އައިޑީކާޑު ފަރުމާ ކުރާނެ ފަރާތެއް ހޯދަން ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް: މިފަހަރުގެ އިއުލާން ބާތިލް ކުރީ ހުށަހެޅުން މަދުކަމުން ކަމަށް ބުނޭ -- ފޮޓޯ: ފައިލް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް: މިފަހަރުގެ އިއުލާން ބާތިލް ކުރީ ހުށަހެޅުން މަދުކަމުން ކަމަށް ބުނޭ -- ފޮޓޯ: ފައިލް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޑިޒައިން ބަދަލުކުރަން ކުރި ދެ ވަނަ އިއުލާނު ވެސް ބާތިލުކޮށް އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއްޔެ ތިން ވަނަ ފަހަރަށް އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

މި ފަހަރު އިއުލާން ބާތިލުކުރީ ހުޅުވާލި މުއްދަތުގައި އެކަށީގެންވާ އަދަދަކަށް ޕްރޮޕޯސަލް ލިބިފައިނުވާތީ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުންޏެވެ.

ޑީއެންއާރުގެ އިންފޮމޭޝަން އޮފިސަރަށް "އަދަދު" އިން ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ އިތުރު ތަފުސީލެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

Advertisement

އައިޑީކާޑުގެ ޑިޒައިން ބަދަލުކުރުމަށް ފުރަތަމަ ހުޅުވާލީ ޖޫން 27، ގަ އެވެ. އެ އިއުލާން ބާތިލުކޮށް ދެވަނަ ފަހަރަށް ހުޅުވާލީ އޮކްޓޯބަރު 16، ގަ އެވެ. އެ އިއުލާން ބާތިލުކޮށް އިއްޔެ އަލުން ހުޅުވާލިއިރު މިފަހަރު ސުންގަޑިއެއްގެ ގޮތުގައި އޮތީ ޑިސެމްބަރު 1، ވަނަ ދުވަހެވެ. މައުލޫމާތު ސާފުކުރުމުގެ ސުންގަޑިއެއްގެ ގޮތުގައި އޮތީ މި ހިނގާ ނޮވެމްބަރު 24، އެވެ.

މި އިއުލާނަށް ހުށަހަޅާ ޑިޒައިންތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅެމެއް ހުށަހަޅާ ފަރާތަކަށް ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox