ނާސާގެ އެންމެ ބިޔަ ރޮކެޓް ހަނދަށް ކުރާ މިޝަން ފަށައިފި

އާޓެމިސް ރޮކެޓް ދުނިޔެއިން ލޯންޗު ކުރި ވަގުތު.

އާޓެމިސް ރޮކެޓް ދުނިޔެއިން ލޯންޗު ކުރި ވަގުތު.

ނާސާގެ ބިޔަ ސްޕޭސް ލޯންޗް ސިސްޓަމް (އެސްއެލްއެސް) ރޮކެޓް ހަނދަށް ދާން ކުރާ ދަތުރު ބުދަ ދުވަހުގެ ހެނދުނު ވަގުތެއްގައި އެމެރިކާގެ ފްލޮރިޑާއިން ފަށައިފި އެވެ.

ބައްތިރީސް ފަންގިފިލާހާ އުސް ރޮކެޓް ލޯންޗުކުރީ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ. އޭގައި ހިމެނޭ އޮރަޔޯން ކެޕްސޫލް ހަނދު ވަށައި ތިން ހަފުތާ ވަންދެން ދަތުރު ކުރުމަށް ފަހު އެނބުރި ދުނިޔެއަށް އަންނާނެ އެވެ.

ޓެސްޓު ދަތުރެއްގެ ގޮތުގައި ހަނދަށް ކުރާ މި ދަތުރުގައި އެއްވެސް އެސްޓްރޮނޯޓަކު ބައިވެރިއެއް ނުވެ އެވެ. މީގެ ކުރިން ދެ ފަހަރު ރޮކެޓް ލޯންޗު ކުރަން މަސައްކަތްކޮށް ފެއިލްވި އެވެ.

އެޕޯލޯ 17 މިޝަންގައި އެންމެ ފަހުން އިންސާނުން ހަނދަަށް ކުރި ދަތުރަށް 50 އަހަރު ފުރޭނީ އަންނަ ޑިސެމްބަރު މަހުގަ އެވެ.

ނާސާއިން ފަށާފައިވާ އާ ޕްރޮގްރާމް އާޓެމިސްގެ ދަށުން އަނެއްކާ ވެސް އިންސާނުން ހަނދަށް ގެންދާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.

ނާސާއިން 1969 އިން 1972 އަށް ހިންގި އެޕޯލޯ ހަ މިޝަންގައި 12 އެސްޓްރޮނޯޓުން ހަނދަށް ދިޔަ އެވެ. ނާސާއިން ފެށި އާ ޕްރޮގްރާމްގައި ގިނަ ކޮމާޝަލް ބައިވެރިން ހިމެނެ އެވެ.

އެގޮތުން އެލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުންޏާއި، ޔޫރަޕާއި ކެނެޑާ އަދި ޖަޕާންގެ ޖައްވީ އިދާރާތަކުން ވެސް ބައިވެރިވާނެ އެވެ.

އެންމެ ބޮޑު އަމާޒަކީ ހަނދުގައި އިންސާނުންނަށް ތިބެވޭނެ މަރުކަޒެއް އަޅައި، އިންސާނުން މާސްއަށް ދަތުރު ކުރަން ތައްޔާރުވުމެވެ.

އެހެން ނަމަވެސް މާސްއަަށް އެސްޓްރޮނޯޓުން ފޮނުވުމަށް އެންމެ މަދުވެގެން ވެސް އިތުރު 15 އަހަރު ނަގާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox