އިރާނުގެ މުޒާހަރަތަކާ ގުޅިގެން އިތުރު 750 މީހުންނާ ދެކޮޅަށް ދައުވާ އުފުލައިފި

އިރާނުގައި މުޒާހަރާ ކުރަން ފެށީ ފުލުހުން ހައްޔަރު ކުރި އަންހެނަކު މަރުވި މައްސަލައިގައި.

އިރާނުގައި މުޒާހަރާ ކުރަން ފެށީ ފުލުހުން ހައްޔަރު ކުރި އަންހެނަކު މަރުވި މައްސަލައިގައި.

އިރާނުގައި ފުލުހުން ހައްޔަރު ކުރި އަންހެނަކު މަރުވި މައްސަލައިގައި ފެށި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 750 މީހުންނާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

ތިން ޕްރޮވިންސެއްގެ 750 މީހުންނާ ދެކޮޅަށް ދައުވާ އުފުލި އިރު، އޭގެ ކުރިން ވެރިރަށް ތެހްރާނުގައި ވެސް 2000 މީހުންނާ ދެކޮޅަށް ދައުވާ އުފުލި އެވެ.

ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ފެށި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ސެކިއުރިޓީ ފައުޖުގެ މެމްބަރުން ވެސް ހިމެނެ އެވެ.

ދެކުނު ހޮރްމޮޒްގާން ޕްރޮވިންސްގެ ޖުޑީޝަލް ޗީފް މޮޖްތަބާ ގަހްރެމާނީ ވިދާޅުވީ "ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން" 164 މީހުންނާ ދެކޮޅަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

އެ މީހުންނާ ދެކޮޅަށް އުފުލި ދައުވާތަކުގެ ތެރޭގައި މީހުން މެރުމަށް ހިތްވަރު ދިނުމާއި، ސަލާމަތީ ފައުޖަށް ގެއްލުން ދިނުމާއި، ސަރުކާރާ ދެކޮޅު ޕްރޮޕެގެންޑާ ފެތުރުމާއި، އާއްމު މުދަލަށް ގެއްލުން ދިނުން ހިމެނެ އެވެ.

އިތުރު 276 މީހުންނާ ދެކޮޅަށް ދައުވާ އުފުލީ މެދުތެރޭގައި އޮންނަ މަރްކަޒީ ޕްރޮވިންސްގަ އެވެ. އެ ޕްރޮވިންސްގެ 100 އެއްހާ ޒުވާނުން ފުލުހުންގެ ބަންދުން ދޫކޮށްލީ މުޒާހަރާ ނުކުރަން ޝަރުތުކޮށްފަ އެވެ.

މެދުތެރޭގައި އޮންނަ އިސްފަހާން ޕްރޮވިންސްގެ ޖުޑީޝަލް ޗީފް އަސަދުﷲ ޖައުފަރީ ވިދާޅުވީ 316 މީހުންނާ ދެކޮޅަށް ދައުވާ އުފުލި ކަމަށެވެ.

މަހްސާ އާމިނީ ނަމަކަށް ކިޔާ ޒުވާން އަންހެނަކު ސެޕްޓެމްބަރު 16 ވަނަ ދުވަހު މަރުވީ ބުރުގާ ނާޅައި ހުރުމުން އޭނާ ހައްޔަރު ކުރި ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox