ވިހި ތިރީހުގެ ކުރިން އިންސާނުން ހަނދުގައި އުޅެން ފެށުމުގެ އުއްމީދު އެބަ އޮތް: ނާސާ

ނާސާއިން ހަނދަށް ފޮނުވި އޮރަޔޯން ކެޕްސޫލް ކައިރިން ދުނިޔެ ފެންނަ ގޮތް. -- ފޮޓޯ: ނާސާ

ނާސާއިން ހަނދަށް ފޮނުވި އޮރަޔޯން ކެޕްސޫލް ކައިރިން ދުނިޔެ ފެންނަ ގޮތް. -- ފޮޓޯ: ނާސާ

ވިހި ތިރީސް ވަނަ އަހަރުގެ ކުރިން އިންސާނުން ދިގު މުއްދަތުތަކަށް ހަނދުގައި އުޅެން ފެށުމުގެ އުއްމީދު އެބަ އޮތް ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފި އެވެ.

ނާސާގެ އޮރަޔޯން ލޫނާ ސްޕޭސްކްރާފްޓް ޕްރޮގްރާމްގެ އެންމެ އިސް ސައިންޓިސްޓް ހޮވާޑް ހޫ ބީބީސީއަށް ވިދާޅުވީ ހަނދުގައި ތަހުލީލު ކުރެވޭނީ އިންސާނުންނަށް ހަނދުގައި ތިބެވޭނެ ގޮތް ހަމަޖެހިގެން ކަމަށެވެ.

ނާސާގެ ބިޔަ ސްޕޭސް ލޯންޗް ސިސްޓަމް (އެސްއެލްއެސް) ރޮކެޓް ހަނދަށް ދަތުރު ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އޭގައި ހިމެނޭ އޮރަޔޯން ކެޕްސޫލް ހަނދު ވަށައި ތިން ހަފުތާ ވަންދެން ދަތުރު ކުރުމަށް ފަހު އެނބުރި ދުނިޔެއަށް އަންނާނެ އެވެ.

Advertisement

ހޫ ވިދާޅުވީ މިހާރު ކުރިއަށްދާ މިޝަނަކީ އިންސާނުން ޖައްވުގައި ކުރާ މަސައްކަތްތަކަށް ތާރީހީ މިޝަނެއް ކަމަަށެވެ. މި ވަގުތު އޮރަޔޯން ކެޕްސޫލް ދަތުރު ކުރަނީ ހަނދާ 134،000 ކިލޯމީޓަރު ދުރުންނެވެ.

ބައްތިރީސް ފަންގިފިލާހާ އުސް ރޮކެޓް ލޯންޗުކުރީ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ. އެ ރޮކެޓުގެ އެންމެ ކޮޅުގައި ހަރުކޮށްފައިވާ އޮރަޔޯންއަކީ ޖައްވީ އުޅަނދެކެވެ.

މި ދަަތުރުގައި އެއްވެސް އެސްޓްރޮނޯޓަކު ނުދެ އެވެ. އެހެން ނަމަވެސް ދަތުރުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ކުރާނެ އަސަރު ދެނެގަންނަން ހާއްސަ "މެނިކިން" އެއް އެ ކެޕްސޫލް ތެރޭގައިވެ އެވެ.

ހޫ ވިދާޅުވީ މިހާރު ކުރިއަށްދާ މިޝަން ކާމިޔާބުވެއްޖެ ނަމަ، ޖެހިގެން އޮންނަ މިޝަނެއްގައި އެސްޓްރޮނޯޓުން ދަތުރު ކުރާނެ ކަމަށާއި ތިން ވަނަ މިޝަނެއްގައި އެސްޓްރޮނޯޓުން ހަނދަށް ފައިބާނެ ކަމަށެވެ.

އެންމެ ފަހުން އިންސާނުން ހަަނދަށް ދިޔެއީ މީގެ 50 އަހަރު ކުރިން އެޕޯލޯ 17 މިޝަންގައި ޑިސެމްބަރު 1972 ގަ އެވެ.

މިހާރު ކުރިއަށްދާ މިޝަންގެ އެންމެ މުހިއްމު އެއް ބަޔަކީ އޮރަޔޯން ރައްކާތެރިކަމާ އެކު އެނބުރި ދުނިޔެއަށް ގެނައުމެވެ. އޮރަޔޯން އެނބުރި ދުނިޔެއަށް ކުރާ ދަތުރުގައި އެޓްމޮސްފިއާގެ ތެރެއަށް އެތެރެވާނީ ގަޑިއަކު 38،000 ކިލޯމީޓަރު ބާރުމިނުގަ އެވެ.

އެ ކެޕްސޫލް ވެއްޓޭނީ ޕެސިފިކް ކަނޑުގެ ހިސާބަކަށް ކަމަަށް ބެލެވެ އެވެ. ހޫ ވިދާޅުވީ އެ ހުރިހާ ކަމެއް ކާމިޔާބުވެއްޖެ ނަމަ، 2030 ވަނަ އަހަރުގެ ކުރިން އިންސާނުން ހަނދުގައި އުޅެން ފަށާނެ ކަމަށެވެ.

ހަނދުގައި ތަހުލީލުތައް ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހަނދުގެ އެންމެ ދެކުނުގައި ފެން ހުރިތޯ ބެލުމެވެ. އެ ތަނުގައި ފެން ހުރި ނަމަ، މާސް ފަދަ ޕްލެނެޓަކާ ހަމައަށް ދަތުރު ކުރުމަށް އެ ފެން ހަކަތައިގެ ގޮތުގައި ޖައްވީ އުޅަނދުތަކަށް ބޭނުންކުރެވޭނެ ކަމަށް ހޫ ވިދާޅުވި އެވެ.

އޮރަޔޯން ކެޕްސޫލް އެނބުރި ދުނިޔެއަށް އަންނާނީ ޑިސެމްބަރު 11 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox