އިންޓަވިއުގެ ދިފާއުގައި ރޮނާލްޑޯ: "ބޭނުން ވާހަކައެއް ދެއްކޭނެ"

Nov 21, 2022, 9:54 AM
އިންޓަވިއުގެ ދިފާއުގައި ރޮނާލްޑޯ: "ބޭނުން ވާހަކައެއް ދެއްކޭނެ"

ދޯހާ، ގަތަރު (ނޮވެމްބަރު 21) - ޓޯކް ޓީވީން ދެއްކި ޕިއާސް މޯގަންގެ އަންސެންސާޑް ޝޯގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، މެންޗެސްޓާ ޔުނައިޓެޑަށް ވަރަށް ބޮޑަށް ފާޑުކީ މައްސަލަ ހޫނުވެ، އެ ކްލަބުން އޭނާއާ މެދު ފިޔަވަޅު އަޅަން ވެސް ނިންމާފައިވާއިރު، އެ އިންޓަވިއު ދިފާއުކޮށް ރޮނާލްޑޯ ވާހަކަ ދައްކައިފި އެވެ.

މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ޓޯކް ޓީވީން ދެއްކި ޕިއާސް މޯގަންގެ އަންސެންސާޑް ޝޯގައި، ރޮނާލްޑޯ، 37، ގެ އިންޓަވިއު ޖުމްލަ އެކު 90 މިނިޓަށް ދިގު ދެމިގެންދިޔަ އެވެ. އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ވެރިންނާއި ކޯޗު އެރިކް ޓެން ހާގްގެ އިތުރުން ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިންނަށް ވެސް ފާޑުކިޔައިފަ އެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވެދާނެ ކަމަށާއި ޗެމްޕިއަންކަން ލިބިއްޖެނަމަ "ރިޓަޔާކުރާނެ" ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

އެ އިންޓަވިއު ދެއްކި ފަހުން ރޮނާލްޑޯ ފުރަތަމަ ފަހަރަށް މީޑިއާ ކުރިމަތީގައި ހުއްޓުނީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން ޕޯޗުގަލް ޓީމަށް ހާއްސަ ކޮށްފައިވާ ނޫސްވެރިންގެ ބައްދަލުވުމުގެ ވަގުތުގައި މިއަދު އެވެ.

ރޮނާލްޑޯ ބުނީ ގިނަ ބަޔަކު އުންމީދުކުރާނީ އެ އިންޓަވިއުގެ ސަބަބުން ޕޯޗުގަލް ޓީމަށް އަސަރުކުރާނެ ކަަމަށެވެ. އެކަމަކު، އެ ގޮތަށް އެކަން ނުވާނެ ކަމަށާއި ޕޯޗުގަލް އޮތީ މާ ބަދަހިކޮށް ކަމަށް ރޮނާލްޑޯ ބުންޏެވެ.

"އަހަންނެއް ވިސްނަން ނުޖެހޭ އެހެން މީހުން ދެކޭނެ ގޮތަކާ މެދު، އަހަރެން ބޭނުން އިރެއްގައި ބޭނުން ވާހަކައެއް ދެއްކެން ޖެހޭނެ ކަމަށް ގަބޫލުކުރަނީ،" ރޮނާލްޑޯ ބުންޏެވެ. "މި ޓީމުގައި ތިބި ހުރިހާ އެންމެނަށް އެނގޭނެ އަހަންނަކީ ކާކުކަން. އަހަރެން ގަބޫލުކުރަނީ ކިހިނެއްކަން،"

ރޮނާލްޑޯ، ވޯލްޑް ކަޕްގެ ތައްޔާރީތަކުގެ ތެރެއިން އޭނާއާ އެކު ޔުނައިޓެޑަށް ކުޅޭ ބްރޫނޯ ފެނާންޑޭސް އާއި މެންޗެސްޓާ ސިޓީ އަށް ކުޅޭ ފުލްބެކް، ޔާއޯ ކަންސެލޯއާ އެކު، އުޅޭ ދެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ. އެ ވީޑިއޯ ހިއްސާކުރި ގިނަ ބަޔަކު ބުނެފައިވަނީ ރޮނާލްޑޯއާ ޓީމުގެ ކުޅުންތެރިންގެ ގުޅުން ރަނގަޅެއް ނޫން ކަމަށެވެ.

އެ ވީޑިއޯތަކަށް އިޝާރާތްކޮށް ރޮނާލްޑޯ ބުނީ އެެ ވީޑިއޯގައި ކަންތައްތައް ހިނގާދިޔައީ ޓީމެއްގެ ތެރޭގައި ގުޅުން އޮންނަ ގޮތަށް ކަމަށެވެ. އެކަކު، އަނެކަކަށް އެހީތެރިވެ، ސަމާސާކޮށް ހުރިހާ ކަމެއް ޓީމެއްގެ ތެރޭގައި ހިނގާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

"އަހަރެމެންގެ ޓީމުގެ މާހައުލު ވަރަށް ރަނގަޅަށް އޮތީ، ބުލެޓް ޕްރޫފްކޮށް އޮތީ، މިއީ އަޔަން ކްލެޑް އެއް. ދެން، އަހަރެންގެ އެދުމަކީ މި ތަނަށް އަންނަ އަނެއް ކުޅުންތެރިއަކާ ސުވާލުކުރާއިރު، ޕޯޗުގަލް ޓީމުގެ ހާލަތު އަހަންވީ އަހަރެންގެ ވާހަކަ ނުދައްކައި، ތި މީހުން ނުޖެހޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަ އަބަދު އަހަން. އެ މީހުންގެ ވާހަކަތަށް ވެސް އަޑު އަހާ އެ މީހުންނަށް އެހީވާން ޖެހޭ،" ރޮނާލްޑޯ ބުންޏެވެ.

މިއީ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު އޮތްއިރު، މި މުބާރާތުގެ ޗެމްޕިއަންކަން މި ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ހޯދި ނަމަވެސް އެންމެ މޮޅީ ކޮން ކުޅުންތެރިއެއްތޯ އެ ބަހުސް ކުރިއަށްދާނެ ކަމަށެވެ.

ވޯލްޑް ކަޕަށް ތައްޔާރުވާން ޕޯޗުގަލް އިން ނައިޖީރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ރޮނާލްޑޯ ނުކުޅުނީ ބަނޑުގައި ރިއްސާތީ އެވެ. އެކަމަކު، އަންނަ ބުރާސްފަތި ދުވަހު ޕޯޗުގަލް އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ގާނާއާ ދެކޮޅަށް ރޮނާލްޑޯ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox