ޗުއްޓީގައި ހުރި ބެންޒެމާއާ ބެހޭގޮތުން ވާހަކަ ދައްކަން ޑެޝޯމްޕްސް ބޭނުމެއް ނުވި

Nov 30, 2022, 2:12 AM
ޗުއްޓީގައި ހުރި ބެންޒެމާއާ ބެހޭގޮތުން ވާހަކަ ދައްކަން ޑެޝޯމްޕްސް ބޭނުމެއް ނުވި

ދޯހާ، ގަތަރު (ނޮވެމްބަރު 30) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި، އަނިޔާވި ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ، މި ވަގުތު ރިޔޫނިއަންގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، އޭނާ ފިޓްވެގެން މި ފަަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެތޯ ދެކެވޭ ވާުހަކަތަކަށް ސީދާ ޖަވާބެއް ދޭން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ދެކޮޅު ހަދައިފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މި ފަހަރު ހޯދި، ބެންޒެމާ، 34، އަށް މި ފަހަރުގެ ވޯލްޑް ކަޕް ނުކުޅެވޭނެކަން ޔަގީންވީ، ވޯލްޑް ކަޕް ފެށި ދުވަަހު ލިބުނު ބެންޒެމާގެ އަނިޔާގެ ތަފްސީލް ރިޕޯޓްތަކުންނެވެ.

އެ ގޮތުން، ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ބެންޒެމާ އަށް ޔަގީންވީ އެންމެ ފަހުން ހެދި އެމްއާރްއައިގެ ނަތީޖާ ރިޕޯޓްގައިވާ ގޮތުން އޭނާ އަށް ކުޅުމަށް އެންމެ އަވަހަަށް ވެސް އެނބުރި އާދެވޭނީ ތިން ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ލިޔެފައިވާތީ އެވެ.

އަނިޔާވި ނަމަވެސް ބެންޒެމާ، ފްރާންސްގެ 26 ކުޅުންތެރިންގެ ސްކޮޑުން އުނިކޮށްފައެއް ނުވެ އެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ވޯލްޑް ކަޕްގައި ބެންޒެމާގެ ކުޅުން ފެނުމުގެ ފުރުސަތު އަދި އެބައޮތެެވެ. ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބެންޒެމާ ޓީމުން އުނިނުކޮށް އޮތީ ވެސް އޭނާ އަށް ކުޅެވުމުގެ އުންމީދެއް އޮތުމުން ކަމަށް ބާރު ލިބޭ ގޮތަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

އެކަމަކު، ބެންޒެމާ ރިޔޫނިއަންގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އޭނާ އަލުން ވޯލްޑް ކަޕްގައި ކުޅޭނެތޯ އޮޅުންފިލުވަން ނޫސްވެރިން ވަނީ ޑެޝޯމްޕްސްގެ ގާތުގައި ސުވާލުކޮށްފަ އެވެ.

"ތި މީހުން ތިއުޅެނީ އަހަރެންގެ އަނގަ ތެރެއަށް އަތްބާނައިގެން ވިޔަސް، ކޮންމެ ވެސް ވާހަކައެއް ދައްކުވަން. ނޫނީ ކޮންމެ ވެސް ގޮތަކަށް ކޮންމެ ވެސް އެއްޗެއް ބުނުވަން. އަހަރެން ކަރީމް (ބެންޒެމާ)އާ ވާހަކަ ދެއްކިން، ޓީމުން ބާކީކުރި ފަހުން، އޭނަ އަނިޔާވީ ކިތަށް ދުވަހަށް ކަމެއް ތި މީހުންނަށް ވެސް އޮޅިފައެއް ނޯންނާނެ،" ޓިއުނީޝިއާއާ ދެކޮޅަށް މިރޭ ފްރާންސް އިން ކުޅޭ މެޗުގެ ކުރިން ޑެޝޯމްޕްސް ބުންޏެވެ.

"އަހަރެން ވާހަކަ ދައްކަން ބޭނުންވަނީ ސްކޮޑުގައި މި ތިބި 24 ކުޅުންތެރިންނާ ބެހޭގޮތުން. ދެން، ތި މީހުން ތި ކުރާ ސުވާލުތަކާއި ބަހުސްތަކަކީ އަހަރެން މި ތަނުގައި ދުވަހުން ދުވަހަށް މި ކުރަމުން އަންނަ މަސައްކަތްތަކަށް އެންމެ ބޭނުންތެރި ކަމެއް ނޫން،"

ރިޕޯޓްތައް ބުނާގޮތުން ބެންޒެމާގެ ބަދަލުގައި ފްރާންސް ސްކޮޑަށް ކުޅުންތެރިއަކު ނުނެގީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ލަފާގެ މަތިންނެވެ.

ފްރާންސާ ދެކޮޅަށް މިރޭ ކުޅޭ ޓިއުނީޝިއާ ޓީމުގައި ފްރާންސަށް އުފަން 10 ކުޅުންތެރިން ހިމެނެ އެވެ. ފްރާންސް އިން ގަދަ 16 ބުރުގެ ޖާގަ ޔަގީންކޮށްފައިވާއިރު، ޓިއުނީޝިއާ އަށް ނޮކައުޓް ބުރުގެ ޖާގައެއް ލިބެން އޮތީ ފްރާންސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޓިއުނީޝިއާ އަށް މިހާތަނަށް ފުޓްބޯޅަ މެޗަކުން ފްރާންސް ބަލިކުރެވިފައި ނުވާއިރު، ޓިއުނީޝިއާގެ ކޯޗު ޖަލީލް ހާދްރީ އެ ޓީމުގެ ކުޅުންތެރިންނަށް ވިސްނައިދެނީ ފުޓްބޯޅަ މެޗެއްގައި މަަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޯންނާނެ ކަމަށެވެ. އެހެންވެ، ހާދްރީ ހުރީ ފްރާންސް އަތުން މޮޅެއް ހޯދުމުގެ އުންމީދުގަ އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ޓިއުނީޝިއާ އާއި ފްރާންސް ކުޅޭ މެޗާއި ޑެންމާކް އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗު ފަށާނީ އަށެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox