2010 ގެ ހޭންޑްބޯލް: ގާނާގެ ކިބައިން ސުއަރޭޒް މާފަށް ނޭދޭނެ

Dec 2, 2022, 6:08 AM
2010 ގެ ހޭންޑްބޯލް: ގާނާގެ ކިބައިން ސުއަރޭޒް މާފަށް ނޭދޭނެ

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރުގެ ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އުރުގުއޭ އަތުން ގާނާ ކެޓި މެޗުގައި ހިނގާދިޔަ ކަންތައްތައް އަދިވެސް އެ ގައުމުގެ ސަޕޯޓަރުންގެ ހިތުގައި އެބައޮތެވެ. އެ މެޗު، 1-1 އިން އެއްވަރުވެފައި އޮއްވައި، އިތުރު ވަގުތުގެ ފަހު ހާފުގެ ވެސް ފަހު ވަގުުތު ގާނާ އަށް މެޗުން މޮޅުވާން ގޯލަށް ފޮނުވާލި ބޯޅަ ރޮނގުމަތިން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ އަތުން ބޯޅަ ޖައްސައި، ބޯޅަ ގޯލަށް ވަނުން ހުއްޓުވައިފަ އެވެ.

އެ ހޭންޑްބޯލް އަށް ސުއަރޭޒަށް ރަތް ކާޑެއް ދެއްކި އެވެ. މެޗުން މޮޅުވާން ގާނާ އިން ޖެހި ޕެނަލްޓީ އަސަމޮއޭ ޖިޔާން ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑީގައި ޖެހިފައި ބޭރަށެވެ. ސުއަރޭޒް ދަނޑުބޭރުގައި ހުރެ ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

އެ މެޗު ޕެނަލްޓީ އަށް ގޮސް، އުރުގުއޭ އަތުން ޕެނަލްޓީ ޖަހައިގެން 4-2 އިން ގާނާ ބަލިވިއިރު، އެ މެޗުގައި ސުއަރޭޒްގެ ހޭންޑްބޯލް އަށް ގިނަ ބަޔަކު ތައުރީފުކުރި އެވެ. އެކަމަކު، އެ މެޗަށް މިހާރު 12 އަހަރުވީއިރު ވެސް ގާނާގެ ފުޓްބޯޅަ ސަޕޯޓަރުންގެ ހިތުގައި ސުއަރޭޒަށް އޮތީ ނަފުރަތެވެ.

ސުއަރޭޒް އެ ބޯޅައިގައި އަތް ނުލި ނަމަ، ބޯޅަ ގޯލަށް ވަދެ، ގާނާ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް، ވޯލްޑް ކަޕެއްގެ ސެމީގައި ކުޅޭ އެފްރިކާގެ ފުރަތަމަ ޓީމުގެ ޝަރަފް ގާނާ އަށް ލިބޭނެ އެވެ. އެކަމަކު، އޭގެ ހުރަހަކަށްވީ ސުއަރޭޒް ކަމަށް ގާނާ ގިނަ ބަޔަކު އަދިވެސް ގަބޫލުކުރެ އެވެ.

2010 ވަނަ އަހަރުގެ ކުއާޓާ ފައިނަލް މެޗުގައި ގާނާ އިން ގޯލަށް ފޮނުވާލި ބޯޅައެއް ސުއަރޭޒް ރޮނގުމަތިން އަތުން ޖައްސަނީ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އުރުގުއޭ އާއި ގާނާ، ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗަށް ނުކުންނައިރު، މި މެޗުގެ ކުރިން އަނެއްކާ ވެސް ގާނާ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ މިއީ ސުއަރޭޒްގެ ކިބައިން ބަދަލުހިފަން ޖެހޭ މެޗެއް ކަމަށް ބުނަމުންނެވެ.

ސުއަރޭޒް ބުނީ 2010 ގެ މެޗުގައި އެ ހިނގައިދިޔަ ކަންކަމަށް މާފަށް އެދެން ޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"އަހަރެން ނުޖެހޭނެ މާފަށް އެދޭކަށް. އެއީ ގާނާ ކުުޅުންތެރިޔާ ޖެހޭނީ ޒިންމާވާން. އެއީ އަހަރެންގެ ހޭންޑްބޯލް އަށް ފަހު ޕެނަލްޓީ ނާކާމިޔާބުވީ އެ ކުޅުންތެރިޔާ އަތުން،" މިރޭގެ މެޗުގެ ކުރިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ސުއަރޭޒް ބުންޏެވެ.

"ކުޅުންތެރިއަކަށް ޓެކަލެއް ޖަހައިގެން، އެ ކުޅުންތެރިޔާ އަނިޔާވެގެން އަހަންނަށް ރަތް ކާޑެއް ދެއްކިނަމަ، ޔަގީނުން ވެސް އަހަރެން މާފަށް އެދޭނަން، އެކަމަކު، އެ ހޭންޑްބޯލް އަށް މާފަށް ނޭދޭނަން،"

މާފަށް އެދެން ނުޖެހޭ އަނެއް ސަބަބަކީ ޕެނަލްޓީ ޖެހީ އޭނާ އެއް ނޫން ކަމަށް ވެސް ސުއަރޭޒް ވަނީ ބުނެފަ އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ގާނާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ދެކުނު ކޮރެއާ އާއި ހަތަރެއްގައި އޮތް އުރުގުއޭ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މިރޭ އުރުުގުއޭއާ އެއްވަރުކޮށްލައިގެން ވެސް ގާނާ އަށް ގަދަ 16 ބުރަށް ދަތުރުކުރެވޭނެ އެވެ. މި މެޗުގައި އުރުގުއޭ ކަޓުވާލުމަކީ އެ ޓީމުގެ ހާއްސަ އަމާޒުކަމަށް ގާނާގެ ކޯޗު އޮޓޯ އައްޑޯ ވަނީ ބުނެފަ އެވެ.

ގާނާ އާއި އުރުގުއޭ ކުޅޭ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox