އިޒްރޭލުން ބަޑި ޖަހައި ފަލަސްތީނުގެ އެއް އާއިލާއެއްގެ ދެބެއިން މަރާލައިފި

ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ

ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ

ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ އިތުރު ތިން މީހުން މަރާލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ރާމަﷲ ކައިރީގައި ބަޑި ޖަހައި އެއް އާއިލާއެއްގެ ދެބެއިން މަރާލި އެވެ. ތިން ވަނަ މީހާ މަރުވީ ހިބްރޫން ކައިރީގައި ބޮލަށް ބަޑި ޖެހުމުންނެވެ.

އިޒްރޭލް ސިފައިން ބުނީ ބަޑި ޖެހީ އެ ސަރަހައްދުތަކުގައި އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށް ގަލާއި ގޮވާ ޒާތުގެ ތަކެތި އުކުމުން ކަމަށެވެ.

ރާމަﷲ ކައިރިން މަރުވީ އުމުރުން 22 އަހަރުގެ ޖަވާދް އަބްދުލްރަހްމާން ރިމާވީ އާއި 21 އަހަރުގެ ދާފެރް އަބްދުލް ރަހްމާން ރިމާވީ އެވެ.

ހިބްރޫން ކައިރިން މަރުވި މީހާގެ ވަނަވަރު ނޭނގޭ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

އެއް އާއިލާއެއްގެ ދެބެއިން މަރާލުމާ ގުޅިގެން ފަލަސްތީނުގެ ސިވިލް އެފެއާޒް މިނިސްޓަރު ވިދާޅުވީ "އެއީ ގަސްދުގައި މީހުން މެރުމުގެ އަމަލެއް" ކަމަށެވެ.

ގާޒާގައި ވެރިކަން ކުރާ ހަމާސް ގްރޫޕުން ބުނީ އިޒްރޭލުން ހަމަލާތައް އިތުރު ކުރާ ނަމަ ރައްދުގައި ފަލަސްތީނު ރައްޔިތުން އަޅާ ފިޔަވަޅުތައް ވެސް އިތުރު ކުރާނެ ކަމަށެވެ.

މި އަހަރު ހުޅަނގު އައްސޭރީގައި އިޒްރޭލުން އޮޕަރޭޝަނެއް ނުހިންގާ ދުވަހެއް މަދެވެ. ކޮންމެ އޮޕަރޭޝަނެއްގެ ތެރެއިން ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދެ އެވެ.

އިޒްރޭލް ސިފައިން ބުނީ "އޮޕަރޭޝަން ބްރޭކް ދަ ވޭވް" ގެ ދަށުން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އދ. އިން ލަފާކުރާ ގޮތުގައި މި އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 125 މީހުން އެކި ހަމަލާތަކުގައި މަރުވި އެވެ. އިޒްރޭލުން ހުޅަނގު އައްސޭރި ހިފީ 1967 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox