ޖަރުމަނު ކެޓުމުން ފްލިކް "ހޫނު ގޮނޑީގައި": ޒިންމާނަގައި ބަދަލަކާ ދިމާލަށް!

Dec 2, 2022, 9:11 AM
ޖަރުމަނު ކެޓުމުން ފްލިކް "ހޫނު ގޮނޑީގައި": ޒިންމާނަގައި ބަދަލަކާ ދިމާލަށް!

ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނުން މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕާ ކުރިމަތިލިއިރު، އެ ޓީމު އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ މާޔޫސްކަން އޮތެވެ. އެ ކަން ތަކުރާރުވިޔަ ނުދޭން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ، ޖަރުމަނު ވަނީ މި ފަަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ވެސް ކަޓައި، އަނެއްކާ ވެސް އަޑިގަނޑަކަށް ވެއްޓިފަ އެވެ.

ޖަރުމަނުގެ ކޯޗުގެ މަގާމުގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހުރީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޖަރުމަނަށް ހޯދައިދިން ކޯޗު ޔަކީމް ލޯ އެވެ. މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު، ލޯ ޖަރުމަނުގެ ކޯޗުކަމުން ވަކިވީ، 14 އަހަރު މަގާމުގައި ހުރެ، ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ފަހު އެވެ.

ލޯ އަށް ފަހު ޖަރުމަނުގެ ކޯޗަކަށް ހަމަޖެއްސި ފްލިކް އަކީ 2014 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓަންޓް ކޯޗެވެ.

މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، ފްލިކްގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު 16 މެޗުން ބަލިވީ ނޭޝަންސް ލީގުގައި އަމިއްލަ ދަނޑުގައި ހަންގޭރީ އަތުން އެކަންޏެވެ.

އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައި ލީޑުނަގާފައިވަނިކޮށް، ޖަޕާނުން ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ޖަރުމަނުން ސްޕެއިނާ ބައްދަލުކުރިއިރު، މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ފަހު މެޗުގައި ޖަރުމަނު ރޭ ފަހަތުން އަރައި، 4-2 އިން ކޮސްޓަ ރިކާ ބަލިކުރި ނަމަވެސް ގްރޫޕްގެ ޖުމްލަ ނަތީޖާ ތަކަށް ބަލައި، ޖަރުމަނަށް ގަދަ ދެ ޓީމުގެ ތެރެއިން ފުރުސަތު ނުލިބި މުބާރާތުން ކެޓީ އެވެ.

އަނެއްކާ ވެސް ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހި، ހެޑް ކޯޗެއްގެ ގޮތުގައި ފުރަތަމަ މުބާރާތަށް ފަހު ވެސް، ފްލިކް މި ވަނީ "ހޫނު ގޮނޑީގައި" ކެތްކުރަން ޖެހިފަ އެވެ.

ފުޓްބޯޅައިން ބޭރުގެ ކަންކަމަށް ދިޔަ ފޯކަސްއާ ހެދި ޓީމަށް އަމާޒުވި ނަފުރަތު

މި ފަހަރުގެ ވޯލްޑް ކަޕަކީ މެދުއިރުމަތީގެ ގައުމެއްގައި ކުޅޭ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާއިރު، މުބާރާތް ކުރިއަށްދާ ގަތަރުން ވަރަށް ބޮޑަށް ވަނީ ކަންކަން ކޮންޓްރޯލް ކޮށް، އެ ގައުމުގެ ގާނޫނާއި އިސްލާމީ ރީތި އުސޫލުތައް ނަގަހައްޓައިގެން މުބާރާތް ހޯސްޓްކުރަން ނިންމައިފަ އެވެ. އެ ގޮތުން އިސްލާމްދީނުގެ އުސޫލުތަކާ ހިލާފު ކަންތައްތައް ޕްރޮމޯޓްކުރުން ފަދަ ކަންތައްތައް އޮތީ މަނާކޮށްފަ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކަކުން އެންޖިންސުގެ ގުޅުން ޕްރޮމޯޓްކުރާ (އެލްޖީބީޓީ ކޮމިއުނިޓީ)ގެ ހަރަކާތްތަކަށް ފުރުސަތު ދޭ ގޮތަށް ވޯލްޑް ކަޕްގައި ވެސް އެކަން ކުރަން ވޯލްޑް ކަޕްގައި ކުޅޭ ޔޫރަޕްގެ ގައުމުތަކުން ގޮވާލި އެވެ. ޖަރުމަނަކީ އެކަމުގައި އިސްކޮށް އުޅުނު ގައުމެކެވެ. އެހެން ނަމަވެސް، ފީފާ އާއި ގަތަރުން ނިންމީ އެ ފުރުސަތު ނުދޭށެވެ.

ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޖަރުމަނު ކުޅުންތެރިން ޓީމު ފޮޓޯ އަށް ހުއްޓުނުއިރު އަނގަމަތީގައި އަތްއަޅައިގެން.

އެކަމާ ދެކޮޅަށް ޝުއޫރުފާޅުކުރުމުގެ ގޮތުން، ޖަރުމަނު ގައުމީ ޓީމުގެ ކުޅުންތެރިން، މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޓީމު ފޮޓޯ އަށް ހުއްޓުނުއިރު، ހުރި އަނގަމަތީގައި އަތްއަޅައިގެންނެވެ.

ގަތަރުގެ އުސޫލުތަކަށް ޖަރުމަނު ޓީމުން އިހުތިރާމް ނުކޮށް މި ގޮތަށް ކުޅުންތެރިން ލައްވައި ކަންތައް ކުރުމުން، ގިނަ ބަޔެއްގެ ފާޑުކިޔުން ޓީމަށް އަމާޒުވިއިރު، ޖަރުމަނުން ވަނީ ދެ ވަނަ މެޗުން ފެށިގެން، "ދެން ފޯކަސް އޮތީ ފުޓްބޯޅަ އަށް" ކަމަށް ބުނެ، އެހެން ކަންތައްތައް ނުކުރަން ނިންމައިފަ އެވެ.

ޖަރުމަނު ފުޓްބޯޅައިގެ ތަޖުރިބާކާރަކު، އެ ގައުމުގެ ކުޅިވަރު މީޑިއާ ބިލްޑް އަށް ދިން އިންޓަވިއުއެއްގައި ބުނީ، ފުޓްބޯޅައިން ބޭރުން ހުރި ކަމަކަށް ފޯކަސް ބަހައްޓައިގެން ފުރަތަމަ މެޗަށް ނުކުތުން އެއީ ޖަރުމަނުން ހެދި ގޯހެއް ކަމަށެވެ. އަދި ވޯލްޑް ކަޕް ފަދަ މުބާރާތެއްގައި ވާދަކުރާއިރު، އެ ގައުމެއްގެ ސަގާފަތަށް ބޯލަނބައިގެން ނޫނީ ކުރިއަށްދާން އުޅެފިނަމަ، "ނުރަނގަޅު ޕްރެޝަރުތަކެއް" ޓީމަށް އަންނާނެ ކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ފްލިކް ހުރީ ކުޅުންތެރިންގެ ދިފާއުގައި

ޖަރުމަނު ކެޓުމުން އެ ގައުމުގެ މީޑިއާ އާއި ކުރިން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން އަންނަނީ ޝުއޫރުފާޅުކޮށް، އެކި ޕްލެޓްފޯމްތަކުގައި ފާޑުކިޔަމުންނެވެ. އެ ގޮތުން ޖަރުމަނު ގައުމީ ޓީމާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ކުޅުންތެރިން ކަމަށްވާ ބަސްޓިއަން ޝްވައިންސްޓައިގާ އާއި ސެމީ ކެދީރާ ދެކޭގޮތުގައި، ޖަރުމަނު މި ފަހަރުގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ ޒިންމާ ކުޅުންތެރިން ވެސް ނަގަން ޖެހޭނެ އެވެ.

ޝްވައިންސްޓައިގާ ދެކޭގޮތުގައި ފްލިކްގެ ސިސްޓަމް މަސައްކަތްކުރާ ވަރަށް ކުޅުންތެރިންގެ "ވޯކް ރޭޓް" ނުފެނެ އެވެ. ކެދީރާ ބުނީ ޖަރުމަނުން ޒަމާނުއްސުރެ ދަނޑުމަތީގައި ދައްކަމުން އައި، ޓީމު ރޫހު މި ފަހަރު ނެތް ކަމަށާއި ކޮންމެ ވެސް ސަބަބަކާ ހުރެ ނަމަވެސް ކުޅުންތެރިން ޓީމު މޮޅުކޮށްދޭން އެ ބޭނުންވާ ކަންކަން ފުރިހަމަނުވީ ކަމަށެވެ.

ކެދީރާ އާއި ޝްވައިންސްޓައިގާގެ ވާހަކަތަކަށް އިޝާރާކޮށް، ފްލިކް ބުނީ ނާކާމިޔާބީގެ ޒިންމާ ނަގަނީ އޭނާ ކަމަށާއި ކުޅުންތެރިންގެ ބޮލުގައި ކަމެއް ނާޅުވާނެ ކަމަށެވެ. އެކަމަކު، މެޗުތަކުގައި ދެއްކި ކުޅުމަށް ބަލާއިރު، ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއް ވެސް އެބަހުރިކަން ފާހަގަކޮށް ފްލިކް ބުނީ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

މިއީ ޖަރުމަނު ފުޓްބޯޅަ އެހެން މިސްރާބަކަށް ގެންދަންވީ ވަގުތު

ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލިކަށް އަމާޒުވި ސުވާލަކީ ޖަރުމަނު، ގްރޫޕް ސްޓޭޖުން ކެޓިޔަސް މަގާމުގައި ދެމިހުންނާނެތޯ އެވެ. ޖަވާބުގައި ފްލިކް ބުނީ އޭނާގެ ވިސްނުމަކީ މިހާރު ވެސް ކޮންޓްރެކްޓްގައި ލިޔެވިފައި އޮތް ގޮތަށް 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް ޖަރުމަނުގައި މަސައްކަތް ކުރުމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ފްލިކް ހުރީ ފިޔަވަޅުތަކެއް އަޅަން ވިސްނައިގެންނެވެ.

ފްލިކް ބުނީ ވޯލްޑް ކަޕަށް ތައްޔާރުވާން ޖަރުމަނަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި މެޗުތަކުގައި ކޮންޓްރޯލް ނަގައިގެން ކުޅެން މަސައްކަތްކުރިއިރު، އިދިކޮޅު ޓީމުތަކުން ދިޔައީ ޖަރުމަނަށް ހެދޭ ކޮންމެ ގޯހެއްގެ ފައިދާ ނަގަމުން ކަމަށެވެ.

ކޮސްޓަ ރިކާ ކުޅުންތެރިއަކު ކައިރިން މުސިއާލާ (ކ) ބޯޅަ ހިފައިގެންދަނީ: މުސިއާލާ އަކީ ޔޫތު ލެވަލްގައި އިނގިރޭސި ޓީމުތަކަށް ކުޅުނު ކުޅުންތެރިއެއް.

ޖަރުމަނުން ދުރާލާ ވިސްނައިގެން 10 އަހަރު ތެރޭ ހާސިލްކުރެވޭނެ ކަންތައްތަކަށް ފޯކަސްކޮށް މަސައްކަތް ފަށައިގަންނަން ޖެހޭ ހިސާބަކީ މިއީ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

"ޖަރުމަނުގެ ފުޓްބޯޅައިގެ ބަދަލެއް ފަށަންވީ ހިސާބަކީ މިއީ. އަހަރެމެން ޓްރެއިނިން މި ގެންދާ ގޮތާއި ކުޅުންތެރިން ޑިވެލޮޕްކުރާ ގޮތް ވެސް ބަދަލު ގެންނަން ޖެހޭ ގޮތަށް އެކަން ކުރަން ޖެހޭ ވަގުތު މިއީ. އަހަރުތަކެއް ވަންދެން އަހަރެމެން މި ކިޔަނީ އާ ސްޓައިލެއްގެ ގޯލްކީޕަރުންނާއި ވިންގް ބެކުންގެ ވާހަަކަ، އަހަރެމެން ޖަރުމަނު ފުޓްބޯޅައިގައި ޔަގީނުން ވެސް އޮންނަ ކަމެއް އެއީ މޮޅަށް ޑިފެންސްކުރުން، އެކަން ނުވެ މިދަނީ،" ފްލިކް ބުންޏެވެ.

"އާ ޓްރެެއިނިންތަކުގެ ބޭސިކުން ފަށަންވީ، ސްޕެއިނުން މިހާރު އެ ދަނީ ރަނގަޅު މިސްރާބަށް ޑިފެންސްކޮށްގެން އެޓޭކްކުރަން ދަސްކުރާ ފުޓްބޯޅަ އެ ކުޅެނީ. އެކަން ޒުވާނުން އުމުރުން ވެސް އެ ޓްރެއިން ކުރަނީ. އަހަރެމެން ވެސް މޮޑެލެއް ބަލައިގެން ކުރިއަށް އޮތް 10 އަހަރަށް ވިސްނައިގެން، ހާއްސަ ޓްރެއިނިންއެއްގެ ތެރެއިން ކުޅުންތެރިން ޑިވެލޮޕްކުރަން ޖެހޭ، އެކަން މި ފެނިގެންދަނީ،"

ޖަރުމަނު ޓީމަށް މި ފަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި، 19 އަހަރުގެ ޖަމާލް މުސިއާލާ އަށް އިޝާރާތްކޮށް ފްލިކް ބުނީ، މުސިއާލާގެ މޮޅު ކުޅުމުގެ ކްރެޑިޓް ޖަރުމަނަށް ވުރެ ބޮޑަށް ހައްގުވަނީ އޭނާގެ ޑިވެލޮޕްމަންޓް މަރުހަލާ އަށް ކަމަށެވެ. އަދި މުސިއާލާ އަކީ އިންގްލެންޑްގެ އެކި އުމުރުފުރާ ގައުމީ ޓީމަކަށް ކުޅެފައިވާ ކުޅުންތެރިއެއް ކަމަށާއި ސީނިއާ ލެވަލްގައި ތަފާތު ފުޓްބޯޅައެއް ކުޅެވެނީ، ޑިވެލޮޕްވެފައި ހުރި އުސޫލުތައް ރަނގަޅުވުމުން ކަމަށް ފްލިކް ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox