ރައްޔިތުންގެ މަޖިލީހާމެދު ޢުމަރުގެފާނު ވިދާޅުވާނީ ކީކޭބާ؟

ެަރައްޔިތުންގެ މަޖިލީހުގެ އިދާރާ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ެަރައްޔިތުންގެ މަޖިލީހުގެ އިދާރާ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އާލްޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "..އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާކުރައްވާށެވެ!" މިބަސްފުޅުން އަމުރުވެވުނީ މާތް ނަބިއްޔާއަށެވެ. މާތް ނަބިއްޔާއަށް އަމުރުވެވިގެންދިޔައީ ކަންކަމުގައި އިތުރު އެކަލޭގެފާނުގެ އެކުވެރިންނާ މަޝްވަރާ ކުރައްވައިގެން ކަންކަން ކުރިޔަށް ގެންދެވުމަށެވެ. ވީއިރު، މާތް ނަބިއްޔާ ފިޔަވައި ޖަމާއަތް ޖަމާއަތާއި ދައުލަތްތައް ހިންގުމައިގެން ކުރިޔަށް ވަޑައިގަންނަވަން ތިއްބެވި ވެރިން މަޝްވަރާކުރުމުގެ ކަންކަން ކުރިޔަށް ގެންދާންޖެހޭނެ ވަރު އޮތީ ހިތަށް އަރުވާލުމެވެ.

ޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި މާތް ﷲ އަށް އީމާންވާ މީހުން އެކަލާނގެ ސިފަކުރައްވާފައިވާ ގޮތް ވެސް ހިޔާލަށް ގެންނަވާށެވެ. "އަދި އެއުރެންނީ، އެއުރެންގެ ވެރި ރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު ގާއިމުކުރި މީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން، އެއުރެން ހޭދަކުރެތެވެ." މިއާޔަތުގައި ރޯދައިގެ ވާހަކައެއް ނެތެވެ. އަދި ޒަކާތުގެ ވާހަކައެއް ވެސް ނެތެވެ. ސަބަބެއް އޮވެގެންނެވެ. މިއާޔަތުގައި މުއުމިނުން ސިފަކުރައްވާ އެއަންގަވަނީ، ނަމާދު ގާއިމުކުރާ ބަޔެއްކަމުގަ އެވެ. ނަމާދު ވަގުތުން ގާއިމުކުރާނަމަ އެކަން ހިނގާނީ ޖަމާއަތުގައެވެ. ނަމާދުގެ ޖަމާއަތަކީ މުޖުތަމައުގެ ބަދަހިކަން ދައްކުވައިދޭ ނަމޫނާ ތަސްވީރެކެވެ. އާޔަތުގައިވާ ފަދައިން ހޭދަކުރުމާއި މުދަލުގައި ވާޖިބުވާ މިންވަރުން ޒަކާތް ނެރުމާއި މިއީ ދެކެމަކެވެ. ޒަކާތުގެ ވާޖިބު މިންވަރުގެ އިތުރަށް ދެއްވި ތަކެތިން މުއްސަނދީން ފަގީރުންނަށް ހޭދަކުރާނަމަ އެކަމަކީ އާދަޔާ ހިލާފަށް މުޖުތަމައުގެ އެކުވެރިކަމާއި ބަދަހިކަން އާލާވެގެން އަންނާނެ ކަމެކެވެ. މިދެކަންތަކާއި އެއްފަދަ ކަމެއްގެ ގޮތުގައި މަޝްވަރާކުރުން ހިމަނާފައިވަނީ މަޝްވަރާކުރުމަކީ ވެސް އެފަދަ ބަދަހި ޖަމާއަތަކަށް މަގުކޮށާ ކަމަކަށްވުމެވެ.

މަޝްވަރާކުރުން މުއުމިނުންގެ ސިފައެއްގެ ގޮތުގައި މިއާޔަތުގައި ބަޔާންކުރައްވާ ބަޔާންކުރެއްވުމާއި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލުކަމުގައި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާ ބަސްފުޅާ ގުޅާލުމުން ވަރަށް ރީތީ ދޭހައެއް ކުރެވެއެވެ. އެއް ހަށިގަނޑެއްގެ މިސާލުގައި މުއުމިނުންގެ ޖަމާއަތްތައް ދެމިއޮތުމަށް އެބައިމީހުންގެ ކަންކަން އެއްބަޔަކު އަނެއް ބަޔަކާއި އެކަކު އަނެކަކާއި މަޝްވަރާކުރެވި ހިޔާލު ބަދަލުކުރެވިގެން ހިނގުން ލާޒިމުވެއެވެ. އެހެން އެކަން އޮތުމުން މަޝްވަރާކުރުން މުއުމިނުންގެ ސިފައެއްގެ ގޮތުގައި ވެގެންދާންނުޖެހޭ ސަބަބެއް ނެތެވެ.

މަޝްވަރާއެއް ކޮށްފި މީހާ ހިތާމަނުކުރާނެކަމުގައި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. އެހެން ބަސްފުޅެއްގައިވަނީ، މަޝްވަރާއަކީ ހިތާމަވެރި ކަމަށް އޮތް އައްޑަނައެއް ކަމަށާއި މަލާމާތުން އަމާންކަން ލިބޭ ކަމެއް ކަމަށެވެ. ކަމެއް ބޭނުންވެއްޖެ މީހާ، އެކަމާމެދު މީހުންނާ މަޝްވަރާކުރުމަށް ފަހު ދެން އެކަމެއް ކޮށްފިނަމަ، އެކަމުގެ އެންމެ ރަނގަޅު ގޮތަށް މަގުދައްކަވާނެ ކަމުގައިވެސް މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. އެއްވެސް ބަޔަކު އެއްވެސް ކަމެއްގައި މަޝްވަރާކޮށްފިނަމަ އެކަމެއްގައި އޮތް އެންމެ މޮޅު ގޮތަށް މާތް ﷲ އެބަޔަކަށް މަގު ނުދައްކަވާނެ ގޮތުން ނޫނީ އެބަޔަކަށް މަޝްވަރާ ނުކުރެވޭނެ ކަމުގައި ވެސް ހަދީސް ކުރައްވާފައިވެ އެވެ.

ކޮންމެއަކަސް މަޝްވަރާކުރުމަކީ އިސްލާމްދީނުގެ އަސްލުތަކުގެ ތެރެއިން ހިމެނިގެންވާ އަސްލެއްކަމުގައި އިލްމުވެރިން ވިދާޅުވެފައިވެއެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި އެއީ އެއްވެސް ބަޔަކު ނުކޮށް ދޫކޮށްލައިފިނަމަ އެންމެން ފާފަވެރިވާނޭ ކޮންމެވެސް އެއްބަޔަކު ކުރުމުން ފުދޭ ބާވަތުގެ ފަރުޟެކެވެ.

މަޝްވަރާކުރުމަކީ ކޮބައިކަން އިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެކި އިބާރާތްތަކުން އެކި އިލްމުވެރިން ސިފަކުރައްވާ ބަޔާންކުރައްވާފައިވާ ކަންކަމަށް ނަޒަރެއްދީފައި އަޅުގަނޑުގެ އަމިއްލަ އިބާރާތަށް ތިރިކޮށްލާނަމެވެ. މަޝްވަރާކުރުމަކީ ކަމެއްގައި އޮންނަ އެންމެ ރަނގަޅު ގޮތް ބެލުމަށްޓަކައި އެކަމެއްގައި މީސްމީހުންގެ ހިޔާލު ހޯދައި ދެނަގަނެ އެޔަށް ބަލައި ނަޒަރުކޮށް ވިސްނާ ފިކުރުކޮށް އެންމެ ރަނގަޅު ވިސްނުމަކީ ކޮބައިތޯ ބެލުމަށް ކުރެވޭ މަސައްކަތެވެ.

ޝައްކެތް ނެތް ގޮތުން މަޝްވަރާކުރުމަކީ، އިންސާނާއަށް ފޮރުވިފައި އޮންނަ ހައްގު ދެނެގަނެވޭ ގޮތެކެވެ. ރަނގަޅު ވިސްނުމުގެ މައްޗަށް ފިކުރު ސީދާކުރުވާ ކަމެކެވެ. ހަނދާން ނެތިފައި އޮންނަ ކަންކަން ހަނދާން ވެސް ކުރުވާ ކަމެކެވެ. އިންސާނުންނަކީ އޭގެ ޒާތުން ވެސް ހަނދާން ނެތުން ގިނަ ބަޔެކެވެ.

މަޝްވަރާއަކީ ހުޅުވާލެވިފައި އޮންނަ ވާހަކަ ދެއްކުމެކެވެ. އޯގާތެރިކަމާއެކު ކުރެވޭ ޒުވާބެކެވެ. ކަންހިނގަމުންދާ ގޮތް ބަޔާންވެ ހޯދައިގަތުމެކެވެ. ސުވާލުކުރެވި ބުނުންތަކަށް ހުޅުވާލެވި އެކޮޅުމިކޮޅަށް ބަލައި ހިޔާލު ފުރޮޅައި ވިސްނުންތައް ބަދަލުކުރުމުގެ މަސައްކަތެކެވެ.

މިޒަމާނުގެ ވެރިކަންތައް ހިންގުމުގެ ނިޒާމުތައް ވެސް ބިނާވެފައި އޮންނަ އެންމެ މައިގަނޑު އެއްޗަކީ މަޝްވަރާކުރުމުގެ މަތިވެރި އަސާސެވެ. ދައުލަތުގެ ތިން ބާރު ވަކިވެފައި އޮންނައިރު، އެއްބާރު އަނެއް ބާރަށް މަޝްވަރާ އަރުވަ އެވެ. ވެރިކަން ހިންގުމުގެ ބާރުގައި ރައީސުލްޖުމްހޫރިއްޔާއަށް އެކި ބާވަތުން މަޝްވަރާ އެރުވުމަށް އެކި މަގާމުތަކުގައި ބޭފުޅުން ތިއްބަވަ އެވެ. މަތީ މަރުހަލާގެ ކޯޓުތަކުގެ ހުކުމްތައް އަންނަނީ އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން ހިމެނޭގޮތުން ފަނޑިޔާރުންގެ ބެންޗުތަކުން ކުރެވޭ މަޝްވަރާގެ އަލީގަ އެވެ. މިޔަށްވުރެ އަދި މާފާޅުކަން ބޮޑުކޮށް ދައުލަތުގެ އެއްބާރު އެކީއެކަށް ދައުލަތް ހިންގުމުގެ ނިޒާމުގައި މަޝްވަރާކޮށް މަޝްވަރާ އެރުވުމުގެ ބާރެއްގެ ގޮތުގައި ހިމަނާފައި އޮވެއެވެ. އާދޭހެވެ! ރައްޔިތުންގެ މަޖިލީހެވެ.

އާދޭހެވެ! ރައްޔިތުންގެ މަޖިލީހަކީ މަޝްވަރާކޮށް މަޝްވަރާ އަރުވާ ތަނެކެވެ. އެތަނުން އަރުވާ މަޝްވަރާ ގާނޫނެއްގެ ސިފައިގައި ވެސް އޮވެދާނެ އެވެ. ނިންމާ ނިންމުމަކަށް ނުވަތަ ފާސްކުރެވޭ ފާސްކުރުމަކަށް ނުވަތަ ޖަވާބުދާރީކުރުވުމަކަށް ވެސް އެ މަޝްވަރާ ވެގެންހިނގައިދާނެ އެވެ. އެކަމަކު އެއީ ރައްޔިތުންގެ ފަރާތުން މުޅި ދައުލަތަށް އަދި މުޖުތަމައަށް މަޝްވަރާއެރުވުމަށް ހޮވާފައި ތިބޭ މަންދޫބުން އެއްވެ މަޝްވަރާކޮށް ކަމާބެހޭ ފަރާތްތަކަށް މަޝްވަރާ އަރުވަން އޮތް މަޖިލީހެވެ.

މަޝްވަރާކުރުމަކާ ނުލައި ކުރެވޭ އެއްވެސް ކަމެއްގައި ހެވެއް ނުވާ ކަމުގައި އަހަރެމެންގެ މަތިވެރި ޚަލީފާ ޢުމަރު ބުނުލްޚައްޠާބް ވިދާޅުވެފައިވެ އެވެ. އިތުރު އެކަލޭގެފާނު އެބަޔާންކުރައްވަނީ މުޖުތަމައެއް އޭގެ ގޮތުގައި ކުރިޔަށް ދިއުމުގައި އެކަކު އަނެކަކު ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމުގެ ކަންކަން ކުރިޔަށް ނުހިނގާނަމަ އެއްވެސް ކަމެއް ރަނގަޅު މަގުގައި ނުހިނގާނެ ވާހަކައެވެ. އެއީ މަޝްވަރާނުކުރުމުގެ ނަތީޖާއެވެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި މަޝްވަރާނުކުރުމާއި މަޝްވަރާގެ ނަމުގައި އެހެން ކަމެއް ކުރުމާއި ވާނީ އެއްވަރެވެ. މަޝްވަރާކޮށް މަޝްވަރާދިނުމަށް ބައިތުލްމާލުން ކިތަންމެ ބޮޑު ހޭދައެއްކޮށްގެން މަޖިލީހެއް ހަދައިގެން އެތަނުގައި އެއްބަޔަކު އަނެއް ބަޔަކަށް ގެރި ޒުވާބުކޮށް ގަޔަށް އަތްލައި މާރާމާރީ ހިންގައި ހުށަހެޅިފައި އޮންނަ އެޖެންޑާއަކަށް ނުބަލައި ހިތުހުރި ވާހަކައެއް ދައްކައި ޑްރާމާ ކުޅުމަކަށް މަޝްވަރާކޮށް މަޝްވަރާދިނުމެކޭ ނުކިޔާނެއެވެ.

އަޅުގަނޑު ހިތަށް އަރައެވެ. ދިވެހި ދައުލަތް ހިންގުމުގައި ރައްޔިތުންގެ ފަރާތުން ވެރިކަމުގެ އެކި ނިޒާމުތަކަށް މަޝްވަރާއެރުވުމުގެ އެންމެ މަތީ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ މަތިވެފައިވާ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ކަންކަން މިއަދު ފެނިވަޑައިގެންފިނަމަ ޢުމަރު ބުނުލްޚައްޠާބު ވިދާޅުވާނީ ކީކޭބާވަ އެވެ؟

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox