އަގުހުރި އިނާމުތަކާއެކު 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ސޭލެއް އެސްޓީއޯއިން އިން ފަށައިފި އެވެ.
އެސްޓީއޯގެ އަހަރު ނިންމާ ސޭލް ރަސްމީކޮށް އިފްތިތާހު ކުރީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ހަފްލާއެއްގަ އެވެ. މިއަހަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި އެސްޓީއޯ ސުޕަމާކެޓުތަކުން 500ރ. އަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެ އެވެ.
އަހަރު ނިންމުމުގެ ގޮތުން އެ ކުްނފުނިން ކުރިއަށް ގެންދާ މި ޕުރޮމޯޝަނުގައި އެއްވަނަ އިނާމަކަށް 65 އިންޗީގެ ޓީވީއަކާއި ސައުންޑު ސިސްޓަމެއްގެ އިތުރުން އައިސްއަލަމާރި އެއް ލިބޭނެ އެވެ. ދެ ވަނަ އިނާމަކަށް 15000ރ. ގެ ގިފްޓު ވައުޗަރެއް ހުށަހަޅާފައިވާއިރު ތިން ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 5000ރ. ގެ ގިފްޓު ވައުޗަރެކެވެ.

އެސްޓީއޯގެ އަހަރު ނިންމާ ސޭލް ރަސްމީކޮށް ލޯންޗުކުރުމުގެ ހަފްލާގެ ތެރެއިން
އިނާމުގެ ގޮތުގައި ލިބޭ ގިފްޓު ވައުޗަރުތަކުން ވިޔަފާރި ކުރެވޭނީ ހަމައެކަނި އެސްޓީއޯ ގެ ފިހާރަތަކުންނެވެ.
އޭގެއިތުރުން މި ޕުރޮމޯޝަނުގެ މުއްދަތުގައި އެސްޓީއޯއިން ވިއްކާ އެ ކުންފުނީގެ ހުރިހާ ޕުރޮޑަކްޓުތަކުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ވެސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އަހަރު ނިންމުމުގެ ގޮތުން ބާއްވާ މި ސޭލްއަކީ އެސްޓީއޯއިން މުޅި އަހަރު ތެރޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ސޭލް އެވެ. އެސްޓީއޯއިން ބުނީ މިއަހަރު ނިންމުމުގެ ގޮތުން ކުރިއަށް ގެންދާ ސޭލްގެ ތެރޭގައި ވޯލްޑުކަޕަށް ހާއްސަ ޕުރޮމޯޝަންތައް ވެސް ކުރިއަށް ދާނެ ކަމަށެވެ.










