ރޮނާލްޑޯގެ ރެކޯޑް ގޯލާ އެކު ޕޯޗުގަލް އިން ގާނާ ބަލިކޮށްފި

Nov 24, 2022, 6:17 PM
ގާނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.

ގާނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ނޮވެމްބަރު 24) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ރެކޯޑް ގޯލާ އެކު، ޕޯޗުގަލް އިން މިރޭ 3-2 އިން ގާނާ ބަލިކޮށްފި އެވެ.

މި މެޗުގައި ރޮނާލްޑޯ، 37، ޖެހި ޕެނަލްޓީއާ އެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ތަފާތު ފަސް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަަމަ ކުޅުންތެރިޔާ އަށެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ އިތުރުން، ރޮނާލްޑޯ ލަނޑު ޖަހާފައިވަނީ ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި މުބާރާތާއި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގެ އިތުރުން، 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ.

ސްޓޭޑިއަމް 974 ގައި މިރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ޕޯޗުގަލް އިން ލީޑުނެގީ ރޮނާލްޑޯ، މެޗުގެ 65 ވަނަ މިނިޓްގައި ޖެހި ޕެނަލްޓީންނެވެ. މިއީ ރޮނާލްޑޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޕޯޗުގަލްގެ އޮޓާވިއޯ (ކ) ކައިރިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ގާނާގެ ކެޕްޓަން އަޔޫ ވެއްޓެނީ.---

ގާނާ އިން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ 73 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭރިއާތެރެއިން، ގާނާގެ މުހައްމަދު ކުޑޫސް ހުރަސްކޮށްލި ބޯޅަ ޕޯޗުގަލްގެ ޑަނީލޯ ފެރޭރާ ފައިގައި ޖެހިފައި ގޯލު ކުރިމައްޗަށް އައި ވަގުތު އަޔޫ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ޕޯޗުގަލް އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިިދިނީ މެޗުގެ 78 ވަނަ މިނިޓްގައި ޔާއޯ ފެލިކްސް އެވެ. މިއީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން އޭރިއާތެރެއިން ފެލިކްސް ޖެހި މޮޅު ގޯލެކެވެ. އޭގެ ދެ މިނިޓް ފަހުން، ކައުންޓަ އެޓޭކްގައި ޕޯޗުގަލްގެ ތިން ވަނަ ގޯލު ޖެހީ ރަފައެލް ލެއާއޯ އެވެ. ބަދަލަކަށް ކުޅެން އެރިތާ، މާގިނައިރެއްނުވެ، ލެއާއޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ގާނާ އިން ވަނީ މެޗުގެ 89 ވަނަ މިނިޓްގައި އޮސްމާން ބުކާރީ ޖެހި ގޯލުން އުންމީދެއް ހޯދައިފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓްގެ އިތުރުން ކުޅުނު ވަގުތުގެ ތެރޭގައި ގާނާ އަށް އިތުރު ގޯލެއް ޖަހައި، އެއްވަރުކުރަން ވެސް ފުރުސަތު ލިބުނެވެ. ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ހެދި ގޯހެއްގެ ފައިދާ ނަގައި ގާނާގެ އިނާކީ ވިލިއަމްސް އަށް ގޯލަށް ބޯޅަ ފޮނުވާނުލެވުނީ އޭނާ ވެއްޓުނީމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox