވެސް ނޫސްތަކުގައި އެ ރެސްޓޯރެންޓާ ގުޅޭ ތަފްސީލެއް ނެތެވެ.

މިދިޔަ ހަފުތާގައި ދާއީ ބުނީ އިރާނުގައި މިހާރު ކުރަމުންދާ މުޒާހަރާތައް ތާއީދު ކުރުމުން އޭނާއަށް ތަފާތު އެކި އިންޒާރުތައް ލިބެމުންދާ ކަމަށެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން މުޒާހަރާ ކުރަމުން ދަނީ ބުރުގާ ނާޅާ ހުރުމުން ހައްޔަރު ކުރި ޒުވާން އަންހެނަކު މަރުވި މައްސަލަައިގަ އެވެ.

މުޒާހަރާތަކާ ގުޅުން ހުރި އެތައް ހާސް މީހުން ހައްޔަރު ކުރަމުންދާ އިރު އޭގެ ތެރޭގައި ފުޓްބޯޅަ ކުޅުންތެރިންނާއި އެހެން ސެލެބްރިޓީން ހިމެނެ އެވެ.

ދާއީއަކީ 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިރާނުން 1-2 އިން އެމެރިކާ ބަލިކުރި މެޗުގައި ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ޖަރުމަނު ލީގުގައި ބަޔާން މިޔުނިކަށް ވެސް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox