ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ރައީސް ބޭނުންފުޅު ނުވޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދުމުގެ މަތީން ކަމަށާއި ރައީސް އަދިވެސް އެކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ފެކްޝަނުގެ ބައެއް މެންބަރުން ބުނެފި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގާނޫނާ ހިލާފް އަމަލެއް ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އެބަހުރި ކަމަށް ވިދާޅުވެ، އެމަނިކުފާނާ ދެކޮޅަށް ނަޝީދު ވާހަކަފުޅު ދެއްކެވުމުންނެވެ. އެހެންނަމަވެސް ފަހުން އެ ވާހަކަ މާ ބޮޑަށް ދެކެވިފައި ނުވެ އެވެ.

"އެ ދުވަހު ވެސް ރައީސް ވިދާޅުވިކަމަށް އިހުތިރާމްކޮށްފައި ޕާޓީގެ ތެރޭގެ މަސްލަހަަތަށް ޓަކައި އެންމެ ރަނގަޅުވާނީ އިހަށް ކެތްތެރިވެ މަޑުކޮށްލިއްޔާ ކަމަށް ވިދާޅުވީމާ އަޅުގަނޑުމެން މަޑުކޮށްލީ،" ރާއްޖެޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހުގެ ފެކްޝަންގެ މެންބަރެއް ކަމަށްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ނަޝީދު ކަންކުރައްވަމުން ގެންދަވާ ގޮތާމެދު ހިތްހަމަނުޖެހި ސަރުކާރު މެންބަރުން މިއަދު ވަނީ ރައީސްގެ އަރިހަށް ވަޑައިގެންފަ އެވެ. ޝަރީފް ވިދާޅުވީ މިއަދު ވެސް ވަޑައިގެންނެވީ ކެތްނުކުރެވިގެން އެ ވާހަކަ ރައީސަށް ދަންނަވަން ކަމަށެވެ.

އެހެންނަމަވެސް، ރައީސް މިއަދު ވެސް އެދިވަޑައިގެންނެވީ އެ މައްސަލަ މަޑުޖައްސާލާފައި ބޭއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިހަށް މަޑުކޮށްލައްވާށޭ، ތިމަންނަ އެބަ ވިސްނަމޭ ތިކަން ހައްލު ކުރާނޭ ގޮތެއް ހޯދުމަށް، އެހެންވީމާ ތިޔަ ވޯޓު ލުމުގެ މައްސަލަ ޕާޓީގެ އެތެރޭގެ މަސްލަހަތަށްޓަކައި އިހަށް ބާއްވާލާށޭ [ރައީސް ވިދާޅުވީ]" އޭނާ ވިދާޅުވި އެވެ.

މެންބަރުން ޖަޒުބާތުގައި ޖެހިފައިވީނަމަވެސް މިި މައްސަލައިގައި ރައީސް އަމަލުކުރައްވަނީ ވަރަށް މަޑުމައިތިރި ކަމާއި ކެތްތެރިކަމާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސްއާއެކު މި މައްސަލައައިގައި މަޝްވަރާ ކުރުމަށް މިރޭ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ވިސްނުން ބަދަލުކުރެއްވުމަށް މިރޭ ވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން އަތުގައި އެބައޮތް 44 ސޮއި، ސާފު ސީދާ، އެއަށް ވުރެ މާ ގިނަ ވޯޓު ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އިއްޔެ އެވެ. އިއްޔެ އެ ރިޕޯޓަށް ބަހުސްކުރަން އެއްވެސް މެންބަރަކު ނަން ނޯޓު ނުކުރިއިރު، ކޯރަމް ހަމަނުވާ ކަމަށް ވިދާޅުވެ ވޯޓަށް އެހެން ނެތް ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

އިއްޔެ ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އަފީފަކީ ވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ، އެމަނިކުފާނުގެ އަރިސް މެންބަރެކެވެ. ދެން ރިޔާސަތުގައި އާންމުކޮށް އިންނަވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މިއަދު މެންދުރުފަހު ވޯޓު ގަޑީގައި ބިލަށް ވޯޓަށް އަހަން އޮތް އިރު ވޯޓު ގަޑީގައި ރިޔާސަތުގައި އިންނެވީ ވެސް ނަޝީދެވެ. ނަމަވެސް އެހެން މައްސަލަތަކަށް ވޯޓަށް އެއްސެވުމަށް ފަހު، ޓެކްސްގެ ބިލަށް ވޯޓަށް އިއުލާން ނުކުރައްވައި، ރިޔާސަތުން ޖަލްސާ ނިންމަވާލެއްވި އެވެ.

މަޖިލީހުގެ ތަޅުމުގެ ތެރޭގައި ވެސް އެ ވަގުތު ރައީސަށް ތާއީދުކުރައްވާ މެންބަރުން ނުރުހުން ފާޅުކުރައްވައި އަޑުގަދަކުރެއްވި އެވެ. ރައީސްގެ އަރިހަށް ވަޑައިގެންނެވީ އޭގެ ފަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox