އިރާނުގައި ބުރުގާ އެޅުން މަޖުބޫރު ކުރާ ފުލުހުންގެ ހާއްސަ ޔުނިޓު އުވާލައިފި

އިރާނުގައި ބުރުގާ އެޅުން މަޖުބޫރު ކުރާ އަންހެން އަދި ފިރިހެން ފުލުހުންތަކެއް. -- ފޮޓޯ: ޓީވީޕީ ވޯލްޑް

އިރާނުގައި ބުރުގާ އެޅުން މަޖުބޫރު ކުރާ އަންހެން އަދި ފިރިހެން ފުލުހުންތަކެއް. -- ފޮޓޯ: ޓީވީޕީ ވޯލްޑް

އިރާނުގައި ބުރުގާ އެޅުން މަޖުބޫރު ކުރަން ހާއްސަ "މޮރަލިޓީ" ފުލުހުންގެ ޔުނިޓް އުވާލައިފި އެވެ.

ބުރުގާ އަޅަން މަޖުބޫރު ކުރުމާ ދެކޮޅަށް މިދިޔަ ސެޕްޓެމްބަރު މަހު މުޒާހަރާ ފެށީ ބުރުގާ ނާޅާ ހުރުމުން ހައްޔަރު ކުރި ޒުވާން އަންހެނަކު މަރުވި މައްސަލައިގަ އެވެ.

މުޒާހަރާގެ ބައިވެރިން ބުރުގާ އަންދައި، އިސްތަށިގަނޑު ބުރިކޮށް ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދެ އެވެ. ގިނަ ބަޔަކު މިހާރު އާއްމު ދިރިއުޅުމުގައި ވެސް ބުރުގާ ނާޅަ އެވެ.

"މޮރަލިޓީ ފުލުހުންނަކީ ޖުޑިޝަރީއާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން. އެހެންވީމާ އެ ޔުނިޓް އުވާލައިފިން،" އެޓޯނީ ޖެނެރަލް މުހައްމަދު ޖައުފަރު މޮންތަޒޭރީ ވިދާޅުވި އެވެ.

އިރާނުގެ އަންހެނުން ބުރުގާ އަޅަން މަޖުބޫރު ކުރީ އެޕްރީލް 1983 ގަ އެވެ. އެއީ އެމެރިކާގެ ތާއީދާ އެކު އޮތް ރަސްކަން 1979 ވަނަ އަހަރުގެ އިންގިލާބުގައި ބަދަލު ކުރުމަށް ފަހު ގެނައި ގާނޫނެކެވެ.

އޭގެ ފަހުން އެ ގާނޫނު ތަންފީޒު ކުރަން އެކި ގޮތްގޮތުން މަސައްކަތް ކުރި އެވެ. "މޮރަލިޓީ" ފުލުހުން ނުވަތަ ގަޝްތޭ އިރުޝާދު އުފެއްދީ ކުރީގެ ރައީސް މަހްމޫދު އަހްމަދިއްނިޖާދް އެވެ.

އިރާންގެ ސަގާފީ އިންގިލާބާ ގުޅޭ އެންމެ މަތީ ކައުންސިލްހގެ ދަށުން އުފެއްދި ފުލުހުންގެ ޔުނިޓުގެ މިހާރުގެ އެންމެ އިސްވެރިޔަކީ ރައީސް އިބްރާހިމް ރައިސީ އެވެ.

"މޮރަލިޓީ" ފުލުހުން މަގުތައް ޕެޓްރޯލް ކުރަން ފެށީ 2006 ގަ އެވެ. އެ ޔުނިޓް އުވާލިކަން އިއުލާން ކުރި އިރު، ބުރުގާ އެޅުން މަޖުބޫރުވާ ގާނޫނު މުރާޖައާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

"ޕާލަމެންޓާއި ޖުޑިޝަރީއިން ވެސް ދަނީ އެކަމުގައި މަސައްކަތްކޮށް، ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭތޯ ބަލަމުން،" އެޓާނީ ޖެނެރަލް މުހައްމަދު ޖަފަރް މޮންތަޒޭރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިންމުންތަކެއް އިއުލާން ކުރާނެ ކަމަށެވެ. ރައީސް އިބްރާހިމް ރައިސީ ހޮނިހިރު ދުވަހު ވިދާޅުވީ އިރާނުގެ ހަމަތަކަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.

އެކަމަކު އެ ހަމަތައް ތަންފީޒު ކުރުމުގައި ދޭނެ ލުއިތަކާއި އަމަލު ކުރާން ގޮތްތައް ބަދަލު ކުރެވިދާނެ ކަމަށް ޓީވީ މެދުވެރިކޮށް ރަައިސީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox