އެމެރިކާގެ ދެކުނަށް އެއް ފަހަރާ 20 ނަގޫރޯޅި އަރައިފި

އެމެރިކާއަށް އެރި ނަގޫރޯޅިއެއް. -- ފޮޓޯ: އޭޕީ

އެމެރިކާއަށް އެރި ނަގޫރޯޅިއެއް. -- ފޮޓޯ: އޭޕީ

ބުދަ ދުވަހު އެމެރިކާގެ ދެކުނަށް އެއް ފަހަރާ 20 ނަގޫރޯޅި އަރައި ގެތަކަށް ގެއްލުން ލިބި ކަރަންޓު ކެނޑުނު ކަމަށް ނޭޝަނަލް ވެދާ ސާވިސް (އެންޑަބްލިއުއެސް) އިން ބުނެފި އެވެ.

އެންޑަބްލިއުއެސްއިން ބުނީ ނަގޫރޯޅިތައް އެރީ މިސިސިޕީ، ލުއިޒިއާނާ އަދި އަލަބާމާ ސްޓޭޓަށް ކަމަށެވެ. ނަގޫރޯޅިތައް އެރުމުން މަގުތަކަށް ގެއްލުންވެ، ގަސްގަހާގެހި ވެއްޓި، ގެތަކުގެ ފުރާޅު އެއްލާލި އެވެ.

އެންޑަބްލިއުއެސްއިން ނެރުނު އިންޒާރެއްގައި ބުނީ އަލަބާމާއަށް އެރި އެއް ނަގޫރޯޅިއަކީ ފުރާނައަށް ނުރައްކާ ކުރިމަތި ކުރުވާނެ ފަދަ ބޮޑު، ބާރުގަދަ ނަގޫރޯޅިއެއް ކަމަށެވެ.

"ރޭގަނޑުގެ ވަގުތުގައި ނަގޫރޯޅި ހޯދައި ދެނެގަންނަން ވަރަށް އުނދަގޫވާނެ. ނަގޫރޯޅި ފެންނާނެ ކަމަށް ނުވަތަ އަޑު އިވޭނެ ކަމަށް ނުތިބެ، އަވަހަށް ރައްކާތެރި ތަނަކަށް ބަދަލުވޭ!" އިންޒާރުގައިވެ އެވެ.

ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި އޮކްލަހޯމާ، ޓެކްސަސް އަދި އާކަންސާ ސްޓޭޓަށް ނަަގޫރޯޅިތަކެއް އަރައި އެކަކު މަރުވި އެވެ.

ނަގޫރޯޅިއަކީ ވަރަށް ގިނައިން އެމެރިކާއަށް ކުރިމަތިވާ މޫސުމީ ކަމެކެވެ. އޭގެ ނުރައްކާ އެންމެ ބޮޑީ ކަންސަސް ސްޓޭޓުގެ ގްރޭޓް ޕްލެއިންސް ހުސް ބިމާއި، އޮކްލަހޯމާ އަދި ޓެކްސަސް ސްޓޭޓަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއް ފަހަރާ ގިނަ ނަގޫރޯޅިތަކެއް އަރައި ގިނަ ފަސް ސްޓޭޓަށް ގެއްލުން ލިބުނެވެ. އެގޮތުން ކެންޓަކީއިން 79 މީހުން މަރުވި އެވެ. ޓެނެސީ، އާކަންސާ، މިޒޫރީ އަދި އިލިނޮއި އިން ވެސް މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox