ޕޯޗުގަލްގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ ނުފެނިދާނެ

Dec 2, 2022, 6:36 AM
ޕޯޗުގަލްގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ ނުފެނިދާނެ

ދޯހާ، ގަތަރު (ޑިސެމްބަރު 2) - ފީފާ ވޯލްޑް ކަޕްގެ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލް އިން ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗަށް ނެރޭ ފުރަަތަމަ އެގާރައިން ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ނުފެނިދާނެ ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ޕޯޗުގަލް ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފަ އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ގާނާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ދެކުނު ކޮރެއާ އާއި ހަތަރެއްގައި އޮތް އުރުގުއޭ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗަށް ޕޯޗުގަލް އިން ބޭއްވި ޓީމު ފަރިތަކުރުންތަކުގައި ރޮނާލްޑޯ، 37، ބައިވެރިނުވެ އެވެ. ރޮނާލްޑޯ، ޓްރެއިނިންތައް އިއްޔެ ކުރިއަށްގެންދިޔައީ، ޖިމްގަ އެވެ.

އެކަމާ ބެހޭގޮތުން ޕޯޗުގަލްގެ ކޯޗު ސަންޓޯސްއާ އަމާޒުވި ސުވާލުތަކަށް ޖަވާބު ދެމުން ބުނީ އެކި ކުޅުންތެރިންގެ ހާލަތަށް ބަލައި، ޓްރެއިނިން ތަފާތުވާނެ ކަމަށާއި އެކަމަކު، ޓީމު ޓްރެއިނިންގައި ބައިވެރިނުވާ ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނުން އުނދަގޫވާނެ ކަމަށެވެ.

"ހިނގާ ބަލަމާ، ރޮނާލްޑޯ ވަރަށް އަވަހަށް ޓީމާ އެކު ވެސް ޓްރެއިން ކުރާނެ. އެކަމަކު، އެއީ އެ ހާލަތަށް ތައްޔާރުނަމަ، މި ވަގުތަށް ބަލާއިރު، ރޮނާލްޑޯ ކުޅުމުގެ އޮތީ 50/50 ހާލަތެކޭ ވެސް ބުނެވިދާނެ،" ސަންޓޯސް ބުންޏެވެ.

"ރޮނާލްޑޯ ދެ މެޗުގައި ވެސް ބަދަލުކުރިން، ރޮނާލްޑޯ އަށް ނުކުޅެވޭނެ ހާލަތްތަކާ މެދު ވެސް މި އަންނަނީ ވިސްނަމުން. އެއްވެސް ކުޅުންތެރިއަކު ހުރިހާ ވަގުތެއްގައި ކުޅޭނެ ކަމުގެ ޔަގީންކަން ނުދެވޭނެ، ޕްލޭނެއް ނެތި ކުރިއަށް ވެސް ނުދެވޭނެ،"

އަނިޔާގެ މައްސަލަ ޕޯޗުގަލް ޓީމަށް ވަނީ ދިމާވެފަ އެވެ. އެ ގޮތުން ފަހަތަށް ކުޅޭ ޑަނީލޯ ޕެރޭރާ އާއި ނޫނޯ މެންޑޭޒް އަދި އޮޓާވިއޯ އަންނަނީ އަނިޔާ އަކަށް ފަރުވާ ހޯދަމުންނެވެ.

ޕޯޗުގަލް އިން ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅެފަ އެވެ. އެ ފަހަރު ގްރޫޕް ފަހު މެޗުގައި ކޮރެއާ އިން ވަނީ 1-0 އިން ޕޯޗުގަލް ބަލިކޮށްފަ އެވެ.

ކޮރެއާ ސަޕޯޓަރުންގެ ނުރުހުން ރޮނާލްޑޯ އަށް: ކީއްވެ؟

މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު، ޔުވެންޓަސް އިން އޭޝިއާގައި ޕްރީ ސީޒަން ޓުއާއެއް ކުރިއަށްގެންދިޔަ އެވެ. އެ ފަހަރު ދެކުނު ކޮރެއާގައި ކުޅުނު ހާއްސަ މެޗެއްގައި ޔުވެންޓަސް އަށް ރޮނާލްޑޯ ކުޅޭނެ ކަމަށް ބަލައި، ގިނަ ސަޕޯޓަރުން ވަނީ އެ މެޗުގެ ޓިކެޓް ގަނެފަ އެވެ.

ދެކުނު ކޮރެއާ އިން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ޔުވެންޓަސް ކުޅުނު އެ މެޗުގައި އެ ޓީމުގެ އޭރުގެ ތަރި ރޮނާލްޑޯ ނުކުޅޭތީ މެޗު ބަލަން ދިޔަ ދެކުނު ކޮރެއާގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށް މެޗުގެ ޓިކެޓްގެ ރިފަންޑަށް އެދުނެވެ. އެކަމަކު، ރިފަންޑް ނުލިބެ އެވެ. ސޯލް ވޯލްޑް ކަޕް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗު އެއްކޮށް ރޮނާލްޑޯ އިނީ ބެންޗުގަ އެވެ.

އެ މެޗު ބަލަން، ސްޓޭޑިއަމަށް ވަދެ ތިބި 60،000 ސަޕޯޓަރުން ރޮނާލްޑޯ ކުޅެން އަރުވަން އަޑުއުފުލި ނަމަވެސް ޔުވެންޓަސްގެ އޭރުގެ ކޯޗު މައުރީޒިއޯ ސާރީ އެ ފުރުސަތު ނުދެ އެވެ. ފަހުން މީޑިއާގައި އަޑު ފެތުރުނު ގޮތުގައި ރޮނާލްޑޯ އެ މެޗުގައި ކުޅެން ބޭނުންނުވީ ސްޕޮންސަރުންގެ މައްސަލަައަކާ ހެދި އެވެ.

ދެކުނު ކޮރެއާގެ ކޯޗަކަށް ހުރީ ކުރިން ޕޯޗުގަލް ގައުމީ ޓީމަށް ކުޅެ، އެ ޓީމަށް އިރުޝާދުދިން ޕައުލޯ ބެންޓޯ އެވެ.

ބެންޓޯ ބުނީ ޔުވެންޓަސްއާ އެކު ގޮސް، ދެކުނު ކޮރެއާގައި ރޮނާލްޑޯ އެ މެޗުގައި ނުކުޅުމުން އަދިވެސް ކޮރެއާގެ ބައެއް ސަޕޯޓަރުން ހިތްހަމަނުޖެހިފައި ހުރި ކަމަށެވެ.

ޕޯޗުގަލް އާއި ދެކުނު ކޮރެއާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox