ޓިއުނީޝިއާ އިން ފްރާންސް ބަލިކޮށްފި، ޑެންމާކް އަތުން މޮޅުވެ އޮސްޓްރޭލިއާ ދެ ވަނަ ބުރަށް

Nov 30, 2022, 5:21 PM
ޓިއުނީޝިއާގެ ކަޒްރީ (ވ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޓިއުނީޝިއާގެ ކަޒްރީ (ވ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ނޮވެމްބަރު 30) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޓިއުނީޝިއާ އިން 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސް ބަލިކުރިއިރު، ޑެންމާކް އަތުން 1-0 އިން މޮޅުވެ، އޮސްޓްރޭލިއާ އިން 16 އަހަރަށް ފަހު ވޯލްޑް ކަޕްގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފި އެވެ.

ގްރޫޕް ޑީގެ މެޗުތައް ނިމުނުއިރު، އެއް ވަނަ ހޯދީ ހަ ޕޮއިންޓް ލިބުނު ފްރާންސް އެވެ. ދެ ވަނަ އަށް ދިޔަ އޮސްޓްރޭލިއާ އަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ޓިއުނީޝިއާ ނިންމާލީ ހަތަރު ޕޮއިންޓާ އެކު، ތިން ވަނައިގަ އެވެ. އެންމެ ފުލަށް ދިޔަ، ޑެންމާކަށް ލިބުނީ ޕޮއިންޓެކެވެ.

ފްރާންސް އިން މިރޭގެ މެޗަށް ނުކުތްއިރު ވެސް ގަދަ 16 ބުރުގެ ޖާގައެއް އޮތީ ޔަގީންވެފަ އެވެ. އެހެންވެ، އެ ޓީމުން ނުކުތީ ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. ޓިއުނީޝިއާ އަށް މި މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު ޖެހީ އެ ޓީމުގެ ތަރި ވަހްބީ ކަޒްރީ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ކަޒްރީ މި ލަނޑު ޖެހީ ފްރާންސްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގައި ނަތީޖާއެއް ހޯދަން ފްރާންސް އިން ވަނީ ބަދަލަކަށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ ކުޅުންތެރިން ކުޅެން އަރުވައިފަ އެވެ. އެ ގޮތުން ކީލިއަން އެމްބާޕޭ، ކުޅެން ނުކުމެ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެމްބާޕޭގެ ޝޮޓްތައް ހުއްޓުވުމުގައި ޓިއުނިޝީއާގެ ކީޕަރު އައިމަން ޑާމެން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފްރާންސް އިން މި މެޗުގައި ގޯލެއް ޖެހި އެވެ. އިތުރު ވަގުތުގެ ފަހު މިނިޓްގައި އެންޓޮއިން ގްރީޒްމަން ޖެހި ގޯލު ފުރަތަމަ ބަލައިގަތް ކަމަށް ބެލެވުނުއިރު، ފްރާންސް ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ނޫން ކަމަށެވެ. މެޗުން މޮޅުވުުމުގެ އުފާފާޅުކުރުންތަކެއް ޓިއުނީޝިއާ ކުޅުންތެރިން އެހާ ބޮޑަށް ނުބޭއްވީ އަނެއް ބުރުން ފުރުސަތު ނުލިބޭތީ އެވެ.

މިރޭގެ ނަތީޖާއާ އެކު ޓިއުނީޝިއާ އިން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ފްރާންްސް ބަލިކުރިއިރު، މިއީ ވޯލްޑް ކަޕްގައި ޓިއުނީޝިއާ އިން ހޯދި ތިން ވަނަ މޮޅެވެ.

އޮސްޓްރޭލިއާގެ ލެކީ ގޯލަށް ބޯޅަ ފޮނުވާލަނީ.

ގްރޫޕް ޑީގެ އަނެއް މެޗުގައި އޮސްޓްރޭލިއާ އިން މިރޭ ޑެންމާކްގެ މައްޗަށް ކުރި ހޯދިއިރު، މެޗުގެ ހަމައެކަނި ގޯލު ޖެހީ 60 ވަނަ މިނިޓްގައި މެތިއު ލެކީ އެވެ. ޑެންމާކް ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދައި، ލެކީ ވަނީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. މިއީ ލެކީ އޮސްޓްރޭލިއާ ގައުމީ ޓީމަށް ޖަހައިދިން 14 ވަނަ ގޯލެވެ.

ޑެންމާކުން ނަތީޖާ ހަމަހަމަ ކުރެވޭތޯ ކުރި ގިނަ މަސައްކަތްތައް ނާކާމިޔާބުވީ އޮސްޓްރޭލިއާގެ ގޯލުގައި ހުރި ކީޕަރު މެޓް ރަޔާންގެ ހުށިޔާރުކަމުންނެވެ. ޑެންމާކްގެ ގިނަ އެޓޭކްތައް ހުއްޓުވުމުގައި ރަޔާން އިސް ދައުރެއް އަދާކުރި އެެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ޑެންމާކް ވަނީ ގަދަ 16 ބުރުގައި ކުޅެފަ އެވެ. އަދި އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ވެސް ދަތުރުކުރި އެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގައި މޮޅެއް ނުލިބި މި ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

އޮސްޓްރޭލިއާ އިން އެންމެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅެފައިވަނީ 2006 ވަަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox