ރީޖަނަލް އެއާޕޯޓުތަކުގެ އެއް ފައިނޭންސަރަކަށް މުނި އެންޓަޕްރައިސް

Nov 23, 2022, 1:49 PM
ފައިނޭންސިން އެގްރިމެންޓުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: މުނިއަކީ 1983 ވަނަ އަހަރު މާލޭގައި އުފެދުނު ވިޔަފާރިއެއް -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ފައިނޭންސިން އެގްރިމެންޓުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: މުނިއަކީ 1983 ވަނަ އަހަރު މާލޭގައި އުފެދުނު ވިޔަފާރިއެއް -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ރާއްޖޭގެ ހަ ސަރަހައްދެއްގައި އަޅާ ރީޖަނަލް އެއާޕޯޓުތަކަށް ފައިނޭންސް ކުރާނެ އަމިއްލަ އެއް ކުންފުނީގެ ގޮތުގައި މުނި އެންޓަޕްރައިސް ކަނޑައަޅައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މުނި އެންޓަޕްރައިސްއާއެކު ފައިނޭންސިން އެއްބަސްވުމަކަށް ދިޔައީ އެއާޕޯޓުތަކަށް ފައިނޭންސް ކުރާނެ ނުވަތަ އެއާޕޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އިއުލާނު ކުރުމަށްފަހު ކަމަށެވެ.

މުނިއަކީ ރީޓެއިލް ވިޔަފާރި ކުރާ ފިހާރައެއްގައި ގޮތުގައި 1983 ވަނަ އަހަރު ވުޖޫދަށް އައި ކުންފުންޏެކެވެ. މުނީގެ ބޮޑު ދެތިން ފިހާރައެއް މިހާރު ވެސް މާލޭގައި ހިންގަ އެވެ. އޭގެ އިތުރުން، އެ ކުންފުނިން ދަނީ 1975 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ސަފާރީ ދުއްވަމުންނެވެ. އަދި މީގެ ފަސް އަހަރު ކުރިން 2017 ގައި ފުށިފަރުގެ ނަމުގައި ރިސޯޓެއް ވެސް ވަނީ ހުޅުވައިފަ އެވެ.

މި ސަރުކާރުގެ ޕްލޭނަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ފަސޭހައިން ދަތުރު ކުރެވޭނެ ގޮތަށް އެއާޕޯޓުތައް ގާއިމް ކުރުމެވެ. އެގޮތުން ކޮންމެ ހއ. ހަނިމާދޫ ހިމެނޭ ގޮތަށް ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ދަނީ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox