ޕާކިސްތާން ބަލިކޮށް އިންގްލެންޑުން ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

Nov 13, 2022, 1:29 PM
އިންގްލެންޑް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

އިންގްލެންޑް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

ފަސް ވިކެޓުން ޕާކިސްތާން ބަލިކޮށް އިންގްލެންޑުން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މިއަދު ހޯދައިފި އެވެ.

މި ކާމިޔާބީއާ އެކު އިންގްލެންޑުން ވަނީ ވެސްޓް އިންޑީސްގެ ރެކޯޑާ ހަމަކޮށްފަ އެވެ. ޓީ20 ވޯލްޑް ކަޕް 2007 ވަނަ އަހަރު ފެށި ފަހުން މި މުބާރާތް ދެ ފަހަރު ކާމިޔާބުކުރުމުގެ ރެކޯޑް މިހާރު އޮތީ ވެސްޓް އިންޑީސް އާއި އިންގްލެންޑް އަތުގަ އެވެ. އިންގްލެންޑުން ވަނީ މީގެ ކުރިން 2010 ވަނަ އަހަރު ވެސް މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ޕާކިސްތާނުން 2009 ވަނަ އަހަރުގެ ފަހުން ކުޅުނު ފުރަތަމަ ޓީ20 ވޯލްޑް ކަޕް ފައިނަލުގައި މިއަދު ފުރަތަމަ ޖެހުނީ ކުޅެން އަރާށެވެ. އެއީ އިންގްލެންޑަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ފީލްޑް ކުރަން ކަމަށްވާތީ އެވެ. ހަނި ފުރުސަތެއްގައި ފައިނަލަށް ދަތުރުކުރި ޕާކިސްތާނުން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 137 ލަނޑެވެ.

އިންގްލެންޑްގެ ބެން ސްޓޯކްސް އެ ޓީމުގެ ލިއަމް ލިވިންސްޓޯންއާ އެކު އުފާފާޅުކުރަނީ.

މި އިނިންސްގައި އިންގްލެންޑްގެ ސޭމް ކުރަން ވަނީ ތިން ވިކެޓް ނަގައިފަ އެވެ. އާދިލް ރާޝިދު އާއި ކްރިސް ޖޯޑަން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ. ޕާކިސްތާނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 28 ބޯޅައިން 38 ލަނޑު ހެދި، ޝާން މައްސޫދު އެވެ. ޕާކިސްތާނަށް ޕްރެޝަރު ބޮޑުވީ، މުހައްމަދު ރިޒްވާން އާއި ބާބަރު އާޒަމް އަށް ނުކުޅެވި ފައިބަން ޖެހުމުންނެވެ. ބާބަރަށް އެއްކުރެވުނީ 32 ލަނޑެވެ. އަދި ރިޒްވާނަށް ހޯދުނީ 15 ލަނޑެވެ.

ޖަވާބުގައި އިންގްލެންޑުން ކުޅެން އަރައި، 19 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވިއިރު، 138 ލަނޑު ހަަމަކޮށް މެޗުން މޮޅުވީ އެވެ. އިންގްލެންޑުން ކުޅެން އަރައި، ފުރަތަމަ ޕްރެޝަރު ވަގުތުކޮޅެއް ދިޔަ އެވެ. އެއީ އިންޑިއާ މެޗުގައި ތަފާތު ދެއްކި، އިންގްލެންޑްގެ ކެޕްޓަން، ޖޯޝް ބަޓްލާ އާއި އަލެކްސް ހޭލްސް އަށް ރަނގަޅު ޕާޓްނަޝިޕެއްގައި ކުޅެން ނުފެށި އަވަަހަށް ނުބައިވުމުންނެވެ. ބަޓްލާ 26 ލަނޑަށް ނުބައިވިއިރު، ހޭލްސް އަށް އެއްކުރެވުނީ އެންމެ ލަނޑެކެވެ.

އިންގްލެންޑް މޮޅުކޮށްދޭން ތަފާތު ދެއްކީ ބެން ސްޓޯކްސް އެވެ. އޭނާ ވަނީ ނުބައިނުވެ، 49 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ. ޕާކިސްތާންގެ ހާރިސް ރައުފް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox