މެންޗެސްޓާ ޔުނައިޓެޑުން ވަނީ އަހަންނަށް އޮޅުވާލާފައި: ރޮނާލްޑޯ

Nov 14, 2022, 2:56 AM
މެންޗެސްޓާ ޔުނައިޓެޑުން ވަނީ އަހަންނަށް އޮޅުވާލާފައި: ރޮނާލްޑޯ

މެންޗެސްޓާ (ނޮވެމްބަރު 14) - މެންޗެސްޓާ ޔުނައިޓެޑުން ވަނީ އޭނާ އަށް އޮޅުވާލާފައި ކަމަށާއި "ގަދަކަމުން" ޔުނައިޓެޑުން އޭނާ ބޭރުކުރަން މަސައްކަތްކުރާ ބަޔަކު ވެސް އެބަތިބި ކަމަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ވޯލްޑް ކަޕަށް އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލިއިރު، ކުޅުނު ފަހު މެޗުގައި ރޭ ޔުނައިޓެޑުން ވަނީ ފުލަމް ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ. އެ މެޗު ނިމުނުތާ ހަތަރު ވަރަކަށް ގަޑިއިރު ތެރޭގައި ޓޯކްޓީވީގެ ޕިއާސް މޯގަން އަށް މީގެ ކުރިން ރޮނާލްޑޯ ދިން އިންޓަވިއުއެއްގެ މަންޒަރުތަކެއް ވަނީ ދައްކާލައިފަ އެވެ. ރޮނާލްޑޯ ވަނީ އެ އިންޓަވިއުގައި ޔުނައިޓެޑާއި އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން ރޮނާލްޑޯ، 37، ޔުނައިޓެޑް ދޫކޮށްދާން ބޭނުންވި ނަމަވެސް އެކަން އެގޮތަށް ނުހިނގި އެވެ. އެކަމަކު، އޭރުވެސް ރޮނާލްޑޯ ވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި ގިނައިން ހުރީ "ދޮގު" ވާހަކަތަކެއް ކަމަށާއި ހަގީގަތް ހާމަކުރާނެ ކަމަށެވެ.

ރޮނާލްޑޯ އެ ފާހަގަކުރި ހަގީގަތް ހާމަކުރުމަކީ ޓޯކްޓީވީގެ މި އިންޓަވިއު އެވެ.

"ޔުނައިޓެޑުން އަހަރެން ބޭރުކުރަން މަސައްކަތް ކުރަނީ ހަމައެކަނި ޓެން ހާގްއެއް ނޫން. އަދި އެބައުޅޭ މި ކްލަބްގެ ދެތިން މީހެއް އެކަން ބޭނުންވާ، (ޔުނައިޓެޑުން) އަހަންނަށް ވަނީ އޮޅުވާލާފައި،" ރޮނާލްޑޯ ބުންޏެވެ. "އަހަރެން އެކަންކަމެއް ބަލަން ބޭނުމެއް ނޫން، އަހަރެން ބޭނުންވަނީ މީހުންނަށް ހަގީގަތް އެނގެން،"

ރޮނާލްޑޯ ބުނީ އޭނާއާ ދެކޮޅަށް ޔުނައިޓެޑްގައި މަސައްކަތްކުރި މީހުން މިދިޔަ ސީޒަނުގައި ވެސް ތިބި ކަމަށާއި، 2013 ވަނަ އަހަރު އެލެކްސް ފާގަަސަން ދިޔަ ފަހުން ކްލަބްގައި ގިނަ ކަންކަން ދަނީ ގޯހުން ކަމަށެވެ.

ޓެން ހާގަށް އިހުތިރާމެއް ނުކުރަން: ރޮނާލްޑޯ

ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވެ، ޕްރީ ސީޒަނުގައި ރޮނާލްޑޯ ބައިވެރިނުވާތީ އޭނާ އަށް ގިނަ ސުވާލުތަކެއް އަމާޒުވި އެވެ. އަދި ޕްރީ ސީޒަނުގައި ރޮނާލްޑޯ ބައިވެރިވާން ފަށައި، ޔުނައިޓެޑުން ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުން ރޮނާލްޑޯ ދަނޑުން ދިޔަ މައްސަލައިގައި ވެސް އޭނާ އާއި ޓެން ހާގް މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ.

ދާދި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފަހުކޮޅުގައި ރޮނާލްޑޯ ވަނީ ދަނޑުން ގޮސްފަ އެވެ. އެ މެޗަށް ފަހު ޓެން ހާގް ބުނީ، "ރޮނާލްޑޯ މެޗަށް އަރަން ދެކޮޅު ހެދި" ކަމަށެވެ. އެހެންވެ، ޗެލްސީ މެޗުގެ ސްކޮޑުން ރޮނާލްޑޯ ބާކީކޮށް އަދަބު ދިނެވެ.

ޔުނައިޓެޑުން މި މަހު ހަ ވަނަ ދުވަހު އެސްޓަން ވިލާ އަތުން 3-1 އިން ބަލިވި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަންކަން ކުރީ ރޮނާލްޑޯ އެވެ. އެއީ ޔުނައިޓެޑް ޖޯޒީގައި ރޮނާލްޑޯ އެންމެ ފަހުން ފެނުނު މެޗެވެ.

އެސްޓަން ވިލާ މެޗަށް ފަހު ޓެން ހާގް ބުނީ ރޮނާލްޑޯ އަތަށް ބޭންޑް ދޭން ނިންމީ ތިން ކުޅުންތެރިއަކާ އެ ޒިންމާ ހަވާލުކުރަން ބެލިއިރު، އެކަން ކުރެވެން ނެތުމެވެ. ރޮނާލްޑޯ އަށް ވުރެ ކުރީގައި ކެޕްޓަން ލިސްޓުގައި ހިމެނެނީ ހެރީ މެގުއާ، ބްރޫނޯ ފެނާންޑޭސްގެ އިތުރުން މި ފަހަރު ޔުނައިޓެޑާ ގުޅުނު ކަސެމީރޯ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

"އަހަރެން އޭނަ (ޓެން ހާގް) އަށް އިހުތިރާމެއް ނުކުރަން، އެއީ އޭނަ (ޓެން ހާގް) ވެސް އަހަންނަށް އިހުތިރާމެއް ނުކުރޭ. އަހަންނަށް އިހުތިރާމް ނުކުރާ މީހަކަށް އަހަރެންނެއް ވެސް އިހުތިރާމެއް ނުކުރާނަން،" ރޮނާލްޑޯ ބުންޏެވެ.

ޔުވެންޓަސް ދޫކޮށް މިދިޔަ އަހަރު ރޮނާލްޑޯ ފުރަތަމަ ގުޅެން އުޅުނީ މެންޗެސްޓާ ސިޓީއާ އެވެ. އެކަމަކު، އެ ޑީލް ކުރިއަށް ނުދިޔައީ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިންނާއި ކޯޗު ފާގަސަންގެ އެދުމުގެ މަތިން ރޮނާލްޑޯ ފަހު ވަގުތު އަލުން ޔުނައިޓެޑަށް ސޮއިކުރަން ނިންމުމުންނެވެ.

ރޮނާލްޑޯ ބުނީ ފާގަސަން އަށް ފަހު ޔުނައިޓެޑަށް ކާމިޔާބު ނުލިބޭ ސަބަބުތައް ބައިވަރުކަމަށާއި އެކަންކަން ރަނގަޅުކުރަން މަސައްކަތް ނުކުރާ ކަމަށެެވެ. އަދި އޭނާއާ މެދު ކަންތައްތައް ޔުނައިޓެޑުން ކުރާ ގޮތުގެ ހަގީގަތް އެންމެ ރަނގަޅަށް ޔުނައިޓެޑާ ގުޅުން ހުރި އެންމެނަށް އެނގެން ޖެހޭ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

ޔުނައިޓެޑްގައި ރޮނާލްޑޯއާ އެކު ކުޅުނު ވޭން ރޫނީ އަށް ވެސް ވަނީ ބަހުގެ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ރޮނާލްޑޯ ބުނީ އޭނާއާ މެދު ރޫނީ އެހާ ހިތްހަމަނުޖެހޭ ސަަބަބެއް ނޭނގޭ ކަމަށެވެ. ޔަގީނުން ވެސް އެނގެން އޮތް ކަމަކީ ރޫނީ އެ ހުރީ ކެރިއަރު ނިންމާލައިގެން ކަމަށެެވެ. އަދި ރޮނާލްޑޯ އަދިވެސް ކުޅެމުން އަންނާތީ އެ ކަމާ ރޫނީ ހިތްހަމަނުޖެހެނީ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

"އަހަންނެއް ނޫޅެން އަހަރެން މި ހުރީ ރޫނީ އަށް ވުރެ ރީއްޗަށޭ ބުނަން، އެކަމަކު، ޔަގީނުން ވެސް އެއީ ތެދެއް،"

ޓޯކްޓީވީ އަށް ރޮނާލްޑޯ ދިން މި އިންޓަވިއު އެއްކޮށް ދައްކަން ނިންމާފައިވަނީ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox