ޖަރުމަންގެ އަމާޒަކީ 2018 ގެ ހިތި ހަނދާންތައް ފޮހެލުން

Nov 23, 2022, 7:24 AM
ޖަރުމަންގެ އަމާޒަކީ 2018 ގެ ހިތި ހަނދާންތައް ފޮހެލުން

ދޯހާ (ނޮވެމްބަރު 23) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިއަދު ޖަޕާނާ ދެކޮޅަށް ޖަރުމަން ނުކުންނައިރު، މި މުބާރާތުގައި ޖަރުމަންގެ އަމާޒަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމަށް ކުރިމަތިވި ލަދުވެތި ނާކާމިޔާބީގެ ހަނދާންތައް ފޮހެލައި، ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ޔޯސުއާ ކިމިޗް ބުނެފި އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ޖަރުމަން ކުރިމަތިލީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އެކަމަކު، ލަދުވެތި ގޮތަކަށް އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ޖަރުމަން ވަނީ ކަޓައިފަ އެވެ. މިއީ ވޯލްޑް ކަޕްގެ މުބާރާތެއްގެ ގުރޫޕް ސްޓޭޖުން ޖަރުމަން ކެޓި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަން މި އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ޖަޕާނާ ދެކޮޅަށް ނުކުންނައިރު، މީގެ ހަތަރު އަހަރާއި ބައިގެ ކުރިން ވޯލްޑް ކަޕްގައި ކުރި ހިތި ތަޖުރިބާ ޖަރުމަންގެ ކުޅުންތެރިންގެ ހިތުން ފިލައިގެންނުދާ ކަމަށް ކިމިޗް ބުންޏެވެ.

މިއަދު މެޗަށް ނުކުންނައިރު ޖަރުމަންގެ ކުޅުންތެރިން ތިބީ "ވަރަށް މޯޓިވޭޓް"ވެފައި ކަމަށް ކިމިޗް ގަބޫލުކުރެ އެވެ.

"މީގެ ހަތަރު އަހަރާއި ބައިގެ ކުރިން ވޯލްޑް ކަޕްގައި ލިބުނީ އަހަރަމެންނަށް ހީވެސްނުކުރާހާ ދަށް ނަތީޖާއެއް. އެ ހަނދާން ފިލުވަން ދިގު އިންތިޒާރެއް މިކުރީ،" ޖަރުމަންގެ ބަޔާން މިއުނިކަށް ކުޅެމުންދާ ކިމިޗް ބުންޏެވެ.

"މުބާރާތުގެ ފުރަތަމަ މެޗަކީ ވަރަށް މުހިންމު މެޗެއް. އެންމެ ފަހުން ކުޅުނު ޔޫރޯގައި ވެސް އަހަރަމެން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅެއް ނުވި. އަދި އެ މުބާރާތް ކާމިޔާބުކުރެވޭ ގޮތެއްވެސް ނުވި."

ޖަޕާންގެ ޓީމުގައި ޖަރުމަން ބުންޑަސްލީގާގާއި ކުޅޭ އަށް ކުޅުންތެރިން ހިމެނޭއިރު، އެ ޓީމު ބަލިކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ކިމިޗް ބުންޏެވެ.

ޖަޕާނާ ދެކޮޅަށް ޖަރުމަން ނުކުންނައިރު، އެ ޓީމުގެ ލެރޯއީ ސާނޭ އަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. ސާނޭ އަށް ލިބުނު އަނިޔާއަކާ ގުޅިގެން މި މެޗުގައި ނުކުޅެވުނަސް، ދެ ވަނަ މެޗަށް އޭނާ ފިޓުވާނެކަމުގެ އުންމީދު އެބައޮތް ކަމަށް ޖަރުމަންގެ ކޯޗު ހަންސީ ފްލިކް ވަނީ ބުނެފަ އެވެ.

ސާނޭގެ ބަދަލުގައި ޖަޕާނާ ދެކޮޅަށް ޖަރުމަންގެ ފުރަތަމަ 11 ގައި ކުޅޭނެކަމަށް ބެލެވެނީ ތަޖުރިބާކާރު ފޯވަޑް ތޯމަސް މުލާ އެވެ. މި ފަހަކަށް އައިސް މުލާގެ އިންޖަރީގެ މައްސަލަތައް ބޮޑުވިޔަސް، މި މެޗުގައި އޭނާ ބޭނުންކުރެވޭނެ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

މިއީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނުން އާ ކޯޗެއްގެ ބެލުމުގެ ދަށުން ވޯލްޑް ކަޕެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ޖަރުމަނުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނުކުތީ ޔާގެން ކްލިންސްމަންގެ ކޯޗުކަމުގަ އެވެ. އޭގެ ފަހުން 2010، 2014 އާއި 2018ގެ ވޯލްޑް ކަޕްގައި ކުޅުނީ ޔަކީމް ލޯގެ ކޯޗުކަމުގަ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދިއިރު، ލޯގެ އެސިސްޓަންޓަކަށް ހުރި ފްލިކް ޖަރުމަނު ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޔޫރޯ އަށް ފަހު އެވެ.

ޖަރުމަނާއި ޖަޕާން ކުޅޭ މެޗު ފަށާނީ މިއަދު އިރުއޮއްސި ހައެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox