ހައިކޯޓުގައި ފުރަތަމަ ފަހަރަށް ތިން އަންހެން ފަނޑިޔާރުންގެ ބެންޗެއް

ހައިކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރޭން: ބެންޗުގައި ތިއްބެވީ ތިން އަންހެން ފަނޑިޔާރުން

ހައިކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރޭން: ބެންޗުގައި ތިއްބެވީ ތިން އަންހެން ފަނޑިޔާރުން

ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މައްސަލައެއް ބެއްލެވުމަށް މުޅިން ވެސް އަންހެން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗެއް އެކުލަވާލައްވައި, ޝަރީއަތް ފަށައިފި އެވެ.

އިސްތިއުނާފީ ކޯޓު, ހައިކޯޓުގައި ޖުމްލަ 11 ފަނޑިޔާރުން ތިއްބަވާއިރު އޭގެ ތެރޭން ތިން ބޭފުޅުންނަކީ އަންހެން ފަނޑިޔާރުންނެވެ. އެއީ, ފަނޑިޔާރު ފާތިމަތު ފަރްހީޒާ, ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.

ހައިކޯޓުގައި ކޮންމެ މައްސަލައެއް ވެސް ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާއިރު, އެ ކޯޓުގައި މިއަދު ޝެޑިއުލްކޮށްފައި އޮތް އަމިއްލަ މީހަކާއި މޮރިޝަސް ބޭންކްއާ ދެމެދު ހިންގާ މައްސަލައެއްގެ ޝަރީއަތުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ތިން އަންހެން ފަނޑިޔާރުންނެވެ.

އެކަން ހައިކޯޓުން ވަނީ އެ ކޯޓުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހާމަކޮށްފަ އެވެ.

ހައިކޯޓުން މައުލޫމާތު ދިން ގޮތުގައި, މުޅީން ވެސް އަންހެން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗެއް އެ ކޯޓުގައި ކުރިއަށްދާ ޝަރީއަތެއްގައި އެކުލަވާލެވުނު މިއީ ފުރަތަމަ ފަހަރު ކަމުން, އެ ކޯޓަށް ތާރީހީ ދުވަހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި, މިއީ ރާއްޖޭގައި ވެސް މިފަދަ ބެންޗެއް އެކުލަވާލެވުނު ފުރަތަމަ ފަހަރެވެ.

ބައެއް ބޮޑެތި ޝަރީއަތްތަކުގައި ކުރިމިނަލް ކޯޓުން ބެންޗްތައް އެކުލަވާލި ނަމަވެސް, އާންމު އުސޫލުން ފަނޑިޔާރުންގެ ބެންޗުތަކުން ޝަރީއަތްތައް ހިންގަވަނީ ހައިކޯޓު އަދި ސުޕްރީމް ކޯޓުގަ އެވެ. ހައިކޯޓުގައި މި ވަގުތު ތިން އަންހެން ފަނޑިޔާރުން ތިއްބެވިއިރު, ސުޕްރީމް ކޯޓުގައި ތިއްބެވީ އަންހެން ދެ ފަނޑިޔާރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox