މޮޅުވާން މަޖުބޫރު މެޗަށް ނުކުންނައިރު އާޖެންޓީނާގެ ކޯޗު ހުރީ އިތުބާރާ އެކު

Nov 26, 2022, 10:23 AM
މޮޅުވާން މަޖުބޫރު މެޗަށް ނުކުންނައިރު އާޖެންޓީނާގެ ކޯޗު ހުރީ އިތުބާރާ އެކު

ދޯހާ، ގަތަރު (ނޮވެމްބަރު 26) - މޮޅުވާން މަޖުބޫރު މެޗަށް ނުކުންނައިރު ސައުދީ އަރަބިއްޔާ އަތުން ވީ ބައްޔާ މެދު ނުވިސްނާ ކަމަށާއި، އެ ކަހަލަ ހިތްދަތި ބައްޔަކުން ފިލާވަޅު ނަގައިގެން ކުރިއަށްދާނެ ފެންވަރު އާޖެންޓީނާ ޓީމްގައި އެބަހުރި ކަމަށް ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސީގައި މިރޭ އާޖެންޓީނާ އާއި މެކްސިކޯ ވާދަކުރާއިރު ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އުއްމީދު ދަމަހައްޓަން މި މެޗުން މޮޅުވާން އާޖެންޓީނާ އަށް މަޖުބޫރެވެ. ފުރަތަމަ މެޗުގައި ސައުދީ އަތުން 2-1 އިން ބަލިވެފައި އޮތުމާއިއެކުމި ވަގުތު އާޖެންޓީނާ އޮތީ މި ގްރޫޕުގެ ފުލުގަ އެވެ.

މެކްސިކޯއާ ދެކޮޅަށް ނުކުންނަ މި މެޗާ ގުޅޭގޮތުން ކޯޗު ސްކަލޯނީ ބުނީ ވޯލްޑް ކަޕަކީ ފެންވަރުގެ ގޮތުން ބަލާއިރު ތަފާތު މުބާރާތެއް ކަމަށާއި، ކޮންމެ މެޗެއްގައި ވެސް ވަރުގަދަ ޓީމްތައް ކުޅެން ޖެހެނީ ޕްރެޝަރާ އެކު ކަމަށެވެ. ވަކިން ހާއްސަކޮށް މިފަހަރުގެ މުބާރާތުގައި ބޮޑެތި ޓީމްތަކާ ދެކޮޅަށް ކުޑަ ޓީމްތަކުން އާދަޔާ ހިލާފު ހިތްވަރެއް ނެރެމުން އަންނާތީ ކޮންމެ މެޗެއް ވެސް ކާމިޔާބު ކުރުމަކީ އުނދަގޫކަމެއް ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން، ބޭއްވި ކޮޕަ އެމެރިިކާގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން ސްކަލޯނީ ބުނީ ސައުދީ އަތުން ވި ބަލިން ގިނަ ފިލާވަޅުތަކެއް ލިބިއްޖެ ކަމަށާއި މުބާރާތުގެ ޕްރެޝަރާ އެކު މެކްސިކޯ އަތުން މޮޅުވެވޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

"އަހަރުމެން ފުރަތަމަ މެޗުގައި ބަލިވީ ހީކުރި ގޮތަކަށް ނޫން، އެކަމަކު އެކަން ނިމިއްޖެ. ދެން އޮތީ އާ މެޗެއް، އެ މެޗުން މޮޅުވާން މިހާރު އެންމެން ތިބީ ތައްޔާރުވެފައި. އާޖެންޓީނާގައި އެބަހުރި އަނބުރާ އަލުން ފޯމުގައި ކުޅެވޭނެ ފެންވަރު" ކޯޗު ސްކަލޯނީ ބުންޏެވެ.

އާޖެންޓީނާ އާއި މެކްސިކޯ ވަދާކުރާ މެޗަކީ މެކްސިކޯގެ ކޯޗު ޖެރާޑޯ މާޓީނޯ އަށް ހާއްސަ މެޗެކެވެ. އޭނާގެ އުފަން ގައުމު ކަމަށްވާ އާޖެންޓީނާއާ ދެކޮޅަށް މިރޭ ނުކުންނައިރު، މީގެ ކުރިން މެސީ ބާސެލޯނާ އަށް ކުޅުނުއިރު އެކުލަބަށާއި، 2014 އިން 2016 އަށް އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް އޭނާ އިރުޝާދު ދިނެވެ.

ބާސެލޯނާ އާއި އާޖެންޓީނާގެ ގައުމީ ޓީމަށް އިރުޝާދުދިންއިރު، މާޓީނޯ އަކީ މެސީގެ ފޭވަރިޓެކެވެ. އޭނާ އަށް އެ މަގާމު ދިނުމުގައި އޭރު މެސީގެ ނުފޫޒު އޮތްކަމަށް ވެސް ގިނަ ބަޔަކު އަޑު ފެތުރި އެވެ.

މިރޭގެ މެޗާ ގުޅޭގޮތުން މެކްސިކޯގެ ކޯޗު މާޓިނޯ ބުނީ އުފަން ގައުމާ ދެކޮޅަށް ކުޅުނަސް އޭނާގެ ޕްލޭނަށް ބަދަލެއް ނުގެންނާނެކަމަށާއި، މެކްސިކޯ އާއިއެކު ކާމިޔާބީ ހޯދޭނެކަމުގެ އިތުބާރު އެބައޮތްކަމަށެވެ.

"އާޖެންޓީނާ ކަޓުވާލަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. އަހަރެން އުފަންވި ފަސްގަނޑު އެނގޭ. އަހަރާއި އުފަންވި ތަންވެސް ބުނެދީފާނަން. އެކަމަކު މެކްސިކޯ މޮޅުކޮށްދޭން ކުރަން ޖެހުނު ކޮންމެކަމެއް އަހަރެން ކުރާނަން." 60 އަހަރުގެ މާޓީނޯ ބުންޏެވެ.

މާޓީނޯ ބުނީ މެސީ ހުއްޓުވުމަކީ ފަސޭހަކަމެއް ނޫންކަމަށާއ، ހަމައެކަނި އޮތް ގޮތަކީ މެސީ ދަށް ކުޅުމެއް ދައްކާ ދުވަހަކަށް އިންތިޒާރުކުރުންކަމަށެވެ. އެހެންކަމުން މިއަދު މެސީގެ ފަރާތުން އެދެވޭ ކުޅުމެއް ނުދެއްކިއްޖެނަމަ އޭނާގެ ޓީމަށް މިމެޗުން މޮޅުވުމުގެ ފުރުސަތު ބޮޑުވާނެކަމަށްވެސް މާޓީނޯ ބުންޏެވެ.

ނަވާރަ ސަތޭކަ ތިރީސް ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ފެށިގެން މިއަދާ ހަމައަށް އާޖެންޓީނާ އިން މެކްސިކޯއާ ދެކޮޅަށް 35 މެޗެއްވަނީ ކުޅެފަ އެވެ. އޭގެ ތެރެއިން 16 މެޗަކުން އާޖެންޓީނާ މޮޅުވިއިރު، 14 މެޗު ނިމުނީ އެއްވަރުވެގެންނެވެ. މެކްސިކޯ މޮޅުވީ ފަސް މެޗުންނެވެ.

އެންމެ ފަހުން ވޯލްޑް ކަޕްގައި މި ދެ ޓީމް ވާދަކުރި ދެ ފަހަރުވެސް އާޖެންޓީނާ ކުރި ހޯދާފައިވާއިރު، މެކްސިކޯ އަށް އާޖެންޓީނާ އަތުން އެންމެ ފަހުން މޮޅުވެވުނީ 2004ގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގަ އެވެ. އޭގެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވީ އާޖެންޓިނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox