މެލޭޝިއާގެ 11.6 މިލިއަން މީހުންގެ ވަޓްސްއެޕް ޑޭޓާ ވިއްކަނީ

މެލޭޝިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ވަޓްސްއެޕް ޑޭޓާ ވިއްކާ މައްސަލައެއް ވެސް ފެންމަތިވެފައިވޭ. -- ފޮޓޯ: ބީބީސީ

މެލޭޝިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ވަޓްސްއެޕް ޑޭޓާ ވިއްކާ މައްސަލައެއް ވެސް ފެންމަތިވެފައިވޭ. -- ފޮޓޯ: ބީބީސީ

މެލޭޝިއާގެ 11.6 މިލިއަން މީހުންގެ ވަޓްސްއެޕް ޑޭޓާ އޮންލައިންކޮށް ވިއްކަމުން ދަނީ މީގެ އަހަރުތަކެއް ކުރިން ފޭސްބުކްއިން ލީކުވި ޑޭޓާ "ރީސައިކަލްކޮށްގެން" ކަމަށް ތަހުގީގަކުން ދައްކައިފި އެވެ.

ޔަޔަސަން ޑިޖިޓަލް މެލޭޝިއާ (ވައިޑީއެމް) ޖަމިއްޔާއިން ކުރި ތަހުގީގުން އެނގުނު ގޮތުގައި ވިއްކަމުންދާ ޑޭޓާ ނަގާފައި ވަނީ 2019 ވަނަ އަހަރު ފޭސްބުކްއިން ލީކުވި މައުލޫމާތުތަކުގެ ތެރެއިންނެވެ.

ވަޓްސްއެޕް ޑޭޓާ ވިއްކަން ފެށީ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ. އެކަމުގެ ފަހަތުގައިވާ ފަރާތުން ބުނީ ޑޭޓާބޭސްގައި 84 ގައުމެއްގެ 487 މިލިއަން މީހުންގެ ވަޓްސްއެޕް މައުލޫމާތު ހުންނާނެ ކަމަށެވެ.

Advertisement

ވައިޑީއެމްއިން ބުނީ ފޭސްބުކްގެ ޑޭޓާ ލީކް އާއި މިހާރު ވިއްކަަމުންދާ ޑޭޓާ އަޅާ ބަލާއިރު، އެއީ އެއް މައުލޫމާތުތަކެއްކަން ކަށަވަރު ކުރެވޭ ކަމަށެވެ.

ފޭސްބުކްގެ ޑޭޓާ ލީކުވި އިރު ފޭސްބުކް ޑިސްޕްލޭ ނަމާއި، ފޯނު ނަންބަރާއި، ޖިންސު، ގައުމު އަދި ވަޒީފާ ފަދަ މައުލޫމާތު ހާމަވި އެވެ. އެކަމަކު މިހާރު ވިއްކަމުންދާ މައުލޫމާތުގައި ހިމެނެނީ ފޯނު ނަންބަރު އެކަންޏެވެ.

ވަޓްސްއެޕް މައުލޫމާތުތައް އޮންލައިންކޮށް ވިއްކަމުން ދަނީ އެކި ގައުމުގައި އެކި އަގަށެވެ. އެގޮތުން މެލޭޝިއާގައި ވިއްކަމުން ދަނީ 2،500 ޑޮލަރަށެވެ.

ވަޓްސްއެޕް އާއި ފޭސްބުކް ހިންގާ ކުންފުނި މެޓައިން ބުނީ ވަޓްސްއެޕްއިން އެއްވެސް މައުލޫމާތެއް ލީކުވި ކަމުގެ ނިޝާނެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް 2019 ވަނަ އަހަރު ފޭސްބުކްގެ ޑޭޓާ ލީކުވުމުން މެޓަަ ކުންފުނި 265 މިލިއަން ޔޫރޯއިން ޖޫރިމަނާ ކުރި އެވެ. އެއީ ގިނަ ބައެއްގެ ޒާތީ މައުލޫމާތު ހިމާޔަތް ކުރުމުގައި ކުންފުނިން ފެއިލްވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox