ގައިކޮޅު ގައިގައި ދުރު!

ގައިކޮޅު ގައިގައި ދުރު!

ބަޔަކު ގޯސްކަމެއް ކޮށްގެން، އެކަން ފަޅާއަރައިގެން އުޅޭ ވަގުތުގައި އަހަރެމެން އެންމެން އެކަމާ ނިޔާއިއްވާއިރު، އަހަރެމެންގެ ފުށުން ދުވަހަކުވެސް ނައްސި އެއްވެސް ކަމެއް ނުފެނެއޭ ހީވާކަހަލައެވެ. އަހަރެމެންނޭ މި ބުނަނީ ޚުދު އަހަރެންވެސް އިސްތިސްނާ ނުވާގޮތަކަށެވެ. އެއް ދުވަހަކު، ކޮންމެވެސް މީހަކު އަހަރެންގެ ކުށެއް ދައްކާފައި ކީ ފާޑެއް ޙަޖަމު ނުކުރެވިފައިހުރެމެ، އޭނާގެ މޫނުމަތީ އެއްޗެއް ބުނަން ނުކެރިގެން "މޫނުފޮތުގެ ފާރުގައި" އަހަރެންގެ އިހުސާސްތައް ބަންޑުންކޮށްލީމެވެ. ހިނގި ހާދިސާ އެނގޭ މީހުންނަށް ވާނުވާ އެނގޭނޭހާ ތިލަކޮށެވެ. އެކަމަކު "މަޅިއެއްގައި" ނުބެދޭނޭ ގޮތް ވިސްނައިގެންނެވެ. ކޮށި ވަޒަނަކަށް ފެއްތޭތޯ މަސައްކަތްކުރީމެވެ.

"ތިމާއީ ސާފު މައުސޫމިއްޔަތުގެ މަސްދަރުކަމުގަ ދެކިގެން
ތިމާއީ ހެޔޮކަމުގެ ދަޢުވާގެ ބާނީކަމުގަ ނަންވެވިގެން
ތިމާގެ ފޮށާގަ އޮތް ލައްގަނޑު ފުހެން ބުލުނީލަމުން ދުވުމީ
ދިމާއަށް ހުރެ ގުދޯގޮވަމުން ދުވުން ނޫން ކޮންކަމެއް ހެއްޔޭ؟"

އެ ވަގުތު އަހަރެންގެ ފާޑުކިޔުން އަމާޒުވީ އޭނާއަށެވެ. އެހެންމީހުންގެ ކުށް ދައްކާ އެއަށް މަލާމާތް ކުރަމުންދާއިރު، އޭނާއަކީ އެންމެ މޮޅު، ހުރިހާ ކަމެއް ދަންނަ، ހުރިހާ ނުބައިކަމަކުން ބަރީޢަވެގެންހުރި އެންމެ މާތް މީހާކަމުގައި ހީކޮށްގެންތޯ އަހަރެން ހިތާހިތުން ސުވާލުކުރީމެވެ. އެހެންނަމަވެސް އެ ސުވާލާ އެކުއެކީ، އަހަންނަށް އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވިއްޖެއެވެ. އޭނާ އެ ގޮވަނީ ގުދޯ ނޫންހެއްޔޭ އަހާލުމުން، ޚުދު އަހަރެންވެސް މިވީ ހަމަ އެކަހަލަ މީހަކަށް ނޫންހެއްޔެވެ؟

ކޮންމެ މީހެއްގެ ސިއްރުގޯނީގެ ތުނބަކީ މި ދުނިޔެ މަތީ މުހެވޭ އެއްޗަކަށް ނުވެދާނެއެވެ. އެހެންނަމަވެސް އަހަރެމެންނަކީ އިންސާނުންނެވެ. ދުނިޔެވީ ޙަޔާތުގައި ހާދަހާ ކަމެއް ކުރެވިފައިވާނެއެވެ. ފައްސި އަދި ނައްސި ކަންތަކަސް، ރަނގަޅު އަދި ނުބައި ކަންތަކަސް، އެކަމަކަށް އަދަބު ލިބިފައިވާ ނުވަތަ ނުލިބޭ ކަންތަކަސް، އަދި އެކަމަކަށް ތައުބާވެފައިވާ އަދި ނުވާ ކަންތަކަސް، ހައްތަހާވެސް ކަންކަމެވެ. ގިނަ މީހުންގެ ނައްސި ޢަމަލުތައް ބޭޒާރެއް ނުވެއެވެ. އެ މީހެއް ކުރި ކަމެއް އެނގޭނީ އެމީހަކަށާއި ހެއްދެވި ފަރާތަކަށެވެ. އެހެންނަމަވެސް އެއްވެސް މީހެއްގެ އަމަލެއް ބޭޒާރު ވާހިނދު، އެ ވާހަކަ ދައްކައިގެން އަހަރެމެން މި ކުރަން މަސައްކަތްކުރާ ކަމަކީ، އޭނާގެ ވެއްޓުނު އަގާ އަޅައިކިޔައި އަހަރެމެންގެ އަގު އުފުލުން ހެއްޔެވެ؟ އެކަމަކު ވަރަށް ގިނަ ފަހަރު އެމީހުންނާއި އަހަރެމެންނާ އޮންނަ ހަމައެކަނި ތަފާތަކީ "ފަޅާނާރާކަމެވެ".

އިޖުތިމާޢީ މައްސަލަތައް ގިނަވުމުން އެކަމާ ފާޑު ނުކިޔާށެކޭ ނޫނެވެ. ފާޑުކިޔަން ތިބޭނީވެސް، އޭގައި ތިމާގެ ރައުސްމާލު ނުހިމެނޭ، އަދި ތަޢައްޞަބަކާ ނުލައި އެ މައްސަލަ ބެލޭނޭ ޙާލަތުގައި ތިބޭ މީހުންކަންވެސް ދަންނަމެވެ. އެކަން ކުރަންވެސް އެބަޖެހެއެވެ. އެހެންނަމަވެސް ފާޑުކިޔުމަކީ ފުރައްސާރަކުރުން ކަމުގައި ނުހަދަމާހެއްޔެވެ. އެހެން މީހުން ނިކަމެތިވާ ދަނޑިވަޅުބަލައި އެމީހުންނަށް މަލާމާތްކުރުމާއި، އެކަމެއް ކުރާއިރު ތިމާއަށް ވުރެ ރަނގަޅުމީހަކު ނެތްކަމަށް ހީވެގެން އުޅޭ އުޅުން ދޫކޮށްލާންވީއެވެ. ބައެއް ޙާލަތްތަކުގައި މީހުންނަށް ކުރެވޭ ތުހުމަތުތައް ދޮގު ތުހުމަތަށް ވެފައިވެސް އެބަހުއްޓެވެ. އަނެއްބައި ޙާލަތްތަކުގައި ކުށުގެ ވެއްޓަކުން ފެންނަ މީހާއަކީ ކުށްވެރިއަކަށް ނުވެ، އެކުށުގެ ޝިކާރައަކަށްވެފައިވާ މީހާކަންވެސް ފަހުން އެނގޭތަން އެބަ އާދެއެވެ. އެބައެއްގެ މައްޗަށް ކުށް ސާބިތުވާ މީހުން ނެތެކޭ ނޫނެވެ. އެހެންނަމަވެސް، އެ ދަނޑިވަޅުގައި އޭނާގެ އިނދަޖެހުމަކީ ތިމާ ހިންދެމިލަން އަތްވިއްދާލާ ގަލަށް ހަދާކަށް ކޮންމެހެން ނުޖެހެއެވެ.

ކުށްކުރާ މިހުންނާ މެދު އެކަންޏެއް ނޫނެވެ. ދާދިފަހުން ހިނގައި ދިޔަ ހިތާމަވެރި ހާދިސާއާ ވިއްދައިގެންވެސް އެއް ބަޔަކު އަނެއްބަޔަކަށް ފާޑުކިޔަމުން، ކަމުގެ ޒިންމާ ވޮލީބޯޅައެއްހެން އެއް ކޯޓުން އަނެއް ކޯޓަށް އުކަމުންދިޔައީ، ތިމާ އެއިން ބަރީޢަވެވޭތޯއެވެ. ކަންވީ ގޮތް މުޅީން ސާފުވެސް ނުވަނީސް އެކި ރަޢުޔުތައް ފާޅުކުރާން ފަށައިފިއެވެ. ދިވެހިރާއްޖެއަށް "ދެރަ މަސައްކަތްކުރަން" ހިޖުރަކުރާ އަވަށްޓެރި ޤައުމުތަކުގެ މީހުންނާމެދު ގެންގުޅޭ ތަޢައްޞަބުގެ ވާހަކަ އެންމެން އެންމެނަށް ދައްކަމުން ދިޔަ ދަނޑިވަޅުގައި އަހަރެމެން ކޮންމެ މީހެއްމެ ތިބީ އެ ބުނާ މައުސޫމިއްޔަތުގެ ތާޖު އަޅައިގެންނެވެ. އެހެންނަމަވެސް އެމީހުން އެއީ "އަހަރެމެންގެ ބައެއް" ކަމުގައި ހިމެނުމަށް ފަސްނުޖެހެނީ އަހަރެމެންގެ ތެރެއިން ވަކި ކާކު ހެއްޔެވެ؟ "އެމީހުންނާއި" "އަހަރެމެން"ނޭ ކިޔައިގެން ކުރާ އެކި ބަހުސަށް ފޯރި ނުދެނީ އަހަރެމެން ނޫންހެއްޔެވެ؟ ތަފާތު އުފައްދަނީ އެންމެންނެވެ. އެހެންނަމަވެސް ކަމެއް ދިމާވުމުން ދެން ނިކުމެ، އެކަކު އަނެކެއްގެ ކުށްދައްކަމުންދުވީމާ، އެ ހިސާބުން އެ ހުރިހާ ދުވަހެއްގެ ތަޢައްޞަބުން އަހަރެމެން ބަރީޢަވީ ހެއްޔެވެ؟

ހިތާހިތުން ސުވާލުކޮށްލާށެވެ! ބައެއްގެ ގޯސް ވާހަކަޔާއި ތިމާމެންގެ ހެޔޮލަފާކަމުގެ ވާހަކަ ދައްކައިގެން ފައިދާއެއް ވަނީ ކޮންބަޔަކަށް ހެއްޔެވެ؟ މުޖުތަމަޢެއްގައި ނުބައި ކަންކަން ގިނަވާނަމަ، އޭގައި މުޖުތަމަޢުގައި ހިމެނޭ ކޮންމެ ވަކި ފަރުދެއްގެވެސް ޒިންމާއެއް ވާނޭކަން ގައިމެވެ. މަގު ހިނގާފައި ދާއިރު، ކަފިހި ހުރަހުން ނޫނީ ހުރަސް ނުކުރަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ބާވައެވެ؟ އަދި ކޮންމެ ކަފިހި ހުރަހަކުން ހިނގާ މީހުންނަށް ފުރުޞަތު ދެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ބާވައެވެ؟ ބާރެއް ލިބޭ ހިނދު، އެންމެ ފޮޓޯކޮޕީއެއް ނަގައިގެން ވިޔަސް، އެ ބާރުގެ ނާޖާއިޒު ފައިދާ ނުނަގާ ނަޒާހާތްތެރިކަމާއެކު އުޅެވެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ؟ ކުޑަ މަކަރެއް، ކުޑަ ދޮގެއް ނުހަދާ މީހަކު މަދެވެ. އަހަރެމެން މިތިބީ "ގޮޅިއަކަށް ނުފެތޭ ގޮތަށް" އުޅުމުން ދަސްވެނިވެފައެވެ. ދެން ގޮސް ގޮޅިއަށް ފެތޭ މީހާއާ ދިމާލަށް ބަހުން ޖެހީމާ އެ ގޮވެނީ ގުދޯ ގުދޯ ނޫން ދެން ކޮންއެއްޗެއް ހެއްޔެވެ؟ މިއީ ޚުދު އަހަރެންވެސް ދޭތެރެ ދޭތެރެއިން އަމިއްލަ ނަފުސަށް ހަނދާންކޮށްދޭން ޖެހޭ ކަމެކެވެ.

****

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox