"ރައީސްގެ މެމްބަރުން"ގެ ބަހުގެ ހަމަލާތައް ނަޝީދަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން މިއަދު އެމަނިކުފާނަށް ބަހުގެ ހަމަލާތައް ދެއްވި. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން މިއަދު އެމަނިކުފާނަށް ބަހުގެ ހަމަލާތައް ދެއްވި. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގައި ނުރަސްމީ ގޮތުން އުފެދިފައިވާ "ދެ ފެކްޝަން"ގެ ދެމެދުގައި އުފެދިފައިވާ ކޯޅުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ފެކްޝަން ޒުވާބު" ފެށުނީ ޗާގޯސް މައްސަލައިގައި ދަގެނތި ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގަ އެވެ.

އެ ބަހުސްގައި މީގެ ކުރިން ވެސް އަމަލުކުރެއްވި ގޮތަށް މިއަދު ވެސް ރިޔާސަތުން ނަޝީދު ގެންދެވީ އެކި ވާހަކަފުޅުތައް ދައްކަވަމުންނެވެ. އެ ބަހުސްގައި އެމަނިކުފާނު ފުރަތަމަ ވިދާޅުވީ ނާޒިމު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުުރުން މުހިއްމު ކަމަށެވެ.

ނާޒިމު ހުށަހެޅުއްވި ގަރާރުގައި ގޮވައިލައްވާފައި އޮތީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަލުވެފައިވޭތޯ ނުވަތަ ނޫންތޯ ސަރުކާރުން މަޖިލީހަށް ސާފުކޮށްދިނުމަށެވެ. ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ސިޔާސަތު ބަދަލުވެފައިވާކަން ސަރުކާރުން ހާމަކޮށްފައިވާ ކަމަށާއި "ވިސްނާންވީ އެ ސިޔާސަތު ބަދަލުވީ ކީއްވެތޯ" ކަމަށެވެ.

"ވިސްނާންވީ ނުކުތާ އަކީ މި ބަދަލުވީ ކޮން ސަބަބަކާ ގުޅިގެންތޯ" ނަޝީދު ވިދާޅުވި އެވެ.

އެ ބަހުސްގައި ވަކި ބޭފުޅަކާ ބެހޭ ގޮތުން ޒާތީ ވިސްނުމެއް ގެންގުޅުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އެެއީ މުހިއްމު މައްސަލައެއް ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ބަހުސްގައި ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވަން ފުރަތަމަ ފެއްޓެވީ މަރަދޫ ދާއިރާގެ މެމަބަރު އިބްރާހީމް ޝަރީފެވެ. އޭނާ ވިދާޅުވީ ޗާގޯސް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށާއި އެ މައުލޫމާތު ސިއްރުކޮށްފައި އޮތީ އެއީ ހައްސާސް މައްސަލައަކަަށް ވާތީ ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގަައި ވެސް ކްލެސިފައިޑް އިންފޮމޭޝަން ހުރޭ. ގައުމީ ސަލާމަތާ ބެހޭ ކަންކަން ސިއްރުކުރޭ. އެއީ ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް ލާޒިމުކަމެއް، ވާޖިބުކަމެއް. އެހެންވީމާ އެކަމުގައި ކުރީގެ ސަރުކާރު ހިންގަން މިނިސްޓަރުކަން ކޮށްފައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަގުމަތީގައި މިއުޅޭ އެކްޓިވިސްޓުން ދައްކާ ކަހަލަ ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް، ކުރީގެ ރައީސުންނާ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވާހަކަ ނިންމަވައިލެއްވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަރަަހައްދުން ބައެއް ގެއްލިދާ ބާވަތުގެ ކަމަކާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރާ އިރު އެެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވާތީ އެކަން ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން އިއުތިރާފުވުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވާ ވިދާޅުވުން ވެސް އެއާ ގުޅުވައި އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.

އޭގެ ފަހުން އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މެމްބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ ވާހަކަތަކާ ގުޅުވައި އެކި ފަހަރު މަތިން ވާހަކަފުޅު ދެއްކެވި އެވެ.

އެހެންވެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސީދާ ގޮތެއްގައި ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހެން ގައުމުތަކުގެ ތަންތަނަކީ ރާއްޖޭގެ ސަރަހައްދުތަކުގެ ގޮތުގައި ރިޔާސަތުން ވެސް ވާހަކަދެއްކުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދު، ގާނޫނުއަސާސީއާއި ގާނޫނުން ކަނޑައަޅާފައިވާ ކަމަށާއި މަޖިލީހުގައި ބަހުސްކުރަމުން އަންނަނީ އެ ސަރަހައްދާ ބެހޭ ގޮތުން ކަމަށެވެ.

"މުޅިން އޮޅުވައިލުމެއް، ދޮގެއް. ޗާގޯސްގެ ރަށްތަކަކީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ގާނޫނުއަސާސީ އަކު ނެތް. ކަނޑައެެޅިގެން ނެތް. އިއްޒަތްތެރި ރައީސްގެ ވެރިކަމުގައި އިއްޒަތްތެރި ރައީސް ކުރެއްސެވި ކަމަށް އަޅުގަނޑު ގާތުގައި ވިދާޅުވި ޗާޓެއްގައި ޗާގޯސްގެ ރަށްތައް ހިމަނައިގެންނޭ ފޮނުވީ ވިދާޅުވީ ކަނޑައެޅިގެން އިތުރުފުޅެއް،" ނަޝީދަށް ރައްދު ދެއްވައި ހުސައިން ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ އިރު ވާހަކަފުޅު ދައްކަވަން ވާނީ ތެދުބަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮޕް 27 ސަމިޓްގައި އަވަށްޓެރި ސްރީލަންކާ ތަމްސީލު ކުރައްވަން ނަޝީދު ވަޑައިގެންނެވި ވަޑައިގެންނެވުމަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.

"އިންސާނަކަށް 15 ހައިސިއްޔަތުންނެއް ދުނިޔޭގައި ނޫޅުއްވޭނެ، ކޮންމެވެސް އެއް ހައިސިއްޔަތަކުން [އުޅުއްވޭނީ]. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަންޏާ އެއީ ރިޔާސަތު. ކުރީގެ ރައީސްގެ ހައިސިއްޔަތުން، ޕާކިސްތާނުގެ ހައިސިއްޔަތުން، ސްރީލަންކާ ހައިސިއްޔަތުން އެގޮތަށް އިއްޒަތްތެރި ރައީސް ކަންތައް ކުރެއްވީމާ އަޅުގަނޑުމެންނަށް އޮޅޭގޮތް ވޭ،" ހުސައިން ވިދާޅުވި އެވެ.

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވެސް ނަޝީދަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނަޝީދަކަށް ވެސް އަދި އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބޭފުޅުންނަކަށް ވެސް ރާއްޖޭގެ ވެރިަކަމެއް ނުކުރެއްވޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ތި އިން އެއްވެސް ކަމަކަށް މި ރާއްޖެއެެއް ޖާގައެއް ނުދޭނެ،" އިސްމާއީލް ވިދާޅުވި އެވެ.

އިސްމާއީލް ދެއްކެވި ވާހަކައަށް ނަޝީދު އެއްވެސް ރައްދެއް ނުދެއްވަ އެވެ. އެހެން ނަމަވެސް އޭނާ ވާހަކަ ނިންމަވައިލެއްވުމުން އެމަނިކުފާނު ހިނިފުޅުވަޑުވައިލައްވާފައި އެހެން މެމްބަރަކަށް ފުރުސަތު ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox