ރޮނާލްޑޯ އަށް ސައުދީން 225 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް

Nov 27, 2022, 11:02 AM
ރޮނާލްޑޯ އަށް ސައުދީން 225 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް

ދޯހާ، ގަތަރު (ނޮވެމްބަރު 27) - މި ވަގުތު ކުލަބެއް ނެތިފައި ހުރި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސައުދީ އަރަބިއްޔާގެ ކުލަބަކުން ޖުމްލަ އެކު، 225 މިލިއަން ޑޮލަރު (186 މިލިއަން ޕައުންޑް)ގެ ކޮންޓްރެކްޓެއް ހުށަހަޅައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ގެންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ސައުދީ އަރަބިއްޔާގެ ކްލަބްތަކަކީ އަލް ހިލާލް އާއި އަލް ނަސްރު އެވެ.

މި ވަގުތު ޕޯޗުގަލް ގައުމީ ޓީމާ އެކު ވޯލްޑް ކަޕްގައި ކުޅެން ގަތަރުގައި ހުރި، ރޮނާލްޑޯ، 37، ކުލަބެއް ނެތިފައި ހުރީ އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމުންނެވެ.

ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގެ 24 ގަޑިއިރު ކުރިން ކޮންޓްރެކްޓް އުވާލިކަން އިއުލާންކުރިއިރު، އޭނާ އާއި ކުލަބާ ދެމެދު ވަނީ ގިނަ މައްސަލަތަކެއް ޖެހިފަ އެވެ. ވަކިން ހާއްސަކޮށް، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް، އޭނާ އަށް އިހުތިރާމް ކުޑަވާގޮތަށް އަމަލުކުރަމުން ދިޔަކަން ރޮނާލްޑޯ ފާހަގަކުރި އެވެ.

ސައުދީން ރޮނާލްޑޯ އަށް ހުށަހަޅާފައިވަނީ އޭނާ އަށް ޔުނައިޓެޑުގައި ލިބުނު މުސާރައަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. މިގޮތުން ހަފްތާއަކު އޭނާ އަށް 1.41 މިލިއަން ޑޮލަރު (1.19 މިލިއަން ޕައުންޑް)ގެ މުސާރައެއް ދޭން އެކުލަބުން އޮތީ ތައްޔާރަށެވެ. ޔުނައިޓެޑްގައި ރޮނާލްޑޯ އަށް ލިބެމުން އައީ ބޯނަހާ އެކު 700،000 ޑޮލަރު އެވެ.

ރޮނާލްޑޯ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭން އެ ކުލަބުން ތައްޔާާރަށް އޮތްއިރު، މި ކޮންޓްރެކްޓްގެ ދަށުން އޭނާ އަށް އަހަރަކު 74 މިލިއަން ޑޮލަރު (62 މިލިއަން ޕައުންޑް) ލިބޭނެ ކަމަށް ބެލެވެ އެވެ. އޭގެ އިތުރުން އިސްތިހާރު ބޯނަސްއާ އެކު، ސީޒަނަކަށް ޖެހޭ މިންވަރު 100 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ އެވެ.

ސައުދީގެ ޗެމްޕިއަންކަން މީގެ ކުރިން ނުވަ ފަހަރު ހޯދާފައިވާ އަލް ނަސްރް އިން މި ވަގުތު ރޮނާލްޑޯގެ އޭޖެންޓް، ޖޯޖް މެންޑޭޒްއާ ވާހަކަދައްކަމުން އަންނައިރު، ވޯލްޑް ކަޕްގެ މެޗުތައް ނިމުމާ އެކު ރޮނާލްޑޯ މިކަމާ ގުޅޭގޮތުން ވާހަކަދައްކާނެ ކަމަށް ބެލެވެ އެވެ.

އަންނަ ޖެނުއަރީ މަހު ސައުދީގެ ކްލަބަކަށް ރޮނާލްޑޯ ސޮއި ނުކުރިކަމުގައި ވިޔަސް ފަހުން ވެސް ރޮނާލްޑޯ ގެންނަން ސައުދީގެ ކްލަބްތަކުން ޝައުގުވެރިވެ އެވެ.

ރޮނާލްޑޯ ހޯދުމަށް ޔޫރަޕްގެ ކުލަބުތަކުން މި ވަގުތު ފަށާފައި ނުވި ނަމަވެސް އޭނާ އަކީ ކުރިއަށް އޮތް ޓްރާންސްފާގައި ޑިމާންޑް ބޮޑުވާނެ ކުޅުންތެރިއެއް ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox