ޓެކްސް ބޮޑުކުރާ ބިލަށް މިއަދު ވެސް ވޯޓަކަށް ނޭހި، މެމްބަރުން ނުރުހިފައި

 މަޖިލިސް ބޭރުގައި މިއަދު ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް އަޑު އުފުލަނީ: މިއަދު ވެސް ބިލަށް ވޯޓަކަށް ނޭހި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މަޖިލިސް ބޭރުގައި މިއަދު ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް އަޑު އުފުލަނީ: މިއަދު ވެސް ބިލަށް ވޯޓަކަށް ނޭހި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ވޯޓަށް ނޭހުމުން ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައިފި އެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ކަމާ ބެހޭ އެހެން ބައެއް ފަރާތްތަކާ ސުވާލުކޮށް މަޝްވަރާކޮށްގެން އެގޮތަށް ނިންމައި އެކުލަވައިލި ރިިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އިއްޔެ އެވެ.

އިއްޔެގެ ޖަލްސާ ނިންމައިލުމުގެ ކުރިން އޭރު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު، އެ ރިޕޯޓަށް ބަހުސް ކުުރުމުގެ ފުރުސަތު ހުޅުއްވައިލެއްވި ނަމަވެސް އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން އެއްވެސް މެމްބަރަކު އެދިވަޑައެއް ނުގަންނަވަ އެވެ. އެހެންވެ އަފީފު އިއްޔެ ނިންމެވީ އެ ރިޕޯޓްގެ ބަހުސް ނިމުނީ ކަމަށެވެ. އެގޮތަށް ނިންމަވައި ވޯޓަށް އެއްސެވުމަށް އުޅުއްވާފައި އޭނާ ވިދާޅުވީ ވޯޓް ނެގޭ ވަރަށް ޖަލްސާގެ ކޯރަމް ހަމަނުވާ ކަމަށެވެ.

އެހެން ވިދާޅުވެ އިއްޔެގެ ޖަލްސާ ނިންމަވައިލެއްވުމުން އެމްޑީޕީގެ ބައެެއް މެމްބަރުން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ތުހުމަތުކުރެއްވި ގޮތުގައި އަފީފު އިއްޔެގެ ޖަލްސާ ނިންމަވައިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށެެވެ. އެއީ ވޯޓަށް އެހުމުގެ ކުރިން ޖަހަން ޖެހޭ ރަނގަބީލު ނުޖަހާތީއާއި ރަނގަބީލު ޖެހުމަށް ފަހު ދޭން ޖެހޭ ވަގުތު ވެސް ނުދޭތީ އެވެ.

ޖަލްސާ ނިންމައިލުމުން އަސްލަމާއި އެހެން ބައެއް މެމްބަރުން މަޖިލީހުގެ ސެކްރެޓޭރިއަޓްގައި އެދިވަޑައިގެންނެވީ ޓެކްސް ބިލަށް ވޯޓަށް އަހާނެ ގަޑިއެއް ދެއްވުމަށެވެ. އަސްލަމް އިއްޔެ ވިދާޅުވި ގޮތުގައި މިއަދުގެ 1:00 ގައި އެ ބިލަށް ވޯޓަށް އަހާނެ ކަމަށް ސެކްރެޓޭރިއަޓުން ބުންޏެވެ.

އެހެން ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމައިލީ އެ ބިލަށް ވޯޓަށް ނާހަ އެވެ. އިއްޔެ އާއި މިއަދު ބައެއް މެމްބަރުން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވުމުން އެކަމަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން މިއަދު ހެނދުނު މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބިލުގެ މަސައްކަތް އަދި ވޯޓަށް އެހުމުގެ މަރުހަލާއާ ހިސާބަށް ނުދާ ކަަމަށެވެ.

"ވޯޓަށް އެހުން މި އޮންނަނީ ތިން ވަނަ ކިއުން ކިއުމަށް ފަހުގައި. އެ ބަހުސް ނިންމާފައި ތިންވަނަ ކިއުމެއް ނުކިޔޭ. އެހެންވީމާ އަޅުގަނޑު މި ދެކެނީ އެ މައްސަލައިގެ ބަހުސް އަދި ނިންމަން ޖެހޭ ކަމަށް. ނިންމުމަށް ފަހުގައި ތިން ވަނަ ކިއުން ކިޔާނެ،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ބިލުގެ ބަހުސަށް މިއަދު އަލުން ހުޅުއްވައެއް ވެސް ނުލައްވަ އެވެ. ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިން މިއަދު ވޯޓަށް އެއްސެވީ ޗާގޯސް މައްސަ؛ލައާ ގުޅުވައި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ހުށަހަޅުއްވާފައިވާ ގަރާރު ފާސްކުރުމާ މެދު ގޮތެއް ނިންމުމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެކަން ސިފަކުރެއްވީ "މަޖިލީހުގެ ރިޔާސަތަށް އޮންނަ ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރެއްވުން" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެކްސް ބިލުގެ ރިޕޯޓަށް ބަހުސް ކުރައްވަން އެއްވެސް މެމްބަރަކު އެދިވަޑައިނުގެންނެވުމުން އެ ބަހުސް އެ އޮތީ ނިމިފަ އެވެ. އެއީ ބަހުސް ނިމުން ކަން ރިޔާސަތުން ގަބޫލުނުކުރައްވާ ނަމަ މިއަދު އަލުން ބަހުސަށް ހުޅުވާލައި، 1:30 ގައި ވޯޓަށް އެހުމަކީ ވެސް ކުރެެއްވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް 2:30 ވަންދެން ޖަލްސާ ކުރިއަށް ގެންދޭ، މިއަދު ވެސް އެގޮތަށް ގެންދެވުނީސް،" އަސްލަމް ވިދާޅުވި އެވެ.

ޓެކްސް ބިލަށް ވޯޓަށް ނޭހުމުން މިއަދު ބައެއް މެމްބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން ވެސް ނުރުހުން ފާޅުކުރެއްވި އެވެ.

ޓެކްސް ބޮޑުކުރާ ބިލާ މެދު މަޖިލީހުގެ ރިޔާސަތުން މިގޮތަށް އަމަލުކޮށްފައި ވާއިރު އެ ބިލާ ދެކޮޅަށް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން މީގެ ކުރިން ވަނީ ވާހަކަދައްކަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox