ބޯޅައަށް ދީނީ ނަޒަރެއް

ބޯޅައަށް ދީނީ ނަޒަރެއް

ރުކާނާ ބިން ޔަޒީދު ކިޔާ މީހަކު މާތް ނަބިއްޔާގެ އަރިހަށް ކަންބަޅިބަކަރިތަކެއް ހިފައިގެން އައިސް ގުޅަމަތިހިފުމަށް ދައުވަތުދިނެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ރެސްލިން މެޗަކަށް ދައުވަތު ދިނެވެ. އެހިނދު މާތް ނަބިއްޔާ ތިމަންކަލޭގެފާނު މޮޅުވެއްޖެނަމަ އޭގެ ބަދަލަކީ ކޮބައިތޯ އޭނާއަށް ހަދީސް ކުރެއްވި އެވެ. އޭނާގެ ކަންބަޅި ބަކަރިތަކުން އެއްޗެއް ކަމުގައި އޭނާ ދެންނެވިއެވެ. ގުޅަމަތި ހިއްޕަވައި ރުކާނާ ބިން މައްޗަށް ވައްޓާލުމަށްފަހު އޭނާގެ އަތުން ބަކަރިއެއް ހޯއްދެވި އެވެ. އޭނާ އަދިއޭ ދެންނެވުމުން ދެވަނަ ފަހަރަށްވެސް އޭނާ ބަލިކުރެއްވި އެވެ. މިގޮތުގައި ތަކުރާރުވި ކޮންމެ ފަހަރަކު މާތް ނަބިއްޔާއަށް އޭނާ ބަކަރިއެއް ދެއްވަ އެވެ. އެއަށް ފަހު އޭނާ ދެންނެވިއެވެ. އޭ މުޙައްމަދެވެ! -ޞައްލަﷲ ޢަލައިހިވަސައްލަމް- ދުވަހަކު ވެސް ތިމަންނާގެ އަރިކަށި ބިންމަތީގައި ޖެއްސުމަކީ މީހަކަށް ކުރެވުނު ކަމެއް ނޫނެވެ. ހަމަ ޔަގީނުންވެސް ތިމަންނާއާ ގުޅަމަތި ހިއްޕަވަނީ ކަލޭގެފާނެއް ނޫނެވެ. މިހެން ބުނުމަށް ފަހު އޭނާ އިސްލާމްވުމުން، އޭނާގެ އަތުން ލިބުނު ބަކަރިތައް މާތް ނަބިއްޔާ އޭނާއަށް ރައްދުކުރެއްވި އެވެ.

ހަށިގަނޑުގެ ބާރު ބޭނުންކުރެވޭ ކުޅިވަރުތަކަށް ނަބަވީ އިރުޝާދުން ދައްކައިދީފައިވާ އަމަލީ މިސާލެކެވެ. ބަދަލަކީ ކޮބައިތޯ ދަންނަވައި ބަކަރިތައް ހޯއްދެވުމަށްފަހު އަނބުރާ ރައްދުކުރެއްވުމުން، ބަދަލެއް ލިބޭނޭތޯ އެއްސެވީ ކުޅިވަރުގެ މަޖަލާއި ސަމާސާގެ ނަމޫނާ ދައްކަވަމުންކަން ހާމަވެ އެވެ. މިކުޅިވަރުގައި ބައިވެރިވީ މާތް ނަބިއްޔާއާއި ރުކާނާ އެވެ.

ޓީމުތަކުގެ މެދުގައި ބޭއްވުނު މުބާރާތާ ބެހޭ ގޮތުންވެސް ވިދާޅުވާށެވެ! އަސްލަމް ވަންހައިގެ ބަޔަކާއެކު މާތް ނަބިއްޔާ ދުނިޖެއްސެވުމުގައި ވާދަކުރެއްވި އެވެ. ދެޓީމުންކުރެ އެއްޓީމަށް ނިސްބަތްކޮށް ތިމަންކަލޭގެފާނު މިހުރީ މިބައިގައި ކަމަށް ހަދީސް ކުރެއްވި އެވެ. އަނެއް ޓީމުގެ މީހުން ދުނި އުކުމުން މަނާވެގަތުމުން މާތް ނަބިއްޔާ ހަދީސް ކުރެއްވި އެވެ. ތިޔަބައިމީހުން ދުނި ނުއުކަނީ ކީއްވެ ހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. ކަލޭގެފާނު އެޓީމާއެކުގައިވަނިކޮށް ތިމަންމެން ދުނިއުކާނީ ކޮންފަދައަކުން ހެއްޔެވެ؟ އެހިނދު ހަދީސް ކުރެއްވި އެވެ. ތިމަންކަލޭގެފާނު މިހުރީ ތިޔަބައި މީހުން އެންމެންނާއެކުގަ އެވެ.

މުބާރާތްތަކުގައި ބައިވެރިވުމާއި ކުޅިވަރުގައި އެކަކު އަނެކަކަށް ވާދަކުރުމަކީ އޮތް ކަމެއްކަން މި ނަބަވީ ހާދިސާއިން ސާފުކޮށް ދަލީލު ލިބެ އެވެ. މިފަދަ ކިތަންމެ ރިވާޔަތެކެވެ. މަދީނާގެ ރައްބޭރަށް އަދާވާތްތެރިންތަކެއް އައި ހަބަރު ލިބިވަޑައިގެން މާތް ނަބިއްޔާ ސަވާރީކޮޅުގައި އެދިމާއަށް ނުކުންނެވި އެވެ. މާތް ޞަޙާބީ އަބޫޤަތާދާ އެކަލޭގެފާނުގެ ފަހަތްޅުން ސަވާރީގައި ވަޑައިގަތެވެ. އަދި އެހެން ބޭކަލުންވެސް ނުކުންނެވިއެވެ. އެކަމަކު އަދާވާތްތެރިން ފިލައި ރައްކާވީ އެވެ. އެހިނދު އަބޫޤަތާދާ މާތް ނަބިއްޔާއަށް އަސް ރޭހެއް ޖެހުމާމެދު ހިޔާލުފުޅަކީ ކޮބައިތޯ އެއްސެވިއެވެ. އެހިނދު ރޭސް ޖެއްސުވުމަށް އަންގަވައި އެކަމުގައި ބައިވެރިވެވަޑައިގަތެވެ.

ސޫދާނުގެ ބަޔަކު އީދު ދުވަހުގައި ހެވިކަމުގެ ކުޅިވަރުތަކެއް ކުޅޭތަން ފެނިވަޑައިގަތްހިނދު އެމަންޒަރު ބެލުމަށް ޝައުގުވެރިވޭތޯ އުންމުލްމުއިމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން މާތް ނަބިއްޔާ ސުވާލުކުރެއްވި އެވެ. އެއަށްފަހު އިތުރު މާތް ނަބިއްޔާގެ ކޮނޑުފުޅުމަތީގައި އެކަމަނާގެ ދަތްދޮޅިޖެހޭނޭ ގޮތުން ފަހަތުން އެކަމަނާ އުފުއްލަވައި އެމަންޒަރުތައް ދައްކަވަމުން ގެންދެވި އެވެ. އުމަރުގެފާނު އެބައިމީހުންނާ ދިމާއަށް ހިލައުއްކަވައި ޖެއްސުންކުރައްވަން އުޅުއްވުމުން މާތް ނަބިއްޔާ އެކަން މަނާވެސް ކުރެއްވީ އެވެ.

މިފަދަ އެތައް ރިވާޔަތަކުން ކުޅިވަރުކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުމާއި އެ މުބާރާތްތަކުގައި ބައިވެރިވުމާއި މަންޒަރު ބެލުމާއި އެކަމުން ހިތްހަމަޖެހުން ލިބިގަތުމަކީ ނަބަވީ ސުންނަތުން އިރުޝާދު އައިސްފައިވާ ކަމެއްކަމުގައި ދަންނަވަންޖެހެއެވެ.

މުޅި ދުނިޔެއަށް ވޯލްޑްކަޕްގެ އީދު އައިސްފައިވާ މިދަނޑިވަޅުގައި އަޅުގަނޑުގެ އަމާޒަކީ ކުޅިވަރާމެދު ދީނީ ވިސްނުމަކުން ވިސްނާލަން ބޭނުންވާ ބޭފުޅަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލާދިނުމެވެ.

އަލްޢައްލާމާ ޑރ ޔޫސުފުލް ޤަރަޟާވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"އިހުގެ ޒަމާންތަކުގެ ފިޤުހުވެރިން ނުވަތަ އެޒަމާންތަކުގައި އަލަށް އުފެދުނު ކަންކަމުގެ ތެރޭގައި ހިމެނިފައިނުވާ މިޒަމާނުގައި މަޝްހޫރު ބައެއް ކުޅިވަރުތަކުގެ ތެރޭގައި ބޯޅައިން ކުޅެވޭ ކުޅިވަރުތައް ހިމެނެއެވެ. އެއީ އެޔާމެދު މީސްތަކުން އަންތަރީސްވެ އެކަމަށްޓަކައި ސިކުނޑިތައް ހުސްވާ، ލޯތަކަށް ޖާދޫޖެހި ވަގުތާއި ފިކުރު ބޮޑުތަނުން މަޝްޣޫލުވެގެންދާ ކަމެއްކަމުގައިވެފައިވެ އެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއް ކުޅިވަރަކީ ފުޓްބޯޅަ އެވެ." މިހެން ވިދާޅުވުމަށް ފަހު ފުޓްބޯޅައިގެ ޙުކުމް ބަޔާންކުރައްވާ ވިދާޅުވެފައިވެއެވެ.

ފުޓްބޯޅަ ކުޅުމަކީ ޝަރުއީ ގޮތުން މަނައެއް އޮތްކަމެއް ނޫނެވެ. ޝަރުއީ ގޮތުން ހުއްދަ ނޫން ކަމެއް އެކަމުގައި އެކުލެވިފައި ނުވާހިނދުގަ އެވެ. އެކަމަކު އަންނަވި ކަންކަމަށް ރިއާޔަތްކުރަންވާނެ އެވެ.

ފުރަތަމަ ކަމަކީ، އެ ކުޅިވަރު ކުޅޭ މީހާ ނަމާދު ފަދަ ދީނީ ވާޖިބެއް އެކަމުގެ ސަބަބުން ގެއްލުވާނުލުމެވެ. އަދި ކިޔަވާ ކުއްޖަކު ފިލާވަޅު ދަސްކުރުން ފަދަ ދުނިޔަވީ ވާޖިބެއްވެސް އެކަމުގެ ސަބަބުން ގެއްލުވާ ނުލުމެވެ. އަދި ދިރިއުޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އެކުޅިވަރާހެދި ދޫކޮށްނުލުމާއި އަދި މުވައްޒަފުން އެމީހުންގެ ވަޒީފާތަކާމެދު އިހުމާލުނުވުމެވެ.

ދެވަނަ ކަމަކީ، މިކުޅިވަރުގެ އަހުލުވެރިންގެ މެދުގައި އެއްބަސްވެވިފައިވާ މިކުޅިވަރުގެ ގަވާއިދުތަކަށް ފުރިހަމައަށް އިހުތިރާމުކުރުމެވެ. ތިންވަނަ ކަމަކީ، އިދިކޮޅު ޓީމާމެދު ހަރުކަށިކަން ބޭނުންނުކުރުމެވެ. ﷲ ލޯބިވެވޮޑިގެންވަނީ އޯގާތެރިކަމާއި މަޑުމޮޅިކަމަށެވެ. ހަތަރުވަނަ ކަމަކީ ރެފްރީއެއްގެ ގޮތުގައި މަސައްކަތްކުރާނަމަ އެއްވެސް އަތަކަށް ނުޖެހި އަދުލުވެރިއަކުކަމުގައިވުމެވެ.

މިގޮތަށް ވިދާޅުވުމަށްފަހު ވިދާޅުވަނީ، ފުޓްބޯޅައެކޭ އެއްފަދައިން ނެޓްބޯޅަ، ބާސްކެޓްބޯޅަ ޓެނިސް މިފަދަ ހުރިހާ ކުޅިވަރަކަށް ވެސް އޮތީ މިފަދައިންކަމަށެވެ. އެއަށްފަހު ވަރަށް މުހިންމު ކަމެއް ހަނދާންކޮށްދެއްވަ އެވެ. ކުޅިވަރުގައި އަސްލަކީ ހުއްދަވުންކަމާއި އެހެންނަމަވެސް އެކަން އެހެން އޮންނާނީ ހައްދުފަހަނައަޅާ ނުދާހާ ހިނދަކުގައިކަމެވެ.

ވިދާޅުވެފައިވެއެވެ. "ކޮންމެ ހުއްދަ ކަމެއް ގުޅިފައިވަނީ އެކަމަކުން އިސްރާފުނުކުރުމުގެ ޝަރުތާ އެވެ. އެކަމަކުން އިސްރާފުކުރުމާ ހަމައަށް ދެވިއްޖެނަމަ އެކަމެއް ހަރާންކަމަކަށް ބަދަލުވެގެންދެއެވެ. ކިއެއްހެއްޔެވެ؟ އަޅުކަންކުރުމުގައި ވެސް ހައްދުފަހަނައެޅުން ދީން ވަނީ މަނާކުރައްވާފަ އެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox