އިތުރު ވަގުތު ގިނަވާ މައްސަލައިގައި ކޮލީނާގެ ޖަވާބު ވަރަށް ސާފު

Nov 23, 2022, 9:48 AM
ފީފާގެ ރެފްރީސް ޗީފް ކުރީގެ އެއް ވަނަ ރެފްރީ ޕިއެރްލުއީޖީ ކޮލީނާ

ފީފާގެ ރެފްރީސް ޗީފް ކުރީގެ އެއް ވަނަ ރެފްރީ ޕިއެރްލުއީޖީ ކޮލީނާ

ދޯހާ، ގަތަރު (ނޮވެމްބަރު 23) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މެޗުތަކުގައި އިތުރު ވަގުތު ގިނައިން ކުޅުވާތީ ގިނަ ފުޓްބޯޅަ ސަޕޯޓަރުންނާއި އެނަލިސްޓުންގެ މެދުގައި އެ ވާހަަކަ ވަނީ ބަހުސަކަށް ވެފަ އެވެ.

އެކަމަކު، މި ފަހަރުގެ މުބާރާތް ފެށުމުގެ ކުރިން، ރެފްރީންނަށް ބޭއްވި ސެޝަނަށް ފަހު، ފީފާގެ ރެފްރީސް ކޮމިޓީގެ ޗެއާމަން، ކުރީގެ މަޝްހޫރު ރެފްރީ، ޕިއެރްލުއީޖީ ކޮލީނާ ވަނީ މުބާރާތް ފެށުމުގެ ކުރިން އެކަން ވަރަށް ރަނގަޅަށް ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދީފަ އެވެ.

ފީފާ އިން މި ފަހަރު ނިންމާފައިވަނީ ހަތަރު ވަނަ ރެފްރީގެ ޒިންމާ ބޮޑުކޮށް މެޗުގައި ގެއްލިގެންދާ ވަގުތަށް ސަމާލުވާން އަންގައިފަ އެވެ. އެގޮތުން އަނިޔާ އާއި ކުޅުންތެރިން ބަދަލުކުރުމާއި ރަތް ކާޑާއި ރީނދޫ ކާޑު ދައްކަން އެ ނަގާ ވަގުތާއި ލީޑުގައި އޮންނަ ޓީމެއް ނޫނީ މެޗުގައި ވަކި ނަތީޖާއެއް ނެރެން މަސައްކަތްކުރުމުގެ ގޮތުން ވަގުތު ބޭކާރުކުރަން ކުރާ ކަންކަމާއި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުމަށް އެ ހޭދަވާ ވަގުުތުތަކަށް ވެސް ހަތަރު ވަނަ ރެފްރީ ބަލަން އަންގައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑާއި އިރާން ކުޅުނު މެޗުގައި އިތުރު ވަގުތުގެ ގޮތުގައި ފުރަތަމަ ހާފުގައި 14 މިނިޓް ދައްކާފައިވޭ.

އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު މެޗުގެ ރެފްރީގެ ލަފާގެ މަތިން ކޮންމެ ހާފެއްގެ އިތުރަށް ކުޅެން ޖެހޭ ވަގުތު ފައިނަލް ކުރާނެ އެވެ.

"ރަޝިއާގައި އަހަރެމެން (ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި)، މަސައްކަތް ކުރިން މެޗުތަކުގައި ވަރަށް ރަނގަޅަށް އިތުރު ވަގުތު ކުޅުވަން އެހެންވެ، ތި މީހުންނަށް ފެންނާނެ ހައެއް ނޫނީ ހަތެއް ނޫނީ އަށް މިނިޓް ވިޔަސް އިތުރަށް ކުޅުވާތަން،" މުބާރާތް ފެށުމުގެ ކުރިން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮލީނާ ބުންޏެވެ.

"ވިސްނާލަން ޖެހޭ ކަމެއް އެއީ، މިސާލަކަށް ފުރަތަމަ ހާފުގައި އެކަނި ވެސް ތިން ގޯލު ޖަހާ ޓީމެއް ގޯލު ޖެހުމަށް ފަހު އެ އުފާފާޅުކުރުމުގައި އެ ހޭދަވާ ވަގުތުގައި ވެސް އަލުން މެޗު ފެށުމާ ހަމައަށް ހަތަރެއް ނޫނީ ފަސް ވަރަކަށް މިނިޓް ގެއްލިދާނެ،"

ކޮލީނާ ބުނީ ސީޒަނެއްގެ މެދުތެރެއިން ކުޅޭ ވޯލްޑް ކަޕެއްގައި ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު، އިތުރު ވަގުތު ގިނައިން ކުޅެން ޖެހުމުގެ ޝަކުވާ އަންނާނެކަން އެނގޭ ކަމަށެވެ.

އެކަމަކު، މިއީ ފުޓްބޯޅަ އަށް އެކިއެކި ޓެކްނޮލޮޖީ ގެނައިއިރު ވެސް ވާހަކަ ދެކެވުނު ކަންކަން ކަމަށާއި ކޮންމެ ކަމަކަށް ވެސް ހޭނެން ވަގުތު ނަގާނެ ކަމަށް ކޮލީނާ ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑުން އިރާންގެ މައްޗަށް 6-2 އިން ކުރިހޯދި މެޗުގައި ޖުމްލަ އެކު ދެ ހާފުގައި 30 މިނިޓާ ގާތްކުރާ ވަރަށް އިތުރު ވަގުތު ކުޅުނެވެ. އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ އިތުރު ވަގުތު ގިނަ ވުމުން އެ ޝަކުވާކޮށްފަ އެވެ. އަދި މީގެ ކުރިން ވޯލްޑް ކަޕްގައި ބެލްޖިއަމަށް ކޯޗުކޮށްދިން މާކް ވިލްމޮޓްސް ބުނީ އިތުރު ވަގުތު ގިނައިން ކުޅުވައިގެން ފީފާއިން ކުޅުންތެރިންނަށް ދެނީ ގެއްލުމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox